Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޕަރޭޝަން ބްލޫ ރޭ

އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ "އޮޕަރޭޝަން ބްލޫ ރޭ"ގެ ބްރީފިން ބާއްވައިފި

9 އެޕްރީލު 2021 | ހުކުރު 18:16

ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 9 އެޕްރީލު 2021 | ހުކުރު 18:16
"އޮޕަރޭޝަން ބްލޫ ރޭ"ގެ ބްރީފިންގެ ތެރެއިން

"އޮޕަރޭޝަން ބްލޫ ރޭ"ގެ ބްރީފިންގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަަށް ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން  ބްލޫ ރޭ " ގެ ސެކިއުރިޓީ ބްރީފިން ބާއްވައިފިއެވެ.

އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ފެށުމުގެ ގޮތުން އިސްކަންދަރު ކޮށީގައި ބްރީފިން ދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޙަމީދެވެ. އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންނާ މުޚާތަބު ކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، އިންތިޚާބާ ގުޅިގެން ފުލުހުންނާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރަމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ސަލާމަތީގޮތުން ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދީ، އިންތިޚާބުގެ ފަހުން ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި އަމަންއާންމަށް ހުރަސްއެޅޭފަދަ އެއްވެސް ނުރައްކަލަކަށް ފުރުސަތު ނުދީ، ދިމާވެދާނެ ހަމަނުޖެހުމެއް ރޭވުންތެރިކަމާއެކު އާންމު ހާލަތަށް ބަދަލުކުރުންކަން ފާހަގަކުރެއްވިއެވެ. މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންވެސް މި މިޝަނަށް މަސައްކަތްކުރެއްވުމަށް އިރުޝާދު ދެއްވިއެވެ.

Advertisement - newsAdvertisement

ހަމައެއާއެކު މި އިންތިޚާބަކީ ފުލުހުންގެ އައު ގާނޫނަށް އަމަލު ކުރަންފެށި ފަހުން ބާއްވާ ގައުމީ ފެންވަރުގެ ބޮޑު ހަރަކާތެއްކަން ފާހަގަކުރައްވައި، މިއީ ފުލުހުންގެ ދައުރު އަދާކޮށް، ޕްރޮފެޝަނަލްކަމާއި މުއައްސަސާގެ އިންޓެގްރިޓީ އާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން މަސައްކަތްކުރާ ރަގަޅު ގޮތުގެ ސަބަބުން މުއައްސަސާގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއްކަމަށް ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރުމުގައި ހަރުދަނާކަމާއެކީ ގާނޫނާއި ގަވާއިދުތައް އެނގިތިބެ، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

އޮޕަރޭޝަން ބްލޫ ރޭގެ ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު މި ބްރީފިންގައި ދެއްކެވި ވާހަކަފުޅުގައި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވެ މަސައްކަތްތައް ދުރާލައި ރޭވިގެން ކުރިއަށް ގެންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މާލެއާއި އަތޮޅު ތެރޭގައާއި ރާއްޖެއިން ބޭރު އަދި ވޯޓު ފޮށި ބެހެއްޓޭ އެންމެހާ ތަންތަނަށް ވޯޓު ފޮށިތައް ރައްކާތެރިކަމާއެކު ގެންދެވި، ވޯޓު ފޮށިތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު އިންތިޚާބާ ގުޅިގެން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރި ވަމުންދާނެކަމަށާއި އޮޕަރޭޝަނުގެ އެންމެހާ ކަންކަން ނިމި، އޮޕަރޭޝަން އަމާން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވެނިމިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން އިންތިޚާބުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަށާއި ފުލުހުންނަށް ބްރީފިން އެންމެ ފުރިހަމަ ގޮތުގައި ދީފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
12 ފެބުރުއަރީ 2017

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ

12 ފެބުރުއަރީ 2017
އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ
12 ފެބުރުއަރީ 2017

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ

12 ފެބުރުއަރީ 2017
އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ
12 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން ފަސްކޮށްފި

12 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން ފަސްކޮށްފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް