Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައިޒަރ ވެކްސިން ޖަހަން ފެށުން

މާދަމާ ފައިޒަރ ވެކްސިން ޖަހަން ފަށަނީ

ވެކްސިން ޖެހުމަށްޓަކައި ކަނޑައެޅިފައިވާ ކެޓަގަރީތަކުގައި ހިމެނޭ މީހުން އަވަހަށް ރަޖިސްޓްރީވުމަށް ވަނީ އިލްތިމާސްކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 އެޕްރީލު 2021 | ހޮނިހިރު 17:34
ކޮވިޑް-19 ވެކްސިން ޖެހުމުގެ ޕްރޮގްރާމުގެ ތެރެއިން

ކޮވިޑް-19 ވެކްސިން ޖެހުމުގެ ޕްރޮގްރާމުގެ ތެރެއިން

ފައިޒަރ ވެކްސިން ޖަހަން މާދަމާ ފަށާނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނީ ފައިޒަރ ވެކްސިން ޖަހަން ފަށާއިރު މި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ރެޖިސްޓްރީ ކޮށްފައިވާ މީހުން އެކަނިކަމަށެވެ. ރާއްޖެއަށް ލިބިފައިވަނީ ފައިޒަރ ވެކްސިންގެ މަދު ސްޓޮކެއް ކަމަށާއި ވެކްސިން ޖެހުމަށްޓަކައި ކަނޑައެޅިފައިވާ ކެޓަގަރީތަކުގައި ހިމެނޭ މީހުން އަވަހަށް ރަޖިސްޓްރީ ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement - newsAdvertisement

ކޮވެކްސް ފެސިލިޓީގެ ދަށުން ދިވެހިރާއްޖެއަށް ލިބިފައިވަނީ ފައިޒަރގެ 5500 ޑޯޒް ވެކްސިނެވެ.

މި ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ ވެކްސިން ޖަހާނީ މާލޭގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ފައިޒަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްސަ ހާލަތްތަކެއްގައިވާ މީހުންނަށް އެކަނި ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. މި ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ މީހުންނަށެވެ.

އެގޮތުން މިވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ :

- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ(އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުން

- ޑަޔަލިސިސް ގަވައިދުން ހަދަމުންދާ މީހުން

- ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުން

- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން

- ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށް ވުރެ އިތުރަށް)

މީގެއިތުރުން ފައިޒަރ ވެކްސިނަކީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށް ވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ވަކި ބާވަތްތަކުގެ ބަލި ހުންނަ ކުދިންނަށް މި ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެކުދިންނަކީ:

- ހަށިގަނޑުގައި ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) ކުދިން

- ޑަޔަލިސިސް ގަވައިދުން ހަދަމުންދާ ކުދިން

- ކެންސަރު ބަލީގެ ކުދިންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ ކުދިން

- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ ކުދިން

- ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)

- ހަކުރުބަލީގެ ކުދިން

- ތެލަސީމިޔާ މޭޖަރ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން

- ޑައުންސިންޑްރޯމް ހުންނަ ކުދިން

- ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން

- އުފެދުމުގައި ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާރޓް ޑިޒީޒް) ހުންނަ ކުދިން

އެޗްޕީއޭއިން ބުނީ މިހާލަތުގައި ތިބި މީހުން ފައިޒަރ ވެކްސިން ޖެހުމަށް ރަޖިސްޓްރީކުރުމަށް ހުޅުވާލާކަމަށެވެ. ވެކްސިން ޖަހަމުން ގެންދާނީ ރަޖިސްޓަރީވާ މީހުންނަށް ވަގުތު ހަމަޖައްސައިގެން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. ވެކްސިން މިވަގުތު ދޭނީ މާލެ ސަރަހައްދުގައި ކަމަށާއި ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ކަމަށްވެސް ބުނެއެވެ. މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ މީހުންނަށް އިސްކަންދެވޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19ށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. އެއަށްފަހު މިހާރު ޖަހަމުންދަނީ ޗައިނާގެ ސިނޯފަރމް ވެކްސިނެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު