Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ - ދެކުުނު ކޮރެއާ

ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދު މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވަނީ

ދެ ގައުމުގެ ވެރިންގެ މެދުގައި ތާރީީޚީ މަޝްވަރާތަކެއް އޭޕްރީލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 24 މާރިޗު 2018 | ހޮނިހިރު 13:13
އުތުރު ކޮރެއާގެ ޚުދުމުޚުތާރު ވެރިޔާ ކިމް

އުތުރު ކޮރެއާގެ ޚުދުމުޚުތާރު ވެރިޔާ ކިމް

މިފެށޭ ހަފްތާގައި ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދު މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވަން ދެކުނު ކޮރެއާ އިން ހުށަހެޅި ހުށަހެޅުމަށް އުތުރު ކޮރެއާ އިން އާނ ބަސް ބުނެފައިވާ ކަމަށް ދެކުނު ކޮރެއާ އިން ހޮނިހިރު ދުވަހު ބުނެފިއެވެ.

ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދެކޮރެއާގެ މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވަން ހަމަޖެހިފައި ވަނީ މިއަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

އުތުރު ކޮރެއާ އިން ބުނީ ދެކޮރާގެ މަޝްވަރާތަކުގައި އެގައުމު ތަމްސީލު ކުރާނީ ތިން މީހުންގެ މައްޗަށް އެކުލެވޭ ޑެލިގޭޝަނެއް ކަމަށާއި އިސްކޮށް ހުންނަވާނީ ދެކޮރެއާގެ ސުލްހައަށް މަސައްކަތް ކުރާ ޕީސްފުލް ރީޔުނިފިކޭޝަން އޮފް ދަ ފާދާ ލޭންޑް ކޮމިޓީގެ ޗެއާމަން ރީ ސޮން ވޮން ކަމަށެވެ.

ދެކުނު ކޮރެއާ އިން ބުނީ މަޝްވަރާތަކުގައި އެގައުމުން ބައިވެރިވެވަޑައިގަންނަވާ ތިން މެމްބަރުންގެ ޑެލިގަޝަނުގައި އިސްކޮށް ހުންނަވާނީ ޔުނިފިކޭޝަން މިނިސްޓަރު ޗޯ މިއޮން-ގޮން ކަމަށެވެ.

ދެކޮރެއާގެ މެދުގައި މިއަންނަ ބުރާސްފަތީގައި މަޝްވަރާތައް ބޭއްވޭއިރު ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ދެމެދު މިއަންނަ އޭޕްރީލްގައި ތާރީީޚީ މަޝްވަރާތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ވެގެން ދާނީ އާންމުންނަށް ފެންނަ ގޮތަށް އުތުރު ކޮރެއާގެ ލީޑަރު ބޭރު ގައުމެއްގެ ވެރިއަކާ ބާއްވާ ފުރަތަަމަ ބައްދަލުވުމަށެވެ.

އުުތުރު ކޮރެއާގެ ރައީސް ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މިއަންނަ މޭ މަސް ނިމުމުގެ ކުރިން ބައްދަލުވުމެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ދެކުނު ކޮރެއާ މެދުވެރިކޮށް އުތުރު ކޮރެއާ އިން ރައީސް ޓްރަމްޕް އަށް ދެއްވި ބައްދަލުވުމުގެ ދައުވަތު ރައީސް ޓްރަމްޕް ވަނީ ޝަރުތުތަކަކާ އެކު ގަބޫލުފުޅު ކުރައްވާފައެވެ. މިއީ އެމެރިކާގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކާއި، އުތުރު ކޮރެއާގެ ލީޑަރަކާ ބައްދަލުވާނެ ފުރަތަމަ ފަހަރެވެ.

އުތުރު ކޮރެއާ އަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ތަކުރާރުކޮށް ގޮވާލަމުން ދަނީ މިސައިލްތައް ޓެސްޓްކުރުމާ އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށެވެ. އެހެންނަމަސް އުތުރު ކޮރެއާ އިން އެކަމަށް އިޖާބަދީފައެއް ނުވެއެވެ. އުތުރު ކޮރެއާގެ އަމަލުތަކުގެ ސަބަބުން އދ. އާއި އެމެރިކާ އިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ. ބެލެވޭ ގޮތުގައި ކުރިއަށް ހުރި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ މި ފިޔަވަޅުތަކަށް ލުޔެއް ހޯދުމެވެ. ނަމަވެސް އެމެރިކާ އިން ބުނެފައި ވަނީ ސުލްހައަށް މަސައްކަތްކުރާކަން އުތުރު ކޮރެއާ އިން އަމަލުން ދައްކަންޖެހޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު