Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑެރެކް ޝޯވިންގެ ޝަރީއަތް

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގެ ޝަރީއަތް: ފުލުސް މީހާގެ ކަކޫ ދަށުގައި އޭނާ ދިޔައީ 'މަޑުމަޑުން ނެތެމުން'

މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލި ކުއްޖާގެ ހެކިބަސް ވެސް މިހާރު ނަގައިފި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 1 އެޕްރީލު 2021 | ބުރާސްފަތި 02:44
ޖޯޖް ފްލޮއިޑް

ޖޯޖް ފްލޮއިޑް

ޖޯޖް ފްލޮއިޑްގެ ކަނދުރާއަށް ފުލުސްމީހާގެ ކަކުލުން އެރި ވަގުތުން ފެށިގެން އޭނާ ދިޔައީ 'މަޑުމަޑުން ނެތެމުން' ކަމަށް ސިފަކޮށް، ޕްރޮސެކިއުޝަންގެ ފަރާތުން ހެކިބަސް ދީފިއެވެ.

އެމެރިކާގެ ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް، ހުދު ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޝޯވިން ގެ ކަކޫ ދަށުގައި ހޭދަކުރި ބިރުވެރި ނުވަ މިނިޓުގެ ވާހަކަ، ހެކިވެރިޔާ ވަނީ ޝަރީއަތުގެ މަޖިލީހަށް ކިޔައިދީފައެވެ.

މިދިޔަ އަހަރުގެ މެއި މަހު ހިނގި މިހާދިސާގެ މަންޒަރުދުއް މީހަކުވަނީ، ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެއާއެކު އެ ހާދިސާ ދުނިޔޭގެ ސަމާލުކަމަށް އައިސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް، ގިނަ މުޒާހަރާތަކެއް ކުރެވުނެވެ. ފުލުހުންގެ ހަރުކަށިކަމާއި ދެކޮޅަށް އެއްވުން ތަކެއް ބޭއްވުނެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ހެކިބަސްދެމުން، ޑޮނަލްޑް ވިލިއަމް 33، ބުނިގޮތުގައި، ޖޯޖް ފްލޮއިޑް ހިފެހެއްޓިތަން އޭނާއަށް ފެނުނީ، ފިހާރައަކަށް ވަންނަން ދިޔަ މަގުމަތީގައި ކަމަށެވެ. އެހެން ނަމަވެސް ފެނުނު މަންޒަރުގެ ސަބަބުން ޚިޔާލު ބަދަލުވެ، ޖޯޖް ފްލޮއިޑް ހައްޔަރުކުރި ފުލުހުންނާ ވާހަކަދައްކަން ފެށީކަމަށް އޭނާ ބުންޏެވެ. އަދި ޖޯޖް ފްލޮއިޑްގެ ވިންދު ބަލައިދިނުމަށް އެދި، ފުލުހުންގެ ގާތު ކެނޑިނޭޅި އާދޭސް ކުރިކަމަށް ވެސް އޭނާ ބުންޏެވެ.

ޖޯޖް ފްލޮއިޑްގެ ފަހު ވަގުތުކޮޅު ސިފަކޮށްދެމުން، ޑޮނަލްޑް ވިލިއަމް ބުނީ، ކޮތަޅަކަށް ލުމުން ދިރޭ މަހެއް ތެޅޭހެން ތެޅެމުން ގޮސް މަޑުވާހެން، އޭނާގެ ހަށިގަނޑުގެ ތެޅުން ވެސް މަޑުވަމުން ދިޔަކަމަށެވެ. އަދި އޭނާގެ ފުރާނަ ހަށިގަނޑުން ވަކިވެގެން ދަންދެން، ލޮލުގެ ކަޅި މަޑުމަޑުން ދިޔަކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ފެށުމުން، ދައުލަތަށް ލިބުނު ފުރުސަތުގައި، ދައްކާލީ، ޖޯޖް ފްލޮއިޑްގެ ކަނދުރާއަށް، ޑެރެކް ޝޯވިންގެ ކަކުލުން އަރައިގެން ހުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެކެވެ. އެއަށްފަހު، ޕްރޮސެކިއުޝަންގެ ވަކީލު ޖެރީ ބެކްވެލް ބުނީ، ނޭވާ ނުލެވޭ ވާހަކަ ޖޯޖް ފްލޮއިޑް 27 ފަހަރު ބުނިކަމަށެވެ. އަދި މިއީ ޖޯޖް ފްލޮއިޑްގެ ހަށިގަނޑަށް އެއްވެސް ފަރުވާލެއް ނެތި ދީފައިވާ ލާއިންސާނީ އަނިޔާއެއް ކަމަށް އޭނާ ސިފަކުރިއެވެ.

އެކަމަކު މި މައްސަލައިގައި، ދިފާއީ ވަކީލު ބުނަމުންދަނީ، ބަލައިލަން ފަސޭހަ ނޫން ނަމަވެސް، ޑެރެކް ޝޯވިން ބާރުގެ ބޭނުންކޮށްފައިވަނީ، ޒަރޫރީ މިންވަރަށް ކަމަށެވެ.

ދިފާއީ ވަކީލު ހޯމަ ދުވަހުގެ އަޑުއެހުމުގައި ބުނީ، އެންމެ ނުވަ މިނިޓު 29 ސިކުންތުގެ ވީޑިއޯ އަކަށްވުރެ ލިބިފައިވާ ހެކީގެ ބާރު މާގަދަކަމަށެވެ.

ޖޯޖް ޕްލޮއިޑްގެ މަރުގެ މައްސަލައިގެ ދެވަނަ އަޑުއެހުމެއް ބާއްވާފައިވަނީ އަންގާރަ ދުވަހުއެވެ.

 މި އަޑުއެހުމުގައި, ހާދިސާ ހިނގިއިރު 18 އަހަރު ނުފުރޭ 4 ކުދިންގެ ހެކިބަސް ނަގާފައިވެއެވެ. އޭގެތެރޭގައި، މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލި ކުއްޖާ ވެސް ހިމެނެއެވެ.

ހެކި ބަސްދެމުން، އޭނާ ބުނި ގޮތުގައި، އޭނާއަށް ފެނުނީ، ގޮތް ހުސްވެފައިވާ ހާލު ފުރާނައަށް ސަލާން ޖަހަމުން ދިޔަ މީހެއްކަމަށެވެ. އަދި އެހިނދުކޮޅު ނޭވާ ނުލެވޭ ކަމަށް ޖޯޖްފްލޮއިޑް ބުނަމުން ދިޔަ ކަމަށާއި، ގޮވަމުން ދިޔައީ މަންމައަށް ކަމަށްވެސް އޭނާ ބުންޏެވެ. ރޮވިފައިހުރެ ހެކިބަސްދެމުން އޭނާ ބުނީ، ޖޯޖް ފްލޮއިޑްގެ މަރު، އޭނާގެ މުޅި ހަޔާތް ބަދަލު ކޮށްލި ކަމަށެވެ. އަދި ފަހުވަގުތު އެދެވޭ ގޮތެއްގައި އެހީތެރިކަން ފޯރުކޮށް ނުދެވުނީތީ، އަބަދަށް މާފަށް އެދޭކަމަށެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި، ދިފާއީ ވަކީލު ބުނީ، ޖޯޖް ފްލޮއިޑް ހައްޔަރު ކުރި ދުވަހު، ފުލުހުންނަށް ބާރުގެ ބޭނުން ކުރަންޖެހުނީ، މަސްތުވާތަކެތި ދިރުވާލާފައި ހުރުމުން، އެތަކެތި ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ކަމަށެވެ.

ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ޑެރެކް ޝޯވިންގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި، މަރާލުމުގެ ގަސްތެއް ނެތި، މީހަކު މަރުވާފަދަ އަމަލެއް ކުރުމުގެ ދައުވާއެވެ. އޭނާ މި ދެ ދައުވާއަށް ވެސް ވަނީ އިންކާރުކޮށްފައެވެ. މި ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 40 އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.    

ޖޯޖް ފްލޮއިޑް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2023

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ފުލުސް އޮފިސަރަށް ޙަމަލާދިން ޤައިދީއަށް ދައުވާކޮށްފި

02 ޑިސެމްބަރު 2023
ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ފުލުސް އޮފިސަރަށް ޙަމަލާދިން ޤައިދީއަށް ދައުވާކޮށްފި
11 ޑިސެމްބަރު 2022

ޖޯޖް ފްލޮއިޑް މަރާލުމުގައި ބައިވެރިވި ޕޮލިސް އޮފިސަރަކު ޖަލަށްލާން ހުކުމްކޮށްފި

11 ޑިސެމްބަރު 2022
ޖޯޖް ފްލޮއިޑް މަރާލުމުގައި ބައިވެރިވި ޕޮލިސް އޮފިސަރަކު ޖަލަށްލާން ހުކުމްކޮށްފި
14 އެޕްރީލު 2021

ޖޯޖް ފްލޮއިޑާއި ޑޯންޓޭ ރައިޓާއި ދެމެދު ކުރިން އެނގިފައިނުވާ ޚާއްސަ ގުޅުމެއް!

14 އެޕްރީލު 2021
ޖޯޖް ފްލޮއިޑާއި ޑޯންޓޭ ރައިޓާއި ދެމެދު ކުރިން އެނގިފައިނުވާ ޚާއްސަ ގުޅުމެއް!
03 އެޕްރީލު 2021

ޑެރެކް ޝޯވިންގެ ޝަރީއަތް: ބިޑި އަޅުވާފައި ހުރި މީހެއްގެ ފަރާތުން އަނިޔާއެއް ލިބިދާނެތަ؟

03 އެޕްރީލު 2021
ޑެރެކް ޝޯވިންގެ ޝަރީއަތް: ބިޑި އަޅުވާފައި ހުރި މީހެއްގެ ފަރާތުން އަނިޔާއެއް ލިބިދާނެތަ؟
20 އެޕްރީލު 2017

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ
11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު