Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ރަމަޟާން 1442

ރޯދަ މަހަކީ އެންމެ މާތް މައްސަރެވެ.

ރޯދަ މަސް ފެށިގެން އަންނަނީ ރަޙްމަތުން

ޝެއިޚް ހުސެއިން ރަޝީދު އަހުމަދު
ޝެއިޚް ހުސެއިން ރަޝީދު އަހުމަދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2021 | ބުދަ 09:19
ރަމަޟާން މަހަކީ އެންމެ މާތް މައްސަރު، ޤުރުއާނުގެ މައްސަރު

ރަމަޟާން މަހަކީ އެންމެ މާތް މައްސަރު، ޤުރުއާނުގެ މައްސަރު

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެންނާ ކުރިމަތި ލާފައި މިވަނީ ރޯދަ މަހާއެވެ. ރޯދަމަހަކީ ބަރަކާތުން ފުރިގެންވާ މައްސަރެކެވެ. ރަޙްމަތުގެ މައްސަރެކެވެ. އެއާއެކު އަންނަނީ ޢަދަދު ނުކުރެވޭހައި ގިނަގުނަ ހެވަކާއި ސަވާބެކެވެ. ﷲގެ ޙަޟުރަތުގައި އެކަންކަމުގެ ޝުކުރު އަދާކުރުމަށް އަޅާއަށް އޮންނަނީ ނުކުޅެދިފައެވެ. އަޅާ ރޯދަމަހު ރޯދަ ހިފާއިރު ތިމާއަށް ލިބެނިވި ސަވާބަށް އެދިހުރެ އެކަން ޤަބޫލުކޮށްގެން ރޯދަ ހިފާހިނދު އޭނާއަށް ދެއްވާ ސަވާބު އެތަކެއް ގުނައަކަށް އިތުރު ކުރަށްވާ ހުއްޓެވެ. އަދި އޭނާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވާހުއްޓެވެ.

ޝައްކެއްނެތެވެ. ރޯދަ މަސް ފެށިގެން އަންނަނީ ރަޙްމަތުންނެވެ. އޭގެ މެދުތެރޭގައި ވަނީ ފާފަ ފުއްސެވުމުގެ މޫސުމެކެވެ. އޭގެ ނިމުން އަންނާނީ އަޅާ ނަރަކައިން މިންޖު ކުރެއްވުމުގެ ސަނަދު ލިބިއްޖެކަން އިޢުލާން ކުރާ ހާލުގައެވެ.

އިމާމު ތިރްމިޛީ ނެރުއްވި ޙަދީޘެއްގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރަށްވާފައި ވެއެވެ. "ރޯދަމަހުގެ ފުރަތަމަ ވިލޭރެއާ ގުޅިގެން އެންމެހައި ޖިންނި ޝައިޠާނޫންނާއި ފުރޭތައިން ކަސްތޮޅު އެޅުއްވޭނެއެވެ. ނަރަކައިގެ އެންމެހައި ދޮރުތަކެއް ބަންދު ކުރެވޭނެއެވެ. އެއިން އެންމެ ދޮރެއްހައިމިނުވެސް ހުޅުވިފައި ނުހުންނާނެއެވެ. އަދި ސުވަރުގޭގެ އެންމެހައި ދޮރުކޮޅުތައް ހުޅުވައިލެވޭނެއެވެ. އެއިން އެންމެ ދޮރުކޮޅެއްހައިމިނުވެސް ލައްޕާލެވިފައި ނުހުންނާނެއެވެ. މުޅި ރޭގަނޑުގައި ޚާއްޞަ މަލާއިކަތަކު އިޢުލާން ކުރައްވަ ކުރައްވާ ހުންނަވާނެއެވެ. އޭ ހެއުކަމަށް އެދިއެދި ހުންނަ މީހާއެވެ. އަޅުކަން ކުރުމުގައި ހިއްވަރު ކުރާށެވެ. އަދި އޭ އުރެދުމަށް އަރައިގަންނަން ބޭނުންވެ ހުންނަ މީހާއެވެ. އަޅެ ފާފައާ ދުރަށް ޖެހިބަލާށެވެ. ﷲގެ ޙަޟުރަތަށް ކުއްތަންވެ ބަލާށެވެ. މިގޮތަށް ރޯދަވެރިޔާއާމެދު މުޢާމަލާތު ކުރެވޭނެއެވެ. އަދި ދަންނާށެވެ. ތިޔައިގެ ތެރޭން ގިނަމީހުން ނަރަކައިން މުއްތިކުރެއްވުމަކީ ﷲ ލޮބުވެތިވެ ވޮޑިގަންނަވާ ގޮތެވެ. މިގޮތަށް ނިދާ އިއްވެވުމުގައި މަލާއިކަތާ ރޯދަ މަހުގެ މުޅި ރޭތައް ވެއަތު ކުރަށްވާނެއެވެ."

ކީރިތި ރަސޫލާ ޙަދީޘު ބަސްފުޅު ފަދައިން ސުވަރުގޭގެ އެންމެހައި ދޮރުކޮޅުތައް ހުޅުވާލެވިފައި ހުންނަކަމަށް ވާރިދުވެފައި ވިއަސް އަޅުގަނޑުމެން އެންމެ އުފާކުރަން ޖެހޭކަމަކީ، ރޯދަ ވެރިޔާއަށް ޚާއްޞަ ދޮރުކޮޅެއް ސުވަރުގޭގައި ހުޅުވާލެވައި ހުންނަ ކަމެވެ. އެދޮރުކޮޅުގެ ފާރަވެރިން އަބަދުމެ ރޯދަވެރިޔާއަށް މަރުޙަބާ ވިދާޅުވެ ވިދާޅުވެ ތިއްބަވާނެއެވެ. އެއީ ރައްޔާން ކިއުނު ދޮރުކޮޅެވެ.

ރޯދަމަހާ ކުރިމަތި ލައިގެން އުޅޭހިނދު، އަޅުގަނޑުމެންނަށް އޮތްކަމަކީ އަޅުގަނޑުމެންގެ އަދަބާއި ސުލޫކު ބަދަލު ކުރުމެވެ. ޢަމަލުތައް ރިވެތި އަޚްލާޤަކުން ޒީނަތްތެރިކޮށް ބައްޓަން ކުރުމެވެ. ގޯސް ޢަމަލުތަކުން އެއްކިބާވުމެވެ. ކުރާކޮންމެ ކަމެއްގައި އެކަމެއްގައި އޮންނަ އެންމެ ރިވެތި ގޮތް އިޚްތިޔާރު ކުރުމެވެ. އަޅުގަނޑުމެން ދަންނަން ޖެހޭނެ ކަމަކީ މާތް ﷲ ސުބުޙާނަހޫ ވަަތަޢާލާ ވަނީ އަހަރުގެ މައްސަރުތަކުގެ ތެރެއިން ރަމަޟާން މަސް ޚާއްޞަ މައްސަރެއްގެ ގޮތުގައި ލައްވާފައި ކަމާއި އޭގައި ހެވާއި ބަރަކާތް ލައްވާފައިވާ ކަމާއި މިއީ މަތިވެރިވެގެންވާ މާތް މޫސުމެއްކަން ކަށަވަރު ކުރުމެވެ. އެއަށް މަރްޙަބާ ކިއުމާއެކު އުފަލާއެކު ފުރިހަމަ ގޮތުގައި ރޯދަމަހުގެ ދުވާލާއި ރޭގަނޑުގެ މިބަރަކާތާއި ސަވާބުން ފުރިގެންވާ މޫސުމަށް ލައްބައިކަ ކިއުމެވެ. އިޚްލާޞްތެރިކަމާއެކު މިމަތިވެރި މޫސުން ބަލައިގަތުމެވެ.

މާތް ﷲގެ ޙަޟުރަތުގައި އެދި ދަންނަވަނީ، މިމޫސުމުގެ އެންމެ ފުރިހަމަ ފައިދާ ލިބިގަތުމުގެ ތައުފީޤު އަޅުގަނޑުމެންނާއި ލޮބުވެތި އެންމެހައި މުސްލިމު އަޚުންނާއި އުޚުތުންނަށް ދެއްވުމެވެ. އަޅުގަނޑުމެންނަކީ ރަމަޟާން މޫސުމުގެ ގާތް އެކުވެރިން ކަމުގައި ލެއްވުމެވެ. އާމީން!

ރޯދައިގެ އަޅުކަން 1442ރަމަޟާން 1442

ކޮމެންޓް

އިތުރަށް ކިޔާލަން

ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

12 މެއި 2021
27 ވިލޭރޭގެ އަޅުކަމަށް އައި މީހުންނަށް ދެލައްކަ ޒަމްޒަމް ފެންފުޅި ފޯރުކޮށް ދީފި

27 ވިލޭރޭގެ އަޅުކަމަށް އައި މީހުންނަށް ދެލައްކަ ޒަމްޒަމް ފެންފުޅި ފޯރުކޮށް ދީފި

10 މެއި 2021
ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެން ވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.

ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެން ވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.

10 މެއި 2021
ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

09 މެއި 2021
ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

18 އެޕްރީލު 2021

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު