Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ދެކުނު ކޮރެއާގެ ހާލަތު

ދެކުނު ކޮރެއާގައި އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އިތުރުވެ ފިޔަވަޅުތައް ވަރުގަދަކުރަނީ

ދެކުނު ކޮރެއާއަށް ކޮވިޑްގެ ހަތަރު ވަނަ ރާޅެއް އަރާފާނެކަމަށް ވަނީ ބެލެވިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 އެޕްރީލު 2021 | ބުރާސްފަތި 06:36
ދެކުނު ކޮރެއާގައި މަގެއްގެ މަތީގައި މީހުން މާސްކު އަޅައިގެން

ދެކުނު ކޮރެއާގައި މަގެއްގެ މަތީގައި މީހުން މާސްކު އަޅައިގެން

ދެކުނު ކޮރެއާގައި ފާއިތުވި 24 ގަޑިއިރު 700ށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަނެއްކާވެސް ފިޔަވަޅުތައް އަޅަންޖެހިދާނެކަމަށް އެގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އަލަށް ވައިރަސް ޖެހިގެން ރިކޯޑް ކުރި މިއަދަދަކީ ޖެނުއަރީ މަހުގެ ފަހުން އެގައުމުގައި އެއް ދުވަހާ މިހާ ބޮޑަށް ކޭސްތައް އިތުރުވި ފުރަތަމަ ފަހަރެވެ. މިދިޔަ ހަފްތާގައި އެގައުމުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 477 މީހުންނަށެވެ. ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފެށުމާއެކު އެގައުމަށް ކޮވިޑްގެ ހަތަރުވަނަ ރާޅެއް ކުރިމަތިވުމުގެ ބިރުވެރިކަން ވަނީ ކުރިމަތިވެފައެވެ.

ކޭސްތައް އިތުރުވަމުންދާތީ އެކަމާއި ގުޅޭގޮތުން އެގައުމުގެ ބޮޑުވަޒީރު ވަނީ ސަރުކާރުގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވެކްސިން ޖެހުމުގެ ކަންކަމަށް އެކަމުން ބުރުއަރާފާނެކަމަށް ވިދާޅުވެފައެވެ. ދެކުނު ކޮރެެއާގައި މިހާރުވެސް ވަނީ ވެކްސިން ޖެހުމުގައި ލަސްތަކެއް ދިމާވެފައެވެ. އެއީ ކޮވެކްސް ފެސިލިޓީގެ ދަށުން އެގައުމަށް ލިބެންޖެހޭ ވެކްސިން ޑޯޒްތައް ލިބުމުގައި ލަސްތަކެއް ދިމާވަމުންދާތީއެވެ.

ދެކުނު ކޮރެއާއިން ބުދަ ދުވަހު ބުނެފައިވަނީ އެސްޓްރަޒެނިކާ ވެކްސިން އުމުރުން 60 އަހަރުން ދަށުގެ މީހުންނަށް ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށެވެ. އެއީ އެސްޓްރަޒެނިކާ ވެކްސިނާ ގުޅޭގޮތުން އެންމެ ފަހުން ޔޫރަޕުން ކުރިޔަށް ގެންދިޔަ ދިރާސާތަކަށް ފަހުއެވެ.

ދެކުނު ކޮރެއާއިން ވަނީ އެގައުމުގައި ޖޯންސަން އެންޑް ޖޯންސަން ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފައެވެ.

ކޭސްތައް އިތުރުވަމުންދާތީ ދެން އަޅާނެ ފިޔަވަޅުތައް ހުކުރު ދުވަހު އިއުލާންކުރާނެ ކަމަށް ބެލެވެއެވެ. މިހާރުވެސް އެގައުމުގައި ހަތަރު މީހުންނަށް ވުރެ ގިނަ މީހުން އެއްވެގެން އެއްވެސް ހަރަކާތެއް ބޭއްވުން ވަނީ މަނާކޮށްފައެވެ.

ދެކުނު ކޮރެއާގައި މިހާތަނަށް ވަނީ 107،598 މީހަކަށް ކޮވިޑް ޖެހިފައެވެ. އަދި 1758 މީހަކު ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު