Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ރަމަޟާން 1442 - ރޯދައިގެ އަޅުކަން

ރޯދަ މަހަކީ ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް ލިބޭ ރަނުގެ ފުރުޞަތެއް

ރޯދަ މަހަކީ ﷲގެ ޙަޟުރަތަށް ރުޖޫޢަވުމަށް އަޅާއަށް ލިބޭ ރަނުގެ ފުރުޞަތެއް

ޝެއިޚް ހުސެއިން ރަޝީދު އަހުމަދު
ޝެއިޚް ހުސެއިން ރަޝީދު އަހުމަދު, ރާއްޖެ އެމްވީ | 17 އެޕްރީލު 2021 | ހޮނިހިރު 04:26
ރަމަޟާން މަހުގައިﷲ އަށް ކުއްތަންވެ ތައުބާގެ ފެށުން ކަމަށް އެމައްސަރު ހަދައިފިނަމަ އެކުރެވުނީ ދެދުނިޔެއަށްޓަކައި ބޮޑު ޖިހާދެއް

ރަމަޟާން މަހުގައިﷲ އަށް ކުއްތަންވެ ތައުބާގެ ފެށުން ކަމަށް އެމައްސަރު ހަދައިފިނަމަ އެކުރެވުނީ ދެދުނިޔެއަށްޓަކައި ބޮޑު ޖިހާދެއް

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އާދޭހެވެ! ބަރަކާތްތެރި ރޯދަ މަހަކީ މަތިވެރި މާތް ﷲގެ ޙަޟުރަތަށް ރުޖޫޢަވުމަށް އަޅާއަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އޭނާއަށްޓަކައި ކޮށައިލެވޭ އަމާންކަމުގެ މަގެކެވެ. ހުޅުވައިލެވޭ ނޫރުގެ ދޮރާއްޓެކެވެ. އަޅާއަކީ ކުށްފާފަ ކުރެވޭ މީހެކެވެ. އަޅާއަށް އޮތް ގޮތަކީ ކާއިނާތުގެ ވެރި، މަތިވެރި އޯގާވަންތަ ﷲގެ ޙަޟުރަތުގައި ތައުބާއަށް އެދި ދެންނެވުމެވެ. ދީލަތި ކަމުން ފުރިގެންވާ، މިބަރާތްތެރި މައްސަރުގައި ﷲ އަށް ރުޖޫޢަވެ ތައުބާ ނުވާ މީހާ ދެން ތައުބާ ވާނެ އެހެން އިރެއް އެބައޮތްތޯއެވެ؟ މިފުރުޞަތުގައި އޮތީ މިމަތިވެރި މައްސަރުގައި ތިމާ ހައްދަވައި ގެންގުޅުއްވާ، ދީލަތިވަންތަ އިލާހުގެ ޙަޟުރަތުގައި ގިނަގިނައިން އަސްތަޣްފާރަށް އެދި ދެންނެވުމާއެކު ތިމާގެ ފާފަތައް ފުއްސެވައި ދެއްވުމަށް އިލްތިމާސް ކުރުމެވެ. ހެއު ޢަމަލުތައް ގިނަކުރުމެވެ. އަދި ދަންނަންޖެހޭ ކަމަކީ ހެއު ޢަމަލުތައް ޤަބޫލު ކުރަށްވައި އެއަށް ޢަދަދު ނުކުރެވޭ ސަވާބު ދެއްވުމަށް ﷲގެ ޙަޟުރަތުން ނިދާ އިއްވެވޭހިނދު ހެއު ޢަމަލުތައް ޤަބޫލު ކުރެއްވުމުގެ ޝަރުޠަކީ ތިމާގެ ފާފަތަކުން ތިމާ މިންޖުވެ ހުރުމެވެ. ތައުބާވެ ތިމާގެ ހަށިގަނޑު ސާފުކޮށް ތާހިރުކޮށް ބެހެއްޓުމެވެ.

މިގޮތުން ތިމާ ތައުބާ ވުމަށްފަހު ތިމާގެ ތައުބާ ޤަބޫލު ކުރެވިއްޖެކަން އަންގައިދޭ ޢަލާމަތަކީ ދެން ދެވަނަ ފަހަރަކަށް ތިމާއަށް ކުރެވުނު ފާފަތަކަށް އެނބުރި ރުޖޫޢުނުވާނޭކަން ކަށަވަރުކޮށް އެކަމަށް އިޤްރާރުވެ ދެންނެވުމެވެ. ތެދުހިތުން އެކަންކަމާމެދު ހިތާމަކޮށް ކާއިނާތުގެ ވެރި އިލާހުގެ ޙަޟުރަތުގައި އަދައި ދެންނެވުމާއެކު އެކަން ނުކުރުމަށް ވަރުގަދަ ޢަޒުމެއް ކަނޑައެޅުމެވެ. މިގޮތްމަތީ ދެން ތިމާ ދެމިހުންނާނެ ކަމުގެ ޢަޒުމު ކަނޑައެޅުމެވެ. އެއާއެކު ގިނަގިނައިން އިސްތިޣްފާރު ކޮށް ތިމާ އެއްވެސް މީހަކަށް އަނިޔާއެއް ކޮށްފައި ވާނަމަ، ނުވަތަ މީހެއްގެ ޙައްޤަކަށް އަރައިގެންފައިވާނަމަ އެޙައްޤެއް އެމީހަކަށް ރައްދު ކުރުމާއި އަނިޔާ ލިބުނު މީހާގެ ކިބައިން މާފަށް އެދުމެވެ. ދެން ﷲގެ ޙަޟުރަތުގައި އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމެވެ.

އެހެންކަމުން މުސްލިމު އަޚުންނާއި އުޚުތުންނޭވެ! ތިމާގެ ފާފަަތަކުން ތިމާ ސާފު ޠާހިރުވެ އިޚްލާޞްތެރި ފުރިހަމަ ތައުބާއަކުން ތައުބާވުމަށް ލިބުނު މިރަނުގެ ފުރުޞަތު ނަގާ ލެވުނަދިޔަ ނުދެމާ ހިނގާށެވެ. ﷲގެ ރަޙްމަތް ފުޅުން މިލިބުނު ހެއުކަމާއި ޚައިރާތުގެ މޫސުމުގެ ފުރިހަމަ ބޭނުން ހިފަމާ ހިނގާށެވެ. ރަމަޟާން މަހުގައި އަޅުގަނޑުމެން ﷲ އަށް ކުއްތަންވެ ތައުބާގެ ފެށުން ކަމަށް އެމައްސަރު ހަދައިފިނަމަ އެކުރެވުނީ ދެދުނިޔެއަށްޓަކައި ހާދަ ބޮޑު ޖިހާދެކެވެ.

އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! މިއަޅުކަންތައް އަޅަމެންގެ ޖިހާދެއް ކަމުގައި ލައްވާށިއެވެ.

ރޯދައިގެ އަޅުކަން 1442

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

12 މެއި 2021
ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެން ވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.

ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެން ވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.

10 މެއި 2021
ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

09 މެއި 2021
ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

18 އެޕްރީލު 2021
ރޯދައިގެ ޖަޒާދެއްވުން ވަނީ ﷲގެ ޙަޟުރަތަށް ޚާއްޞަ ވެގެންނެވެ.

ރޯދައިގެ ޖަޒާދެއްވުން ވަނީ ﷲގެ ޙަޟުރަތަށް ޚާއްޞަ ވެގެންނެވެ.

16 އެޕްރީލު 2021

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު