Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިންގެ ޝަރީއަތް

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2017 | ހޯމަ 12:52
ވިސާމާއި ލީވާން: ދައުލަތުން ދޭން ހުށަހަޅާފައިވަނީ ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަބު

ވިސާމާއި ލީވާން: ދައުލަތުން ދޭން ހުށަހަޅާފައިވަނީ ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަބު

ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއަޅާފައިވާ ކަމަށް ބުނެ ރާއްޖެޓީވީގެ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި އަދަބެއް ކަނޑައަޅައި، ހުކުމް ކުރުން އަންގާރަ ދުވަހަށް ތާވަލުކޮށްފި އެވެ.

ދެ ނޫސްވެރިންގެ މައްޗަށް ހިންގާ ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ޝަރީއަތުން ވަނީ ވިސާމާއި ލީވާނުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.

Advertisement - newsAdvertisement

އެހެންކަމުން އަންގާރަ ދުވަހުގެ މެންދުރު 1:00 ގައި ބާއްވާ އަޑުއެހުމުގައި އޮންނާނީ ވިސާމާއި ލީވާނަށް ދޭނެ އަދަބެއް ކަނޑައަޅައި، ހުކުމް އިއްވުމެވެ.

ދައުލަތުގެ ފަރާތުން އެދިފައިވަނީ ހުކުމެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު ކަމަށްވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ދެ ނޫސްވެރިންގެ މައްޗަށް ކޮށްދިނުމަށެވެ. ދެ ނޫސްވެރިންގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވެފައިވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިންވަރަށް ދައުވާ ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އަދި އެ ދެ ނޫސްވެރިންނަށް އަދަބެއް ދޭނަމަ، ގާނޫނުގައި ބުނާ ލުއި އަދަބު ކަމަށްވާ 12،000 ރުފިޔާ އިން ޖޫރިމަނާކުރުމުގެ އަދަބު ދިނުމަށް ހަސީން އެދިވަޑައިގެންނެވި އެވެ.

ރާއްޖެޓީވީގެ ދެ ނޫސްވެރިންގެ މައްޗަށް އަންގާރަ ދުވަހު ހުކުމް ކުރާއިރު، މިފަހުގެ ތާރީހުގައި ނޫސްވެރިކަމުގެ މަސައްކަތް ކުރުމުގެ ސަބަބުން ރާއްޖޭގައި ނޫސްވެރިއަކު ޖަލަށް ނުލަ އެވެ.

ވިސާމާއި ލީވާނަށް އަންގާރަ ދުވަހު ހުކުމްކުރާއިރު، ރާއްޖެޓީވީގެ ކެެމަރާމަން އާދަމް ޒަރީރަށް ހުކުމް ކުރުން ފެބްރުއަރީ 27 އަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި ފިޔާޒުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

ނޫސްވެރިންނަށް ނުހައްގު އަދަބެއް ލިބުމުގެ ކުރިން ސަލާމަތްކޮށްދިނުމަށް ރާއްޖެޓީވީން ތަކުރާރުކޮށް ގޮވާލަމުންދާއިރު، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް(އައިއެފްޖޭ) އާއި ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް(ސީޕީޖޭ) އާއި ރިޕޯޓާސް ވިތްއައުޓް ބޯޑާސް ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ދަނީ ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސް، ޝަރީއަތްތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު