Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ރަމަޟާން 1442 - ރޯދައިގެ ޖަޒާ ދެއްވުން

ރޯދައިގެ ޖަޒާދެއްވުން ވަނީ ﷲގެ ޙަޟުރަތަށް ޚާއްޞަ ވެގެންނެވެ.

ރޯދަވެރިން އެންމެން ސުވަރުގެ ވަނުމާއެކު ރައްޔާން ދޮރުކޮޅު ބަންދު ކުރެވޭނެ

ޝެއިޚް ހުސެއިން ރަޝީދު އަހުމަދު
ޝެއިޚް ހުސެއިން ރަޝީދު އަހުމަދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2021 | ހުކުރު 06:02
ހުކުރު ޚުތުބާ އަޑުއަހަނީ

ހުކުރު ޚުތުބާ އަޑުއަހަނީ

ބަރަކާތްތެރި ރޯދަ މަހުގެ ޚާއްޞަ ސިފަތަކުގެ ތެރެއިން މަތިވެރި މާތްﷲ ލައްވާފައިވާ އެއް ސިފައަކީ ރޯދައިގެ ޖަޒާ ދެއްވުމުގައި އެއިލާހުގެ ޙަޟުރަތަށް އޭގެ ޖަޒާ ޚާއްޞަ ކުރެއްވުމެވެ. އަދި ޖަޒާ ދެއްވުމުގައި ކަނޑައެޅިގެންވާ ޙައްދެއް މިންވަރެއް ނެތި ޖަޒާ ދެއްވުމެވެ.

އިމާމު ބުޚާރީއާއި މުސްލިމު އެދެބޭކަލުންގެ ސަނަދުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ރިވާކުރަށްވާފައިވާ ޤުދުސިއްޔަ ޙަދީޡެއްގައި މިފަދައިން އައިސްފައި ވެއެވެ. މަތިވެރި މާތް ﷲ ވަޙީ ކުރެއްވިއެވެ. "އާދަމުގެ ދަރިޔާގެ އެންމެހައި ޢަމަލަކަށް ސަވާބު ދެއްވުމުގައި، ދިހަ ސަވާބުން ފެށިގެން ހަތް ސަތޭކައާ ދެމެދަށް ތިމަން ﷲ ވަނީ ގުނަ ކުރަށްވާފައެވެ. އެހެނަސް ރޯދައިގެ ސަވާބު ފިޔަވައެވެ. މިހެނީ ރޯދައަކީ ތިމަން އިލާހަށް ޚާއްޞަ އަޅުކަމެކެވެ. އެކަމުގެ ޖަޒާ ދެއްވާހުށީ ސީދާ ތިމަން އިލާހުއީމެވެ. ތިމަން އިލާހުގެ އަޅާ އޭނާގެ އެންމެހައި އެދުންތަކަކާއި ކެއުންބުއިން ދޫކޮށްލައިގެން އުޅުނީ ހަމައެކަނި ތިމަން އިލާހުގެ ޙައްޤުގައެވެ. ދަންނާށެވެ. ރޯދަ ވެރިޔާއަށް ދެ އުފަލެއް ލިބިގެން ވެއެވެ. އެއް އުފަލަކީ ރޯދަވީއްލާ ވަގުތު އޭނާ އިޙްސާސުކުރާ އުފަލެވެ. ދެވަނަ އުފަލަކީ އޭނާ ހައްދަވައި ގެންގުޅުއްވާ އިލާހުގެ ޙަޟުރަތަށް އޭނާ ޙާޟިރުވާ ހިނދު އެއިލާހުގެ ޙަޟުރަތުން އޭނާއަށް ލިބެނިވި ނިޢުމަތްތަކުގެ އުފަލެވެ."

ރޯދަވެރިޔާއަށް ލިބޭ ނިޢުމަތުގެ ތެރޭން ޚާއްޞަވެގެންވާ އެއް ނިޢުމަތަކީ ސުވަރުގެ ވަނުމަށްޓަކައި އޭނާއަށް ވަކި ދޮރުކޮޅެއް ޚާއްޞަވުމެވެ. އެއީ "ރައްޔާނު" ކިއުނު ދޮރުކޮޅެވެ. ހަމައެކަނި އެނިޢުމަތް ވެސް އޭނާއަށް ފުދޭނެއެވެ. އެދޮރުކޮޅުން ރޯދަވެރިއަކަށް ނޫނީ ނުވަދެވޭނެއެވެ. ރޯދަވެރިން އެންމެން ސުވަރުގެ ވަނުމާއެކު ރައްޔާން ދޮރުކޮޅު ބަންދު ކުރެވޭނެއެވެ. އޭގެކުރިން އިޢުލާން ކުރެވެމުން ދާނެއެވެ. ރޯދަ ވެރިއަކު އެބައުޅޭހެއްޔެވެ؟ ރޯދަ ވެރިއަކު އެބައުޅޭހެއްޔެވެ؟ ރޯދަވެރިއަކު އުޅޭނަމަ އަވަހަށް ސުވަރުގެ ވަންނާށެވެ.

ރޯދައިގެ މަތިވެރިކަން މިހާ ދަރަޖައަށް ގޮސްފައި އޮންނަ ހިނދު މިބަރަކާތްތެރި މައްސަރުގެ މައްޗަށް ތިމާގެ ޢަމަލު ގިނަކޮށް ގަދަވެގަންނަން ޖެހެއެވެ. އެމައްސަރު ތިމާގެ މުށުތެރެއަށް ލައިގެން ތިމާގެ މާތް، ހެއު ޢަމަލުތަކުން އެމައްސަރުގެ ފަސްބައި ބަންޑުން ޖައްސައިލަން ޖެހެއެވެ. ގިނަގުނަވެގެންވާ އުޖޫރަތަކުން ތިމާގެ ޚަޒާނާ ފުރާލަން ޖެހެއެވެ. ތިމާގެ ޢަމަލުން ދީލަތިވަންތަ މަތިވެރި މާތް ﷲގެ ދީލަތިކަމުގެ ފަރުދާ ވީދާލަން ޖެހެއެވެ. ދަންނާށެވެ! ރޯދަމަހުގެ ރޯދައަކީ ޣަނީމަތެކެވެ. އެޣަނީމާ ލިބިގަތުމުގައި ހިއްވަރާއި މިންނަތާއެކު މަސައްކަތް ކުރަންޖެހެއެވެ. ދުޢާ ކުރުމާއި ޞަދަޤާތް ދިނުމާއި ރޯދަވެރިންނަށް ރޯދަ އިފްޠާރު ފޯރުކޮށް ދިނުމާއި މުހުތާދުންނާއި މިސްކީނުންނަށް ހެއުފޯރުކޮށް ދިނުމެވެ. ޤުރުއާން ކިޔެވުމާއި ޛިކުރު ކުރުމެވެ. ތަރާވީޙު ނަމާދު ކުރުމާއި ދަމުނަމާދު ކުރުމެވެ. ﷲގެ ރަޙްމަތާއިގެން މަލާއިކަތުން އެއްވަނަ އުޑަށް ފައިބައި ވަޑައިގަންނަވާ ހިނދު އެރަޙްމަތް ލިބިގަތުމަށްޓަކައި ގިނަގުނަ ދުޢާކޮށް ﷲ އަށް ދެންނެވުމެވެ.

މިހުރިހާ ކަންތައްތަކުގެ އިތުރުން ތިމާއަށް ކެރިކުޅަދާނަވީ މިންވަރަކުން ރޯދަމަހު ކަޢުބަތު ﷲ ގެފުޅަށް ޢުމްރާއަށް ދެވޭތޯ ބަލަންޖެހެއެވެ. ދަންނަވަންތޯއެވެ؟ ރޯދަމަހު ޢުމްރާއެއް ނަޞީބުވުމަކީ ކީރިތި ރަސޫލާގެ އަރިހު ޙައްޖުވުން ފަދަ ކަމެކެވެ. އެހެނަސް މިބަލި މަޑުކަމުގެ ދުވަސްވަރު ޢުމްރާއަށް ދިއުމުގެ މަގު ފަހި ނުވިކަމުގައި ވިއަސް ﷲގެ ޙަޟުރަތުން ފުރިހަމަ ޖަޒާ ދެއްވާނެކަމަށް އުއްމީދު ކުރަންޖެހެއެވެ. މިހެނީ ﷲ ޖަޒާ ދެއްވަނީ ތިމާގެ އިޚްލާޞްތެރި ނިޔަތަށެވެ. ހަމައެއާއެކު ގިނަގިނައިން ނިކަމެތިންނަށް އޯގާތެރިވުމާއި ވީހާވެސް ބޮޑަށް ރޯދަ މަހު ތިމާގެ އަތަކީ ދީލަތި ކަމުން ފުރިފައިވާ އަތަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެން އެންމެންނަށް މިބަރަކާތްތެރި މާތް މޫސުމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ތައުފީޤު ދެއްވުމެވެ. އެއިލާހުގެ ރަޙްމަތުގެ ޚަޒާނާ އަޅަމެންގެ މައްޗަށް އޮއްސަވާ ލެއްވުމެވެ. އާމީން!

ރޯދައިގެ އަޅުކަން 1442

ކޮމެންޓް

އިތުރަށް ކިޔާލަން

ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

12 މެއި 2021
ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެން ވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.

ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެން ވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.

10 މެއި 2021
ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

09 މެއި 2021
ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

18 އެޕްރީލު 2021
ރޯދަ މަހަކީ ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް ލިބޭ ރަނުގެ ފުރުޞަތެއް

ރޯދަ މަހަކީ ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް ލިބޭ ރަނުގެ ފުރުޞަތެއް

17 އެޕްރީލު 2021

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު