Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕްރިންސް ހެރީއާއި މޭގަންގެ ދަރިކަނބަލުން

ހެރީއާާއި މޭގަންގެ ދަރިކަނބަލުންގެ ނަންފުޅު ޚާއްސަކުރައްވާފައި ވަނީ މަންމާފުޅަށާއި މާމާފުޅު ރާނީއަށް

ލިލިބެޓްއަކީ ރާނީގެ 11 ވަނަ މުނި މާމަ ދަރިކަނބަލުން

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 7 ޖޫން 2021 | ހޯމަ 13:07
ޕްރިންސް ހެރީއާއި މޭގަން މާކަލް

ޕްރިންސް ހެރީއާއި މޭގަން މާކަލް

ޕްރިންސް ހެރީ އާއި މޭގަން މާކަލް ދަރިކަނބަލަކަށް މަރުހަބާ ވިދާޅުފައިވާއިރު މި ދަރިކަނބަލުންގެ ނަންފުޅަކީވެސް ޚާއްސަ ނަންފުޅެކެވެ.

4 ޖޫންގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި، ލިލިބެޓް "ލިލީ" ޑަޔާނާއާއި މޭގަންގެ ހާލުކޮޅު ރަނގަޅުކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވާފައި ވެއެވެ.

ޝާހީ އާއިލާއިން ވަކިވެ ވަޑައިގެން އަމިއްލަ ދިރިއުޅުއްވުމެއް ފައްޓަވާފައިވާ ހެރީއާއި މޭގަންގެ ދަރިކަނބަލުންގެ ނަންފުޅު ޚާއްސަ ކުރައްވާފައިވަނީ ހެރީގެ މަންމާފުޅު، ޕްރިންސަސް ޑަޔާނާއާއި މާމާފުޅު އިނގިރޭސި ރާނީ އަށެވެ.

އެ ގޮތުން ދަރިކަނބަލުންގެ ދެވަނަ ނަންފުޅަކަށް ޑަޔާނާ ކިއުއްވާފައިވާއިރު، ފުރަތަމަ ނަން "ލިލިބެޓް" އަކީ ރާނީއަށް އާއިލާގެ ބޭފުޅުން ބޭނުންފުޅު ކުރައްވާ ނަންފުޅެއް ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އަދި ރާނީގެ އަވަހާރަވެފައިވާ ފިރިކަލުން ޕްރިންސް ފިލިޕްވެސް އެކަމަނާއާ މުޚާތަބު ކުރެއްވީ މި ނަންފުޅުންކަން އިނގެއެވެ. އަދި އެކަމަނާ ތުއްޕުޅުއިރު، "އެލިޒަބަތު" ކިޔުއްވަން އުނދަގޫފުޅުވެ އަމިއްލަފުޅަށް ލިލިބެޓް ކިޔުއްވި ކަމަށް ވެސް ވެއެވެ.

ލިލިބެޓްއަކީ ރާނީއަށް މުނިމާމަ ވިދާޅުވާ 11 ވަނަ ބޭފުޅާއެވެ. ވެރިކަމަށް ވަޑައިގަންނަވަން ތިއްބެވި ބޭފުޅުންގެ ތެރެއިން މިކަމަނާ ވަނީ 8 ވަނައިގައެވެ.

ހެރީ އާއި މޭގަންއަށް ދަރިކަނބަލަކު ލިބިވަޑައިގަތުމާއެކު އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން ވަނީ މަރުހަބާ ވިދާޅުވެފައެވެ. އޭގެތެރޭގައި، ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްއާއި ދޮންމަންމާފުޅު ޑަޗަސް އޮފް ކޯންވޯލް، އަދި ބޭބޭފުޅު ޕްރިންސް ވިލިއަމްއާއި އަނބިކަނބަލުން ޑަޗަސް އޮފް ކެމްބްރިޖް ހިމެނިވަޑައިގަންނަވައެވެ.

އަދި މި ޚަބަރު ލިބިވަޑައިގެންނެވުމާއެކު ރާނީ ހުންނެވީ ވަރަށް އުފާފުޅުން ކަމަށް އިނގިރޭސިވިލާތުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޕްރިންސް ހެރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

11 ޖެނުއަރީ 2023
ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މަރކްލް، ކްއީން އެލިޒަބަތުއާއި ބައްދަލުކުރައްވައިފި

ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މަރކްލް، ކްއީން އެލިޒަބަތުއާއި ބައްދަލުކުރައްވައިފި

15 އެޕްރީލު 2022
އާރުލާ ލޯތްބެއް ބޭނުމިއްޔާ ތިބާއަށްވުރެ ދުވަސްވީ އަންހެނަކު ހޯދާ!

އާރުލާ ލޯތްބެއް ބޭނުމިއްޔާ ތިބާއަށްވުރެ ދުވަސްވީ އަންހެނަކު ހޯދާ!

10 މެއި 2021
ޕްރިންސް ހެރީ މެންޓަލް ހެލްތް ފާރމްއެއްގެ ވަޒީފާއަކަށް!

ޕްރިންސް ހެރީ މެންޓަލް ހެލްތް ފާރމްއެއްގެ ވަޒީފާއަކަށް!

24 މާރިޗު 2021
ހެރީ އާއި މޭގަންގެ ކުންޕުންޏެއް ނެޓްފްލިކްސްއަށް

ހެރީ އާއި މޭގަންގެ ކުންޕުންޏެއް ނެޓްފްލިކްސްއަށް

04 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު