Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާނުގެ ހަމަނުޖެހުން

ޓްރަޕް އާއި އީރާނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް

އީރާނުގައި ހަމަ ނުޖެހުންތައް ފެށުނީ ހުސްވި ޑިސެމްބަރު މަހުގެ 28 ގައި

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2018 | އަންގާރަ 18:17
އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް - އީރާނުގެ މުޒާހަރާއާ ގުޅޭ ގޮތުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޓްވީޓް ކުރައްވާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް - އީރާނުގެ މުޒާހަރާއާ ގުޅޭ ގޮތުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޓްވީޓް ކުރައްވާ

ސަރުކާރާ ދެކޮޅަށް އީރާނުގައި ކުރިއަށް ދާ މުޒާހަރާގައި ބައިވެރިވާ ފަރާތްތަކަށް ތައުރީފް ކުރައްވާ އަދި ހިތްވަރު ދެއްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓް ތަކަކަށް އީރާނުން ވަރުގަދަ ރައްދެއް ދީފިއެވެ.

ރައީސް ޓްރަމްޕްގެ އަންގާރަ ދުވަހު ކުރެއްވި ޓްވީޓް ގައި ވިދާޅުވެފައި ވަނީ، އީރާނުގެ ރައްޔިތުން އެންމެ ފަހުން އަނިޔާވެރި އަދި ކަރަޕްޓް ވެރިކަމާ ދެކޮޅަށް ހަރަކާތްތެރި ވާން ފަށައިފި ކަމަށެވެ.

ރައީސް ޓްރަމްޕްގެ މި ޓްވީޓްގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަށް ވެސް ވަނީ ބަހުގެ ހަމަލާއެއް ފޮނުއްވާފައެވެ. ޓްރަމްޕް ވިދާޅުވީ، ރައީސް އޮބާމާ މޮޔަފުޅު ކަމުން އީރާނަށް ދެއްވި ހުރިހާ ފައިސާ އެއް ދިޔައީ ޓެރަރިޒަމަށާއި، ބައެއްގެ ޖީބަށް ކަމަށެވެ. ރައްޔިތުންނަށް ލިބިފައިވާ ކާ އެތިކޮޅު މަދު ކަމަށާއި، އިންފްލޭޝަން ދަނީ މައްޗަށް ކަމަށާއި، އިންސާނީ ހައްގު ތަކެއް ނެތް ކަމަށް ވެސް އީރާނުގެ ސަރުކާރަށް އަމާޒު ކުރައްވާ ޓްރަމްޕްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. އަދި އެމެރިކާ އޮތީ ބަލަން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ރައީސް ޓްރަމްޕްގެ ޓްވީޓްގެ ރައްދުގައި އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ، އީރާނުގެ ކަންކަމާ ބެހި ވަޑައިގަތުމަށް ވުރެ، އަމިއްލަފުޅު ގައުމަށް ފޯކަސް ކުރެއްވުން މާ ރަނގަޅު ވާނެ ކަމަށެވެ.

"އެހެން ގައުމަކާ ބެހޭ ގޮތުން ބޭނުމެއް ނެތް ޓްވީޓް ކުރެއްވުމަށް ވަގުތު ބޭކާރު ކުރެއްވުމުގެ ބަދަލުގައި އަމިއްލަފުޅު ގައުމުގެ އެތެރޭގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ދުވަހަކު އެތައް ބަޔަކު މެރުމާއި، ގެދޮރު ނެތް މީހުންނާއި، ބަނޑުހައި ހޫނު ކަމުގައި ތިބި މީހުންނަށް ސަމާލު ކަން ދެއްވުން މާ ރަނގަޅު ވާނެ" އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނަކު ކަމުގައިވާ ބަހްރަމް ޣާސިމީ އޭ.އެފް.ޕީ އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވިއެވެ.

އީރާނުގެ ދާޚިލީ މައްސަލައިގެ ތެރެއަށް ޓްރަޕްމް ވަދެ ވަޑައިގަންނަވާތީ އީރާނުގެ ބައެއް އާއްމުންވެސް އެކަމާ ހިތްހަމަ ނުޖެހޭކަން މީޑިއާ މެދުވެރިކޮށް ހާމަ ކޮށްފައިވެއެވެ.

އީރާނުގައި ހިނގަމުންދާ ހަމަނުޖެހުން ތަކުގައި މިހާތަނަށް މަދުވެގެން 20 މީހުން މަރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި މުޒާހަރައިގެ ބައިވެރިންގެ ތެރެއިން 450 ށް ވުރެ ގިނަ މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

އީރާނުގެ މުޒާހަރާ އާ ގުޅިގެން ރައީސް ޓްރަމްޕް މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ރައްޔިތުންގެ ތަނަވަސްކަން ވަގަށް ނަގާ ޓެރަރިޒަމަށް ބޭނުން ކުރާ ކަން އީރާނުގެ ރައްޔިތުންނަށް ވިސްނިއްޖެ ކަމަށާއި، އަދި އިތުރަށް އެކަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އިންސާނީ ހައްގުތަކާ ޚިލާފް އަމަލުތައް އެމެރިކާ އިން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

އައު އަހަރު ފެށުނު ދުވަހު ވެސް ޓްރަމްޕް ވަނީ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ލިބޭ ގޮތައް ޓްވީޓެއް ކުރައްވާފައެވެ. އެ ދުވަހުގެ ޓްވީޓްގައި ޓްރަމްޕް ވިދާޅުވީ، އީރާނަކީ ޓެރަރިޒަމް ސްޕޮންސަރ ކުރުމުގައި ދުނިޔޭގެ އެއްވަނަ ގައުމު ކަމަށާއި ކޮންމެ ގަޑީ އިރަކު ކަހަލަ ގޮތަކަށް އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް އީރާނުން ހިންގަމުން ގެންދާ ކަމަށެވެ. އަދި ސުލްހަވެރި މުޒާހަރާގެ ބައިވެރިން މުއާމަލާތް ކުރުމަށް ހުރަސް އެޅުމަށް އިންޓަނެޓް ކަނޑާލާފައިވާ ކަމަށާއި އެއީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

އީރާނުގައި ކުރިއަށްދާ މުޒާހަރާ އާ ގުޅިގެން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ ވެސް ވަނީ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެއްވާ ބަޔާނެއް ދެއްވާފައެވެ. މި ބަޔާނުގައި އީރާނުގެ ސަރުކާރު ކޮންމެވެސް އިރަކުން ވެއްޓޭނެ ކަމަށާއި، ސަރުކާރު ވެއްޓުމުން އިޒްރޭލާ އީރާނަކީ ދެ ރަހްމަތްތެރިންނަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށުނީ ޑިސެމްބަރު މަހުގެ 28 ވީ ބުރާސްފަތި ދުވަހު މަޝްހަދު ގައެވެ. އެއީ އީރާނުގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ އެވެ.

މުޒާހަރާ މިހާރު ވަނީ އީރާނުގެ އެތައް ސިޓީ އަކަށް ފެތުރިފައެވެ. ބުނެވޭ ގޮތުގައި މިއީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އީރާނުގައި ހިނގާ ސަރުކާރާ ދެކޮޅު އެންމެ ބޮޑު މުޒާހަރާ އެވެ.

ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު ނުކުތީ ކާބޯތަކެތީގެ އަގު އުފުލުމާއި، ދިރިއުޅުމުގެ އަގު މައްޗަށް ދިއުމާއި، ކަރަޕްޝަން އިތުރުވާއި ގުޅިގެން އެކަމުގެ ރުޅިވެރި ކަމުގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

22 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު