Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްލިކް ހޯދަން މަސައްކަތްކުރުން

ބަޔާނުގައި ފްލިކް މަޑުކުރާނެ: ހައެނާ

ބަޔާނާއެކު ފްލިކް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 އެޕްރީލު 2021 | ހޯމަ 13:51
ބަޔާން މިއުނިކުގެ ކޯޗު ހަންސީ ފްލިކް

ބަޔާން މިއުނިކުގެ ކޯޗު ހަންސީ ފްލިކް

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުގައި އެ ޓީމުގެ ކޯޗު ހަންސީ ފްލިކް މަޑުކުރާނެ ކަމަށް ބަޔާނުގެ ރައީސް ހާބާޓް ހައެނާ ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ހޫނު މޫސުމުގައި ބާއްވަ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ޖަރުމަނުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން 14 އަހަރަށްފަހު ދޫކޮށްލަން ޔޮއަހިމް ލޯ ވަނީ ނިންމާފައެވެ. އެއާއެކު ޖަރުމަނުގެ ޤައުމީ ޓީމުން އަންނަނީ ފްލިކް ހޯދަން މަސައްކަތްކުރަމުންނެވެ. ފްލިކަކީ 2014 ވަނަ އަހަރު ބްރެޒިލުގައި ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަން ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. އަދި ފްލިކް ވަނީ 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރަށް ޖަރުމަން ފުޓްބޯޅަ ފެޑެރޭޝަނުގެ ސްޕޯޓިން ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

މީގެ ކުރިންވެސް ބަޔާނުން ވަނީ ޖަރުމަނުގެ ޤައުމީ ޓީމުން ފްލިކަށް ހުށަހެޅުމެއް ލިބުނު ނަމަވެސް، ބަޔާނުން އޭނާ ދޫނުކުރާނެ ކަމަށް ބުނެފައެވެ. ދާދި ފަހުން ދިން އިންޓަވިއުއްގައި ހައެނާ ވިދާޅުވީ ފްލިކް ހޯދުމަށް ޖަރުމަނުގެ ޤައުމީ ޓީމުން މަޝްވަރާކުރަމުން އަންނަ ކަމަށާއި، އެކަމަކު ބަޔާން ދޫކޮށްލަން ބޭނުންވާކަން ފްލިކް މިހާތަނަށް ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި ބަޔާނާއެކު ފްލިކް މިހާތަނަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާއިރު، ބަޔާން ދޫކޮށް ފްލިކް ނުދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ހުއެނާ ވަނި ވިދާޅުވެފައެވެ.

ބަޔާނާއެކު ފްލިކް މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، ފްލިކް އެންމެ ފުރަތަމަ ބަޔާނާ ގުޅުނީ 2019 ވަނަ އަހަރުގެ ޖުލައި މަހު ކްރޮއޭޝިއާގެ ނިކޯ ކޮވަޗްގެ އެސިސްޓަންޓެއްގެ ގޮތުގައެވެ. އެކަމަކު އެ އަހަރުގެ ނޮވެމްބަރު ކުރީކޮޅުގައި ބަޔާނުގެ ކޯޗުކަމުން ކޮވަޗް ވަކިކޮށް، ޓީމު ވަގުތީ ގޮތުން ވަނީ ފްލިކާ ހަވާލުކޮށްފައެވެ. އަދި ފަހުން ބަޔާނުގެ ކޯޗުކަން ފްލިކާ ރަސްމީކޮށް ހަވާލުކުރިއިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޭނާ ވަނީ އެއްބަސްވުން އާކޮށްފައެވެ. އެހެންކަމުން ބަޔާނާއެކު ފްލިކް މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ބަޔާނާ ހަވާލުވުމަށްފަހު ފްލިކް ވަނީ އެ ޓީމުގެ ހާލަތު ބަދަލުކޮށް، ބަޔާނަށް މިދިޔަ ސީޒަނުގެ ޖަރުމަން ލީގާއި، ޖަރުމަން ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހޯދައިދީފައެވެ. އަދި ފަހުން ޖަރުމަން ސުޕަ ކަޕާއި، ޔުއެފާ ސުޕަ ކަޕް އަދި ކުލަބު ވޯލްޑް ކަޕުވެސް ފްލިކް ވަނީ ހޯދައިދީފައެވެ.

ފްލިކް ހޯދަން ޖަރުމަނުގެ ޤައުމީ ފުޓްބޯޅަ ޓީމުން މަސައްކަތްކުރަމުން އަންނައިރު، ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ހޯދުމަށްވެސް ޖަރުމަނުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަމަކު މީގެ ކުރިން ކްލޮޕް ވަނީ އަދި މި ދަނޑިވަޅުގައި ލިވަޕޫލް ދޫކޮށް ނުދާނެ ކަމަށް ބުނެފައެވެ.

ހަންސީ ފްލިކްބަޔާން މިއުނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު