Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

މައްސަލަ ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރު 1:40 އަށް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 23 ޖެނުއަރީ 2017 | ހޯމަ 12:32
ދިވެހިރާއްޖޭގެ ހައިކޯޓް

ދިވެހިރާއްޖޭގެ ހައިކޯޓް

ކައުންސިލް އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލް ކުރި މައްސަލަ އެމްޑީޕީއިން ހައި ކޯޓަށް ހުށައަޅި ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ އަށް ތާވަލް ކޮށްފިއެވެ.

އެމްޑީޕީގެ ސެކްޓްރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެންޑިޑޭސީ ބާތިލް ކުރި މައްސަލައާ ގުޅިގެން އީސީއާ ދެކޮޅަށް ހުށަހެޅި ދުއްސތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ މެންދު 1:40 އަށް ހައިކޯޓުގައި ތާވަލް ކޮށް މައްސަލައިގެ ޗިޓް ފޮނުވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ ކައުންސިލް އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު، އެ ނިންމުން ބާތިލްކޮށް އެޕްރީލް 8 ގައި އޮންނަ އިންތިހާބަަށް އެ ކެންޑިޑޭޓުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށް ހެދީ ސިވިލް ކޯޓުގެ ހުކުމާއި އިންތިހާބާ ބެހޭ ގާނޫނާ ވެސް ހިލާފަށް ކަމަށެވެ. އެހެންވެ އެމްޑީޕީން ހައި ކޯޓުގައި އެދުނީ އީސީގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ އިތުރުން މައްސަލާގައި ބުނެފައި ވަނީ މައްސަލައާ ގުޅޭ ގޮތުން ވަކި ގޮތެއް ނިމެންދެން، އެމްޑީޕީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން އީސީގެ މައްޗަށް އަމުރެއް ނެރެދޭން ވެސް އެމްޑީޕީން އެދިފައިވެ އެވެ.

ކައުންސިލްތަކުގެ އިންތިހާބު އިއްޔެ ބާއްވަން ކުރިން ނިންމައި، 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލުކުރުމަށް ފަހު އީސީން ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ. އެއީ، އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި އޮތް ކައުންސިލް އިންތިހާބް ދެ މަސް ދުވަސް ފަސްކުރީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ، އަދި މިހާރު ކައުންސިލް އިންތިހާބް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އެޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު