Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގެމަނަފުށީ އޮޑިޓް

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލުން 2015 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކުރުމަށްޓަކައި ހުށަހަޅާފައެއް ނުވޭ

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2017 | ހޯމަ 12:04
ގަމަނަފުށީ ކައުންސިލް - މާލީ ބަޔާންތައް ހުށަހަޅާފައެއް ނުވޭ

ގަމަނަފުށީ ކައުންސިލް - މާލީ ބަޔާންތައް ހުށަހަޅާފައެއް ނުވޭ

ގއ. ގެމަނަފުށީ ކައުންސިލް އިދާރާއިން 2015 ވަނަ އަހަރުގެ މާލީ ބަޔާންތައް އޮޓިޑް ކުރުމަށްޓަކައި ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ އޮޑިޓް އޮފީހަށް ހުށަނޭޅުމުގެ ސަބަބުން، އެ އިދާރާގެ ފައިސާގެ ކަންކަން ހިނގާފައިވާ ގޮތް އޮޑިޓް ކުރެވޭ ގޮތް ނުވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މާލީ ބަޔާންތައް އެ އިދާރާއިން ހުށަހަޅާފައި ނުވުމާއެކު އެ މާލީ ބަޔާންތައް އޮޑިޓް ކުރުމުގެ ބަދަލުގައި ހަދާފައިވަނީ ކޮމްޕްލަޔަންސް އޮޑިޓެއް ކަމުގައެވެ.

Advertisement - newsAdvertisement

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބުނާ ގޮތުން ގެމަނަފުށީ ކައުންސިލް އިދާރާއިން މާލީ ބަޔާން އެކުލަވާލާ އޮޑިޓް ކުރުމަށް ހުށަހެޅުމަކީ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތެއް ކަމުގައެވެ. އޮޑިޓް އޮފީހުގެ ރިޕޯޓްގައި ބުނެފައިވަނީ މިކަން މިހެން އޮތް ނަމަވެސް ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި، އިދާރާގައި ހިނގި ކަންތައްތަކުގެ ރިޕޯޓް ހިމަނައިގެން، އަހަރީ ރިޕޯޓެއް ތައްޔާރުކޮށް ގާނޫނުގައި ބުނާ މުއްދަތުގައި އޮޑިޓް ކުރުމަށްޓަކައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކައުންސިލް އިދާރާއަށް ލިބޭ ދައުލަތުގެ އާމްދަނީ ފައިސާ ދައުލަތުގެ ކޮންސޮލިޑޭޓެޑް އެކައުންޓަށް ޖަމާ ކުރުމަށް ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލްގެ އިދާރާއިން ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާގެ ތެރެއިން ތިރީސް ފަސްހާސް ފަނަރަ ރުފިޔާ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވއިދާއި އެއްގޮތްވާ ގޮތުގެ މަތިން އެ މުއައްސަސާތަކުގެ އާމްދަނީގެ ގޮތުގައި ޖަމާ ނުކޮށް ބަހައްޓާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ލާމަރުކަޒީ ގާނޫގެ 124 ވަނަ މާއްދާގައި، ކައުންސިލަށް ހޮވޭ ކޮންމެ މެމްބަރަކު އިންތިޚާބު ވުމާއެކު އެ މެމްބަރެއްގެ ފައިސާއާއި ވިޔަފާރީގެ މައުލޫމާތު އަދި އާމްދަނީ އާއި އާމްދަނީ ލިބޭ ގޮތްތަކާއި ވިޔަފާރިއާ ގުޅުންތަކާ ބެހޭ މައުލޫމާތު ލިޔުމަކުން ކައުންސިލްގެ އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް ކައުންސިލްގެ އެއްވެސް މެމްބަރަކު އެ މައުލޫމާތު ލިޔުމުން ހުށަހަޅާފައި ނުވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު