Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓްރީ އޮފް އެޑިޔުކޭޝަން

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ

އަތޮޅުތެރޭގެ 57 ސެންޓަރަކުން ޖުމްލަ 80 ފަރާތަކުން ވަނީ ބައިވެރިވެފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 ފެބުރުއަރީ 2017 | އާދީއްތަ 20:20
އިންވިޖިލޭޓަރުން ތަމްރީނުކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އިންވިޖިލޭޓަރުން ތަމްރީނުކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އިމްތިހާނު ހޯލްތައް ބަލަހައްޓާ އިންވިޖިލޭޓަރުން ތަމްރީނުކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

ފެބްރުއަރީ 12 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަން (ޑީޕީއީ) އިން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމަކީ އިމްތިހާނުތައް ބަލަހައްޓާ އިންވިޖިލޭޓަރުން ކޮންމެ އަހަރަކުވެސް ތަމްރީނުކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން ބައްދަލުވުމެކެވެ.

މީގެ ކުރިން މި މަސައްކަތު ބައްދަލުވުން ބޭއްވީ އޯލެވެލް އާއި އޭލެވެލް އަށް ވަކިން މުޅިން ތަފާތު ދެ މަސައްކަތު ބައްދަލުވުމެއްގެ ގޮތުގަ އެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން މި މަސައްކަތު ބައްދަލުވުން ބާއްވަނީ ޑީޕީއިން ބާއްވާ ހުރިހާ އިމްތިހާނުތަކެއް އިންވިޖިލޭޓް ކުރެވޭގޮތަށް އެއް މަސައްކަތު ބައްދަލުވުމެއްގެ ގޮތުގައި ކަމަށް ވަނީ ހަމަޖައްސާފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި މާލެ އާއި އަތޮޅުތެރޭގެ 57 ސެންޓަރަކުން ޖުމްލަ 80 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ދެވޭ ބައިތަކުގެ ތެރޭގައި އިމްތިހާނުގެ އޮފިޝަލުންނާއި އެމީހުންގެ ޒިންމާއާއި މަސްއޫލިއްޔަތާއި، އިމްތިހާނު ކަރުދާހުގެ ރައްކާތެރިކަމާއި، އިމްތިހާނާއި ގުޅިގެން ކުރާ އިދާރީ މަސައްކަތާއި ކޯޑިނޭޓިންގ އިންވިޖިލޭޓަރ އާއި ޗީފް އިންވިޖިލޭޓަރ ގެ މަސްއޫލިއްޔަތާއި ޒިންމާއާއި އިމްތިހާނުގެ ކުރި އާއި އިމްތިހާނު ހިނގަމުންދާއިރު އަދި އިމްތިހާނު ނިމުމުން ކަންތައް ކުރަންވީ ގޮތް ހިމެނެއެވެ.

މި މަސައްކަތު ބައްލުވުމުގެ މަޤްސަދަކީ އިމްތިހާނު ހޯލު ބަލަހައްޓާ ފަރާތްތަކަށް އިމްތިހާނުގެ އިދާރީ އެންމެހާ މަސައްކަތްތައް އަންގައިދީ، އިމްތިހާނުތައް ހިންގުމުގެ އާންމު އުސޫލުތައް އަންގައިދީ، އިމްތިހާނު ސެންޓަރުގެ ރައްކައުތެރިކަން އަންގައިދީ، އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އޮޅުންފިލުވައިދީ އަދި އިމްތިހާނު ހިންގާނެ ގޮތާއި އިމްތިހާނު ހޯލެއްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތް އޮޅުން ފިލުވައިދިނުން ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު