Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕުގެ ޑްރީމް ޓީމް

އޭއެފްސީ ކަޕުގެ ޑްރީމް ޓީމުގައި ދަގަނޑޭ

އޭޝިއާގެ ޤައުމުތަކުން މި ޓީމުގައި ހިމެނުނު ހަމައެކަނި ކުޅުންތެރިއަކީ ދަގަނޑޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 އެޕްރީލު 2021 | ހޮނިހިރު 04:35
ކުލަބު ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)

ކުލަބު ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)

އޮންލައިން ވޯޓުން އެކުލަވާލި އޭއެފްސީ ކަޕުގެ ޑްރީމް ޓީމުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެއެވެ.

އޮންލައިން ވޯޓުން ހޮވި ޑްރީމް ޓީމު އެކުލަވާލާފައިވަނީ 3-4-3 ފޯމޭޝަނަށެވެ. އެގޮތުން މި ޓީމުގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ދަގަނޑޭ ހިމެނުނުއިރު، އެންމެ މޮޅު ފޯވާޑުން ހޮވުމަށް އޭއެފްސީން ވަނީ 13 ފޯވާޑުން ޝޯޓްލިސްޓުކޮށްފައެވެ. މިދިޔަ މާޗު މަހުގެ ފަހުކޮޅު އޮންލައިންކޮށް ވޯޓުލާން ހުޅުވާލިއިރު، ދަގަނޑޭއަށް ވަނީ މި ލިސްޓުގެ ދެވަނަ ލިބިފައެވެ. އެގޮތުން ވޯޓިން ޕޯލުގައި ދަގަނޑޭއަށް ވަނީ 28.35 އިންސައްތަ ވޯޓު ލިބިފައެވެ.

އެއާއެކު އޭއެފްސީ ކަޕުގެ ޑްރީމް ޓީމުގައި ދަގަނޑޭ ހިމެނުނުއިރު، ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން މި ޓީމުގައި ހިމެނުނު ހަމައެކަނި ކުޅުންތެރިއަކީވެސް ދަގަނޑޭއެވެ.

އޭއެފްސީ ކަޕުގެ ޑްރީމް ޓީމުގައި ދަގަނޑޭ ހިމެނުނުއިރު، މީގެ ކުރިން އޭއެފްސީން އެކުލަވާލި މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ވެސް ވަނީ ހިމެނިފައެވެ. އެކަމަކު އޮންލައިން ވޯޓު މަދުވުމާއެކު ޑްރީމް ޓީމުގައި އޭނާ ހިމެނިފައެއް ނުވެއެވެ.

އޭއެފްސީ ކަޕުގެ ޑްރީމް ޓީމުގެ ޖާގައެއް ދަގަނޑޭއަށް ލިބުނުއިރު، އޭނާ އެންމެ ފުރަތަމަ އޭއެފްސީ ކަޕުގައި ކުޅެފައިވަނީ އުމުރުން އެންމެ 18 އަހަރުގައި، 2004 ވަނަ އަހަރެވެ. އަދި އޭގެ ފަހުން މިހާތަނަށް އޭއެފްސީ ކަޕުގެ 10 މުބާރާތެއްގައި ދަގަނޑޭ ކުޅެފައިވާއިރު، މި ކޮންމެ މުބާރާތެއްގައިވެސް އޭނާ ވަނީ ލަނޑު ޖަހާފައެވެ. އެގޮތުން މިހާތަނަށް އޭއެފްސީ ކަޕުގައި ދަގަނޑޭ 29 ލަނޑު ޖަހާފައިވާއިރު، ދައޭނާއަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތްވަނައިގައި އޮތް ކުޅުންތެރިޔާއެވެ.

މީގެ އިތުރުން 2005 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އޭއެފްސީ ކަޕުގެ ސެމީ ފައިނަލުގައި ކުޅުނުއިރު، އެ ޓީމުގައި ދަގަނޑޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ނިއު ރޭޑިއަންޓުގެ އިތުރުން ކުލަބު ވެލެންސިއާ އާއި، ވީބީ އައްޑޫ އެފްސީ އަދި ޓީސީ ސްޕޯޓްސް ކުލަބާއެކުވެސް ދަގަނޑޭ ވަނީ އޭއެފްސީ ކަޕުގައި ވާދަކޮށްފައެވެ.

އޭއެފްސީ ކަޕުގެ ޑްރީމް ޓީމުގައި ދަގަނޑޭ ހިމެނުނުއިރު، ދާދި ފަހުން އޭނާ ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ފާހަގަކޮށްލެވޭ ލަނޑުތަކުގެ މެދުގައި ކުރިއަށްގެންދިޔަ އޭއެފްސީ ބްރެކެޓް ޗެލެންޖުވެސް ކާމިޔާބުކޮށްފައެވެ. އަދި އާންމުން ވޯޓު ދީގެން ހޮވި އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ލަނޑަކަށްވެސް ދަގަނޑޭގެ ލަނޑު ވަނީ ހޮވިފައެވެ. އެ ލަނޑަކީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓުން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 ގެ ނަތީޖާއަކުން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހައިދިން ރީތި ހިތްގައިމު ސޯލޯ ލަނޑެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު