Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލީ އަޝްފާޤު (ދަގަނޑޭ)

ދަގަނޑޭގެ ވަޒީފާ ޚަބަރާ އެކު އާޒިމާ ފާހަގަ ކުރެއްވީ މުހިންމު ނުކުތާތަކެއް!

މިހާރު އަޝްފާޤަށް ދީފައިވާ ވަޒީފާގެ މަޤާމަކީ، ދިވެހި ޤައުމުގައި އަޝްފާޤަށް އެންމެ އެކަށޭނަ މަޤާމަށްވުރެ ދަށް މަޤާމެއް ކަމަށް ދެކިލައްވާ ކަމަށް ވެސް އާޒިމާ ވަނީ ވިދާޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ސެޕްޓެމްބަރު 2024 | އަންގާރަ 22:17
ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު

ރާއްޖޭގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ) އަށް ދިން ވަޒީފާއާ ގުޅޭ ގޮތުން، ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ޢައިޝަތު އާޒިމާ ޝަކޫރު މުހިންމު ނުކުތާތަކެއް ފާހަގަ ކުރައްވައިފި އެވެ.

ޤައުމީ ފެންވަރުގައި އަދި ކުލަބު ފެންވަރުގައި ވެސް މޮޅު ކުޅުމެއް ދައްކައި، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދަގަނޑޭ ހަމަޖައްސާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ޢަބްދުﷲ (އަދުރޭ) ދިރިއުޅުއްވަމުން އަންނަ މުރައިދޫ ގޭގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށެވެ. މިދިޔަ ޖުލައި މަހުން ފެށިގެން ރަސްމީކޮށް ދަގަނޑޭ ވަޒީފާ އަށް ނިކުންނަމުން އަންނައިރު، އޭނާގެ މައިގަނޑު މަސައްކަތަކަށް އޮންނަނީ މަޖިލީހުގެ ރައީސް ޕްރޮޓޮކޯލްގެ ކަންކަން ބެލެހެއްޓުމާއި، އިދާރީ ގޮތުން ބަލަހައްޓަން ޖެހޭ ކަންކަން ބެލެހެއްޓުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އެ ޚަބަރު ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަަމަަށްވާ ފޭސްބުކްގައި ހިއްސާ ކުރެއްވުމަށްފަހު އާޒިމާ ވިދާޅުވީ، އަޝްފާޤަކީ ޤައުމަށް ބޮޑެތި ޝަރަފުތަކެއް ހޯއްދަވައި ދެއްވައި، މުޅި ޤައުމުގެ އެންމެންގެ ލޯތްބާއި އިޙުތިރާމް ލިބިގެންވާ ޝަޚުޞިއްޔަތެއް ކަމަށެވެ. އާޒިމާ ވިދާޅުވީ އެފަދަ ބޭފުޅުންނަށް ސިޔާސީ މަޤާމުތަކަށް ދާން މަޖުބޫރު ނުވާނެ ގޮތަކަށް ކަންކަން ހަމަޖެހިފައި ހުންނަން ޖެހޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި މިހާރު އަޝްފާޤަށް ދީފައިވާ ވަޒީފާގެ މަޤާމަކީ، ދިވެހި ޤައުމުގައި އަޝްފާޤަށް އެންމެ އެކަށޭނަ މަޤާމަށްވުރެ ދަށް މަޤާމެއް ކަމަށް ދެކިލައްވާ ކަމަށް ވެސް އާޒިމާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އާޒިމާ ވިދާޅުވީ އަޝްފާޤަށް ވަޒީފާ ނުވަތަ މަޤާމެއް ދިނުން އެއީ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ވެސް ދެކޭ ކަމަށެވެ. އެހެނީ އަޝްފާޤަކީ ދިވެޖި ޤައުމީ ދިދަ އޭގެ އެންމެ ޝަރަފުވެރި މަޤާމަށް ގެންގޮސްދީފައިވާ ކައްޕިތާނު ކަމަށް ވެސް އާޒިމާ ފާހަގަ ކުރެއްވި އެވެ. އެކަން ފާހަގަ ކުރައްވައި އާޒިމާ އަޝްފާޤު ސިފަ ކުރެއްވީ ދިވެހި ޤައުމުގެ "އައިކަން"ގެ ގޮތުގަ އެވެ. އެހެންކަމުން އަޝްފާޤަށް ދެވޭ ވަޒީފާ އަކީ އަޝްފާޤަށް ޤައުމުގައި ލިބިފައިވާ ޚާއްސަ ކަމާއި، އަޝްފާޤުގެ ދާއިރާ އާއި، އަޝްފާޤުގެ ޝަރަފާއި އެއް ފެންވަރުގެ ވަޒީފާ އަކަށް ވާން ޖެހޭނެ ކަމުގައި ދެކިލައްވާ ކަމަށް ވެސް އާޒިމާ ވިދާޅުވެފައިވެ އެވެ.

ޕޯސްޓު ނިންމަވާލައްވަމުން އާޒިމާ ވިދާލުވީ އެއީ އެހެން އެއްވެސް ބޭފުޅަކަށް ލިބިވަޑައިގެންނެވި ވަޒީފާ އަކާ ބެހޭ ޕޯސްޓެއް ނޫން ކަމަށެވެ. އަދި އެ ޕޯސްޓަކީ އަޝްފާޤު ދިވެހި ޤައުމަށް ކޮށްދީފައިވާ ޚިދުމަތާއި، އަޝްފާޤަށް ޝުކުރު އަދާ ކުރުމާ ގުޅޭ ޕޯސްޓެއް ކަމަށެވެ.

މުރައިދޫ ގެ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ދިރިއުޅުއްވުމަށް ޚާއްސަކޮށްފައިވާ ދެކޮޅެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ރަސްމީކޮށް މުރައިދޫ ގެ ބޭނުން ކުރަން ފެއްޓެވީ 2021 ވަނަ އަހަރު އެވެ. އެއީ އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ސަބަބުން، އެމަނިކުފާނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރެއްވުމުގެ ގޮތުންނެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވި މުޙައްމަދު އަސްލަމް އެ ގެކޮޅު ބޭނުމެއް ނުކުރައްވަ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަދުރޭ ވަޑައިގެންނެވުމަށްފަހު، ރަސްމީކޮށް މުރައިދޫ ގެއަށް ބަދަލުވެ ވަޑައިގަތުމުގެ ކުރިން އެ ގެކޮޅު ވަނީ މަރާމާތު ވެސް ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު