Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު ޕްރިންސް ހެރީ

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

11 ޖެނުއަރީ 2023 | ބުދަ 05:24

ބައެއް މީހުން ބުނި ގޮތުގައި ރަސްގެފާނު ޗާލްސްގެ ފިރިހެން ދަރިކަލުން ވަނީ، ޒާތީ އަދި ހައްސާސް ވަހާކަތައް އާންމު ކުރުމުގައި ހައްދު ފަހަނައަޅާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 11 ޖެނުއަރީ 2023 | ބުދަ 05:24
އިނގިރޭސި ރަސްގެފާނު ޗާލްސްގެ އެންމެ ހަގު ދަރިފުޅު ޕްރިންސް ހެރީ

އިނގިރޭސި ރަސްގެފާނު ޗާލްސްގެ އެންމެ ހަގު ދަރިފުޅު ޕްރިންސް ހެރީ

އިނގިރޭސި ރަސްގެފާނު ޗާލްސްގެ އެންމެ ހަގު ދަރިފުޅު ނުވަތަ އާންމުން ކިއާ އުޅޭ ގޮތުން ނަމަ ޕްރިންސް ހެރީއާއި އިނގިރޭސި ޝާހީ އާއިލާއާ ދެމެދު އުފެދިފައި ވާ ދެބަސްވުންތަކުގެ ވާހަކައަކީ، މިދިޔަ ދެތިން އަހަރަށް ބަލާއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް އެއް ވާހަކައެވެ. ހަޔާތުގެ ބައިވެރިޔާއާއެކު އަމިއްލަ ދިރިއުޅުމަކަށް ފެށި ކަމުގައި ވީ ނަމަވެސް، ހެރީގެ ފަރާތުން ޝާހީ އާއިލާއާ ބެހޭ ގޮތުން އާންމުން ކުރަމުންދާ ވާހަކަތައްވެސް މަދެއް ނޫނެވެ. އެފަދަ ވާހަކަތަކެއް އެންމެ ފަހުން އާންމު ކުރީ، އޭނާގެ ހަޔާތުގެ ނަމާއެއްގެ ގޮތުގައި ލިޔެފައި ވާ "ސްޕެއަރ" ނަމަކަށް ކިއާ ފޮތަކުންނެވެ.

"ސްޕެއަރ"ގައި ޕްރިންސް ހެރީ އާންމު ކުރި ވާހަކަތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ހުއްޓުނު ކަމުގައި ވީ ނަމަވެސް، އެކަމަކީ އިނގިރޭސިންނަށް ހަޖަމު ކުރަން މާ ފަސޭހަ ވާހަކަތަކަކަށް ނުވިއެވެ. ބައެއް މީހުން ބުނި ގޮތުގައި ރަސްގެފާނު ޗާލްސްގެ ފިރިހެން ދަރިކަލުން ވަނީ، ޒާތީ އަދި ހައްސާސް ވަހާކަތައް އާންމު ކުރުމުގައި ހައްދު ފަހަނައަޅާފައެވެ.

ޕްރިންސް ހެރީ ހިއްސާކޮށްފައި ވާ ބައެއް ވާހަކަތަކަށް ބަލާއިރު، އިނގިރޭސިވިލާތުގެ އަދުގެ ކުއީން ކޮންސޯޓް ކެމީލާއާ ކައިވެނިބައްލަވައި ނުގަތުމަށް، ބައްޕާފުޅު ޗާލްސް ގާތުގައި ޕްރިންސް ވިލިއަމްއާ ދެބޭން ރޮއި އާދޭސް ކުރި ވާހަކައާއި، ފުރާވަރުގެ ދުވަސްވަރު، ކޮކެއިންގެ ޝިކާރައަކަށް އޭނާ ވެގެން ދިޔަ ގޮތުގެ ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ.

ނުހަނު ޅަ އިރު، މަންމާފުޅު، ޕްރިންސަސް ޑަޔާނާ އަވާހަރަވުމުން ދެން އުފުލަން ޖެހުނު ތަކުލީފުތަކުގެ ވާހަކައާއި، އިނގިރޭސި އަސްކަރިއްޔާގައި ޚިދުމަތް ކުރި ދުވަސްވަރުގެ ވާހަކަތައްވެސް ހެރީ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އަފްޣާނިސްތާނުގެ ހަނގުރާމާގައި އޭނާ ހަރަކާތްތެރިވި ދުވަސްވަރު، ޠާލިބާނު ހަނގުރާމަވެރިންގެ 25 މީހަކު މަރާލާފައި ވާނެ ކަމަށްވެސް "ސްޕެއަރ" ގައި ހެރީ ވަނީ ކިޔައިދީފައެވެ.

މި ވާހަކަތަކުގެ އިތުރުން، ހެރީގެ މިހާރުގެ އަނބިމީހާ، މޭގަންގެ ކަމާ ގުޅިގެން ހިނގި ދެބަސްވުމެއްގައި، އިނގިރޭސިވިލާތުގެ އަދުގެ ވަލީއަހުދު ވިލިއަމް، ހެރީ ކޮއްޕާލާ، ބިންމައްޗަށް ވައްޓާލި ވާހަކަ ފަދަ، ޒާތީ ވާހަކަތައްވެސް ހެރީ ވަނީ "ސްޕެއަރ"ގައި ހިއްސާ ކޮށްފައެވެ.

ގިނަ ބަޔަކު ދަނީ މިފަދަ ވާހަކަތަކެއް ހިއްސާ ކުރި ކުރުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެފަދަ އެކަކީ ވިޔަފާރިވެރިޔާ ރޮބިން ޕާކަރއެވެ.

"ސްޕެއަރ"ގެ ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތް ތާރީޚަކީ ޖެނުއަރީ 10 ވަނަ ދުވަސް ކަމުގައި ވީ ނަމަވެސް، ސްޕެއިން ބަހުގެ ތަރުޖަމާ ފޮތް، ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ވަނީ އާންމު ކޮށްފައެވެ. ކަން މިހެން އޮތް އިރު، އައިޓީވީއިން ދަނީ، ރަސްކަމުގެ ތަޚުތަށް ޗާލްސް ރަސްމީކޮށް އިސްކުރެވުނު އިހުތިފާލުގައި ހެރީ ބައިވެރި ނުވި ނުވުން ދިފާޢުކޮށް، އޭނާ ދެއްކި ވާހަކަތަކެއް ހިމެނޭ އިންޓަރވިއުއެއްގެ ބައިތަކެއް ދުރަށް ފޮނުވަމުންނެވެ.

އުމުރުން 61 އަހަރުގެ އިންޖިނޭރެއް ކަމަށް ވާ ޖޫލިއަން ބޭކަރ ބުނި ގޮތުގައި އެފަދަ ވާހަކަތަކެއް ހާމަ ކުރީތީ ހިތާމަ ހުއްޓެވެ. ނަމަވެސް އެ ވާހަކަތަކުގެ ސަބަބުން، ޝާހީ އާއިލާއަށް، ދާއިމީ ގެއްލުމެއް ލިބުން ނާދިރު ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

ހެރީގެ ޝާހީ މަޤާމުތަކާ ލަޤަބުތައް ދޫކޮށްލުމަށްފަހު ހެރީގެ ދެމަފިރިންވެސް ފާހަގަ ކުރެވެނީ ޝާހީ އާއިލާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުން ދާ ދެމަފިރިންގެ ގޮތުގައެވެ. ނަސްލީ ތަފާތު ކުރުން ކަހަލަ ބޮޑެތި އިލްޒާމްތަކެއްވެސް ޝާހީ އާއިލާއަށް އަމާޒު ކޮށްފައިވެއެވެ.

ޕްރިންސް ހެރީއިނގިރޭސިވިލާތް

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
05 ޖުލައި 2024

ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

05 ޖުލައި 2024
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
05 ޖުލައި 2024

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

05 ޖުލައި 2024
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް
05 ޖުލައި 2024

އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

05 ޖުލައި 2024
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި
10 މެއި 2024

އިޒްރޭލާ ދެކޮޅަށް ވާހަކަ ދެއްކުމުން ދަރިވަރެއްގެ ވިސާ އިނގިރޭސި ވިލާތުން ކެންސަލްކޮށްފި

10 މެއި 2024
އިޒްރޭލާ ދެކޮޅަށް ވާހަކަ ދެއްކުމުން ދަރިވަރެއްގެ ވިސާ އިނގިރޭސި ވިލާތުން ކެންސަލްކޮށްފި
18 މާރިޗު 2024

ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ

18 މާރިޗު 2024
ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ
30 އޯގަސްޓު 2023

ޔޫކޭގައި އެއާ ޓްރެފިކް މައްސަލަތައް ދިމާވީ ސައިބަރ އެޓޭކަކުން ނޫން – އިނގިރޭސި ސަރުކާރު

30 އޯގަސްޓު 2023
ޔޫކޭގައި އެއާ ޓްރެފިކް މައްސަލަތައް ދިމާވީ ސައިބަރ އެޓޭކަކުން ނޫން – އިނގިރޭސި ސަރުކާރު
29 ޖޫން 2023

ރާއްޖޭގައި އަދިވެސް ޓެރަރިޒަމްގެ ނުރައްކާ އޮތްކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ލަފާކޮށްފި

29 ޖޫން 2023
ރާއްޖޭގައި އަދިވެސް ޓެރަރިޒަމްގެ ނުރައްކާ އޮތްކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ލަފާކޮށްފި
11 މެއި 2023

ޔޫކްރޭނަށް ދުރު ރާސްތާ ކްރޫޒް މިސައިލް ފޯރުކޮށްދޭ ފުރަތަމަ ގައުމަކަށް އިނގިރޭސިވިލާތް

11 މެއި 2023
ޔޫކްރޭނަށް ދުރު ރާސްތާ ކްރޫޒް މިސައިލް ފޯރުކޮށްދޭ ފުރަތަމަ ގައުމަކަށް އިނގިރޭސިވިލާތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް