Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ކުލަބު ވޯލްޑް ކަޕް 2025

އޮލައިސޭގެ ލަނޑުން މޮޅުވެ ބަޔާން ގަދަ 16 އަށް

މެޗުން މޮޅުވެ ބަޔާން އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ގުރޫޕް ސްޓޭޖުގައި ބަޔާން އަށް ބާކީ އޮތީ ބެންފީކާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޖޫން 2025 | ހޮނިހިރު 07:12
މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާާންގެ އޮލައިސޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާާންގެ އޮލައިސޭ އުފާ ފާޅު ކުރަނީ

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގުރޫޕް ސީގައި ޖަރުމަނުގެ ބަޔާން މިއުނިކް ކުޅުނު ދެ ވަނަ މެޗުގައި ބޮކާ ޖޫނިއާސް ބަލިކޮށް، މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ބަޔާން ކުޅުނު ފުރަތަމަ މެޗުގައި ވަނީ އޯކްލޭންޑް ސިޓީގެ މައްޗަށް ތަފާތު ބޮޑު ނަތީޖާ އަކުން ކުރި ހޯދައިފަ އެވެ. ބޮކާ ޖޫނިއާސްގެ ފުރަތަމަ މެޗުގައި ވަނީ ބެންފީކާއާ އެއްވަރުވެފަ އެވެ.

ހޮނިހިރު ދުވަހުގެ ފަތިހު މި ދެ ޓީމު ބައްދަލު ކުރި މެޗު ބަޔާން އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ބަޔާން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބޮކާ ޖޫނިއާސް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގެ ތެރޭގައި ލަނޑު ޖަަހައިގެން ބަޔާން ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ބަޔާން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. އެއީ ބަޔާންގެ ކޮނާޑް ލެއިމާ ހުރަސްކޮށްދިން ބޯޅައެއް، ކިންގްސްލީ ކޯމަންގެ ފައިގައި ޖެހިފައި ލިބުނު ވަގުތު ގޯލަށް ފޮނުވާލައިގެން ކޭން ޖެހި ލަނޑެކެވެ.

ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ބޮކާ ޖޫނިއާސް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ މެޗުގެ 66 ވަނަ މިނެޓުގައި އަލަން ވަލަސްކޯ ދިން ބޯޅައެއްް ހިފައިގެން ގޮސް، ބަޔާންގެ ޑިފެންޑަރުން ކައިރިން ނައްޓައި ގޯލަށް ވައްދާލައިގެން ކެޕްޓަން މިހޭލް މެރެންޓިއޭލް ޖެހި ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ބަޔާން އިން ވަނީ ދެ ވަނަ ލަނޑެއް ޖަަހައި މެޗުން މޮޅުވެފަ އެވެ. ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަޔާން އަށް އެ ލަނޑު ޖަހައިދިނީ މައިކަލް އޮލައިސޭ އެވެ.

މެޗުން މޮޅުވެ ބަޔާން އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ގުރޫޕް ސްޓޭޖުގައި ބަޔާން އަށް ބާކީ އޮތީ ބެންފީކާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު