Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުރައިދޫގެ

މުރައިދޫ ގޭގެ އިސް މަޤާމެއް ދަގަނޑޭ އަށް

ދަގަނޑޭ ހަމަޖައްސާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ޢަބްދުﷲ (އަދުރޭ) ދިރިއުޅުއްވަމުން އަންނަ މުރައިދޫ ގޭގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށެވެ.

ދަގަނޑޭ ހަމަޖައްސާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ޢަބްދުﷲ (އަދުރޭ) ދިރިއުޅުއްވަމުން އަންނަ މުރައިދޫ ގޭގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2024 | އަންގާރަ 06:35
މުރައިދޫ ގޭގެ ޑިރެކްޓަރ ޖެނަރަލް އަކަށް ހަމަޖެއްސި އަލީ އަޝްފާޤު (ދަގަނޑޭ)

މުރައިދޫ ގޭގެ ޑިރެކްޓަރ ޖެނަރަލް އަކަށް ހަމަޖެއްސި އަލީ އަޝްފާޤު (ދަގަނޑޭ)

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫ ގޭގެ އިސް މަޤާމަށް އަލީ އަޝްފާޤު (ދަގަނޑޭ) ހަމަޖައްސައިފި އެވެ.

އަޝްފާޤަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އެވެ. ޤައުމީ ޓީމުގައި ވެސް އަދި އެކި އެކު ކުލަބުތަކުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ އަޝްފާޤު ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާ ނުލަ އެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ދަގަނޑޭ ހަމަޖައްސާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ޢަބްދުﷲ (އަދުރޭ) ދިރިއުޅުއްވަމުން އަންނަ މުރައިދޫ ގޭގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށެވެ.

Advertisement - newsAdvertisement

މިދިޔަ ޖުލައި މަހުން ފެށިގެން ރަސްމީކޮށް ދަގަނޑޭ ވަޒީފާ އަށް ނިކުންނަމުން އަންނައިރު، އޭނާގެ މައިގަނޑު މަސައްކަތަކަށް އޮންނަނީ މަޖިލީހުގެ ރައީސް ޕްރޮޓޮކޯލްގެ ކަންކަން ބެލެހެއްޓުމާއި، އިދާރީ ގޮތުން ބަލަހައްޓަން ޖެހޭ ކަންކަން ބެލެހެއްޓުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މުރައިދޫ ގެ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ދިރިއުޅުއްވުމަށް ޚާއްސަކޮށްފައިވާ ދެކޮޅެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ރަސްމީކޮށް މުރައިދޫ ގެ ބޭނުން ކުރަން ފެއްޓެވީ 2021 ވަނަ އަހަރު އެވެ. އެއީ އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ސަބަބުން، އެމަނިކުފާނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރެއްވުމުގެ ގޮތުންނެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވި މުޙައްމަދު އަސްލަމް އެ ގެކޮޅު ބޭނުމެއް ނުކުރައްވަ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަދުރޭ ވަޑައިގެންނެވުމަށްފަހު، ރަސްމީކޮށް މުރައިދޫ ގެއަށް ބަދަލުވެ ވަޑައިގަތުމުގެ ކުރިން އެ ގެކޮޅު ވަނީ މަރާމާތު ވެސް ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު