Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕްރިންސް ފިލިޕް އަވަހާރަވުން

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

10 އެޕްރީލު 2021 | ހޮނިހިރު 01:06

ޕްރިންސް ހެރީ އެންމެ ފަހުން ކާފާފުޅާ އެކު އެކު ފެނިފައިވަނީ، 2019 ވަނަ އަހަރުގެ މާޗުމަހުގެ 8 ވަނަ ދުވަހު

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 10 އެޕްރީލު 2021 | ހޮނިހިރު 01:06
ޕްރިންސް ހެރީ އެންމެފަހުން ކާފާފުޅާއެކު ފެނިފައިވަނީ ދަރިކަލުން އާޗީއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން ހުންނަވަނިކޮށް

ޕްރިންސް ހެރީ އެންމެފަހުން ކާފާފުޅާއެކު ފެނިފައިވަނީ ދަރިކަލުން އާޗީއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން ހުންނަވަނިކޮށް

ކާފާފުޅު ޕްރިންސް ފިލިޕް، ދަ ޑިއުކް އޮފް އެޑިންބްރާގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި ޕްރިންސް ހެރީ އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމަށް ދަތުރުހައްދަވަމުން ގެންދަވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް، ދާދި ފަހުން ދެއްވި ބަސްދީގަތުމަށް ފަހު ޝާހީ އާއިލާގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައެވެ. މި ބަސްދީގަތުމުގައި ހެރީގެ ދެކަނބަލުން ވަނީ ޝާހީ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

ވީމާ މި ދަނޑިވަޅުގައި ޕްރިންސް ހެރީ އެނބުރި، އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމުގެ ނަތީޖާ އެންމެ ރަނގަޅު ނުވުމަކީ އެކަށީގެންވާކަމެކެވެ. ޕްރިންސް ހެރީ ވިންޑްސާ ގަނޑުވަރަށް ވަޑައިގަންނަވާނީ ފެށޭ ހަފުތާގެ ތެރޭގައެވެ. އެކަމަކު މި ދަތުރުފުޅުގައި އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް އަދި ލިބިފައެއް ނުވެއެވެ.

ހެރީގެ ދަތުރުފުޅުގައި އަނބިކަނބަލުން މޭގަން ބައިވެރިވެ ވަޑައިގެންނެވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެއީ އެކަމަނާ މިހާރު ދެވަނަ ދަރިފުޅަށް އާލާސްވެއިންނެވީމައެވެ.

ޝާހީ އާއިލާއަށް ކުރިމަތިވެފައިވާ މި ހިތާމައިގެ ދަނޑިވަޅުގައި، އާންމުކޮށް ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން އަޅާ ފިޔަވަޅުތައް ހެރީއާ މެދު އެމެރިކާއިން ނާޅާނެއެވެ. އަދި އާންމުކޮށް ބޭރުގެ އުދުހުންތަކުގައި، އެމެރިކާގައި އަމަލު ކުރަމުންދާ ކަރަންޓީނުގެ އުސޫލުތައް ހެރީގެ މައްޗަކަށް ނުހިނގާނެއެވެ.

ބެލެވޭ ގޮތުގައި ހެރީ ކޮވިޑް ޓެސްޓް ކުރެވޭނީ އެމެރިކާއިން ފުރާވަޑައިގެންނެވުމުގެ ކުރިންނާއި، އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމުންނެވެ.  އެހެންކަމުން، އާންމުކޮށް އިނގިރޭސި ވިލާތަށް އަންނަ މީހުންނާ އެއްގޮތަށް 10 ދުވަހު ކަރަންޓީނުގައި ހުންނަވާކަށް ނުޖެހޭނެއެވެ.

ޕްރިންސް ފިލިޕް ހުކުރު ދުވަހު އަވަހާރަވިއިރު، މޭގަންއާއި ހެރީ ޝާހީ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި ބަސްދީގަތުމަށް ފާއިތުވީ އެންމެ މަހެކެވެ. ޕްރިންސް ފިލިޕްގެ ސިއްހީ ހާލުކޮޅު ހުރިގޮތުން، އެ ބަސްދީގަތުން ޓީވީން ދެއްކުން ފަސްކޮށްދިނުމަށް އެދި ޝާހީ ގަނޑުވަރުން ކުރި ކޯލުތަކަށް ޕްރިންސް ހެރީ ޖަވާބުދެއްވާފައި ނުވާކަމަށް މީގެކުރިން އިނގިރޭސި ވިލާތުގެ ނޫހަކުން ބުނެފައިވެއެވެ.

ޕްރިންސް ހެރީ އެންމެ ފަހުން، ކާފާފުޅު ޕްރިންސް ފިލިޕްއާ އެކު ފެނިފައިވަނީ، 2019 ވަނަ އަހަރުގެ މާޗުމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހުގެ ފޮޓޯއިން އިތުރަށް ފެންނަނީ، ރާނީ އެލިޒެބަތާއި މޭގަންއާއި ދަރިކަލުން އާޗީ އަދި މޭގަންގެ މަންމައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2017

ޕްރިންސް މުތައިބު ދޫކޮށްލީ ސައުދީ ސަރުކާރާއެކު ވެވުނު އެއް ބިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން

29 ނޮވެމްބަރު 2017
ޕްރިންސް މުތައިބު ދޫކޮށްލީ ސައުދީ ސަރުކާރާއެކު ވެވުނު އެއް ބިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން
29 ނޮވެމްބަރު 2017

ސައުދީ ޕްރިންސް މިތެބް ބިން އަބްދުﷲ ބަންދުން ދޫކޮށްލައިފި

29 ނޮވެމްބަރު 2017
ސައުދީ ޕްރިންސް މިތެބް ބިން އަބްދުﷲ ބަންދުން ދޫކޮށްލައިފި
05 ނޮވެމްބަރު 2017

ސައުދީ ޕްރިންސް އަލްވަލީދު ހައްޔަރު ކުރިކަން ސައުދީން ކަށަވަރު ކޮށްދީފި

05 ނޮވެމްބަރު 2017
ސައުދީ ޕްރިންސް އަލްވަލީދު ހައްޔަރު ކުރިކަން ސައުދީން ކަށަވަރު ކޮށްދީފި
19 އޮކްޓޯބަރު 2017

ފަލަސްތީނުގެ ސަރުކާރުގައި ބައިވެރިވުމަށް ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭނެ: އެމެރިކާ

19 އޮކްޓޯބަރު 2017
ފަލަސްތީނުގެ ސަރުކާރުގައި ބައިވެރިވުމަށް ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭނެ: އެމެރިކާ
14 ޖުލައި 2017

ސައުދީ ޕްރިންސް އަބްދުއްރަހްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު އަވަހާރަވެއްޖެ

14 ޖުލައި 2017
ސައުދީ ޕްރިންސް އަބްދުއްރަހްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު އަވަހާރަވެއްޖެ
21 ޖޫން 2017

ޕްރިންސް ފިލިޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

21 ޖޫން 2017
ޕްރިންސް ފިލިޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި
11 ޖޫން 2017

ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅަށް ބަދަލެއްނާދޭ!

11 ޖޫން 2017
ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅަށް ބަދަލެއްނާދޭ!
24 މެއި 2017

އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް މަތީގައި!

24 މެއި 2017
އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް މަތީގައި!
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް