Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ރޯދަ ވީއްލުން ހުއްދަކުރާ ޢުޒުރުތައް

ރޯދަ ވީއްލުން ހުއްދަކުރާ ޢުޒުރުތައް

މުސްކުޅިވެ ވަރުދެރަވުމުގެ ސަބަބުން ރޯދަ ހިފުމަށް ނުކުޅެދިފައިވާ މީހާ ފިދުޔަދިނުން ވާޖިބް

ރާއްޖެ އެމްވީ | 12 އެޕްރީލު 2021 | ހޯމަ 19:29
ރޯދަމަހު ބަޔަކު ރޯދަ ވީއްލަނީ

ރޯދަމަހު ބަޔަކު ރޯދަ ވީއްލަނީ

ރޯދަވީއްލުން ހުއްދަކުރާ ޢުޛުރުތަކުގެ ތެރެއިން ފުރަތަމަ ޢުޛުރަކީ ބައްޔެވެ. ބަލިވެއުޅޭ މީހާ ރޯދަ ހިފުމުގެ ސަބަބުން ބަލިބޮޑުވެދާނެކަމަށް ނުވަތަ ފަސޭވުން ލަސްވެދާނެކަމަށް ހީވާނަމަ، ރޯދަވީއްލުން ހުއްދައެވެ. ރޯދައަށް ހުރުމުގެ ސަބަބުން ތިމާގެ ފުރާނައަށް ނުރައްކަލެއް އަތުވެދާނެކަމަށް ހީވާނަމަ ރޯދަވީއްލުން ވާޖިބެވެ. ތިމާގެ ގުނަންތަކުގެ ތެރެއިން ގުނަނެއް ނުވަތަ ހިއްސުތަކުގެ ތެރެއިން ހިއްސެއް ތަޢުޠީލުވުން ފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަަށް ހީވެއްޖެނަމަ ވެސް ހަމައެފަދައެވެ. ގަދަވެ ސަލާމަތުން ހުރި މީހަކު ތިމާ ރޯދައަށް ހުރެއްޖެނަމަ، ބައްޔެއްޖެހިދާނެ ކަމަށް ހީވިޔަސް ރޯދަ ނުހިފައިހުރުން ހުއްދައެއް ނުވާނެއެވެ.

ދެވަނަ ޢުޒުރަކީ ބަލިވެ އިނުމެވެ. ނުވަތަ ކުއްޖަކަށް ކިރުބޯންދޭ މީހަކު ކަމުގައިވުމެވެ. ބަލިވެއިން މީހާއާއި، ކިރުދޭ މީހާއާއި، ދެމީހުންގެ ޙުކުމްހުރީ އެއްގޮތަކަށެވެ. އެދެމީހުންކުރެ ކޮންމެ މީހަކުމެ ރޯދައަށް ހުރުމުގެ ސަބަބުން ކެތްނުވެވޭ ފަދަ އުނދަގުލެއް ނުވަތަ ގެއްލުމެއް ލިބިދާނެކަމަށް ބިރުގެންފިނަމަ، ރޯދަވީއްލުން ވާޖިބެވެ. ބިރުގަތުން ހުރީ ތިން ގޮތަކަށެވެ. އެއްގޮތަކީ ތިމާގެ އަމިއްލަ ނަފުސާއިއެކު ކުއްޖާގެ މައްޗަށް ބިރު ގަތުމެވެ. އަނެއް ގޮތަކީ ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް ބިރުގަތުމެވެ. އަނެއްގޮތަކީ ހަމައެކަނި ކުއްޖާގެ މައްޗަށް ބިރުގަތުމެވެ. މިއިން ގޮތެއްގައިމެ ރޯދަވީއްލުން ވާޖިބެވެ.

ތިންވަނަ ޢުޒުރަކީ ދަތުރުވެރިޔަކު ކަމުގައިވުމެވެ. ނަމަވެސް ދަތުރުވެރިޔާ ރޯދަ ވީއްލުން ހުއްދައީ ޝަރުޠުތަކާއި އެކުގައެވެ. ފުރަތަމަ ޝަރުޠަކީ ނަމާދު ޤަޞްރުކުރުން ހުއްދަ ވަނިވި ދަތުރެއްކަމުގައި ވުމެވެ. ދެވަނަ ޝަރުޠަކީ ފަޖުރުލުމުގެ ކުރިން ޤަޞްރުގެ މަސާފާއަށް ދެވޭހައި އިރުހުއްޓައި ދަތުރަށް ފަށައިގަތުމެވެ. ތިންވަނަ ޝަރުޠަކީ ދަތުރުމަތީ ދެމިހުންނަނިވި މީހަކު ކަމުގައި ނުވުމެވެ. ދަތުރުވެރިޔާއީ، ރޯދަހިފުމުން ހަށިގަނޑަށް އުނދަގޫ ނުލިބޭ މީހަކު ކަމުގައިވާނަމަ، ސުންނަތްވެގެން ވަނީ ރޯދައަށްހުރުމެވެ. އުނދަގޫކަމަކަށްވާނަމަ، މޮޅުއިތުރީ ރޯދަވީއްލުމެވެ. ތިމާގެ ނަފްސުގެ މައްޗަށް ނުވަތަ ގުނަނެއްގެ މައްޗަށް ބޮޑު ނުރައްކަލެއް އަތުވެދާނެކަމަށް ބިރުގަންނަަ ނަމަ، ދަތުރުވެރިޔާ ވެސް ރޯދަވީއްލުން ވާޖިބެވެ.

ހަތަރުވަނަ ޢުޛުރަކީ ޙައިޟުވުމެވެ. ނުވަތަ ނިފާސްވުމެވެ. ނުވަތަ ދަރިވިހެއުމެވެ. ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާ އެދެކަމުގެ ދުވަސްވަރުގައި ރޯދަ ހިފުން ޙަރާމްއެވެ.

ފަސްވަނަ ޢުޒުރަކީ ޢުމުރުން ދުވަސްވުމެވެ. މުސްކުޅިވެ ވަރުދެރަވުމުގެ ސަބަބުން ރޯދަހިފުމަށް ނުކުޅެދިއްޖެ މީހާ، ރޯދަވީއްލުން ހުއްދައެވެ. 

ހަވަނަ ޢުޛުރަކީ ދުވާލުން ކިތަންމެ ކުޑަ ހިނދުކޮޅެއްގައި ނަމަވެސް މޮޔަވުމެވެ. މިއިން ޢުޒުރެއް މެދުވެރިވެގެން ރޯދަވީއްލުމަށްފަހު ޢުޛުރުފިލައި ހިނގައްޖެނަމަ، ދުވާލުން ދެންއޮތް ތަނެއްގައި އިމްސާކަށްހުރުމީ ރަމަޟާންމަހު ރޯދަހިފުމުގައި ވާޖިބުކަމެކެވެ. 

ގަދަވުމުގެ އުއްމީދު މުޅިން ނެތިފައިވާ ބަލިމީހާއާއި، މުސްކުޅިވެ ވަރުދެރަވުމުގެ ސަބަބުން ރޯދަ ހިފުމަށް ނުކުޅެދިފައިވާ މީހާއާއި، ދެމީހުން އެދެކަމުގެ ޢުޒުރަށްޓަކައި ވީއްލި ރޯދަ ޤަޟާކުރުން ވާޖިބެއް ނޫނެވެ. މިދެމީހުންމެ ފިދުޔަދިނުން ވާޖިބެވެ. ފިދުޔަ ދިނުމަކީ ވީއްލި ކޮންމެ ރޯދައެއްގެ މަތީން މުއްދުބެހުމެވެ. މިބެހުމަށް ކަމުދާނީ ފިޠުރުޒަކާތަށް ނެރުން ކަމުދާ ބާވަތުގެ ތަކެތީންނެވެ. ބަހާނީ ފަޤީރުންނަށާއި، މިސްކީނުންނަށެވެ. ޒަކާތުގެ މުދަލުންދޭންޖެހޭ އެހެންބައި ބަޔަށް ދިނުމެެއްނެތެވެ. އަދި އެންމެ ފަޤީރަކަށް ނުވަތަ އެންމެ މިސްކީނަކަށް އެތައް މުއްދެއް ދިނަސް ހެޔޮވެދެއެވެ.

ބަލިވެއިންމީހާއާއި، ކިރުމައިމީހާއާއި ދެމީހުން ހަމައެކަނި ކުއްޖާއާއި މެދު ބިރެއް ހީވެގެން ރޯދަވީއްލައިފިނަމަ، އެރޯދަ ޤަޟާކުރުމާއެކު ފިދުޔަދިނުން ވާޖިބެވެ.

އަންނަނިވި މީސްމީހުން ރޯދަވީއްލުމުން ވާޖިބުވެގެންވަނީ ހަމައެކަނި ޤަޟާކުރުމެވެ. ފިދުޔަ ދިނުމެއް ނެތެވެ.

ކުރިން ބުނި ދަރަޖައަށް ބަލިބޮޑުވެފައި ނުވާ މީހާ 2- ދަތުރުވެރިޔާ 3- ތިމާގެ އަމިއްލަ ނަފުސާއި މެދު ނުވަތަ ތިމާގެ އަމިއްލަ ނަފުސާއެކު ކުއްޖާއާއި މެދު ބިރު ހީވެގެން ރޯދަވީއްލި ކިރުމައިމީހާއާއި، ބަލިވެއިންމީހާ 4- ޙައިޟުވެރިޔާ ނިފާސްވެރިޔާއެވެ.

އެޑިޓަރުގެ ނޯޓް:

މިލިޔުމަކީ، ތަޢުލީމުއްދިޔާނާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ. މި ލިޔުން ޝާއިޢުކުރާ މަގުސަދަކީ މިކަމާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށެވެ.

ރޯދައިގެ އަޅުކަން 1442

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

12 މެއި 2021
ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެން ވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.

ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެން ވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.

10 މެއި 2021
ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

09 މެއި 2021
ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

18 އެޕްރީލު 2021
ރޯދަ މަހަކީ ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް ލިބޭ ރަނުގެ ފުރުޞަތެއް

ރޯދަ މަހަކީ ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް ލިބޭ ރަނުގެ ފުރުޞަތެއް

17 އެޕްރީލު 2021

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު