Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެކްސިން

ރާއްްޖެއިން ބޭރުން ވެކްސިން ޖެހި މީހުންނަށް ރާއްޖޭގައި ދެވަނަ ޑޯޒު ޖެހޭނެ އިންތިޒާމު ހަމަޖައްސައިދީފި

6 އެޕްރީލު 2021 | އަންގާރަ 20:11

ޖެހޭނީ ރާއްޖޭގައި މިހާރު ބޭނުންކުރަން ހުއްދަ ދީފައިވާ ވެކްސިންތައް ކަމަށްވާ ކޮވިޝީލްޑް ފައިޒާ އަދި ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ބޭރުން ޖެހި މީހުންނަށް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 6 އެޕްރީލު 2021 | އަންގާރަ 20:11
ކޮވިޝީލްޑް ވެކްސިން

ކޮވިޝީލްޑް ވެކްސިން

ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒު ރާއްޖޭގައި ޖެހޭނެ އިންތިޒާމު ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހަމަޖައްސައިދީފިއެވެ.

އެޗްޕީއޭއިން އަންގާރަ ދުވަހުގެ ރޭ ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރުން ވެކްސިން ޖަހާފައިވާ މީހުންނަށް ރާއްޖޭގައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސާދީފައިވާ ކަމަށެވެ. އެގޮތަށް ޖެހޭނީ ރާއްޖޭގައި މިހާރު ބޭނުންކުރަން ހުއްދަ ދީފައިވާ ވެކްސިންތައް ކަމަށްވާ ކޮވިޝީލްޑް ފައިޒާ އަދި ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ބޭރުން ޖެހި މީހުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ ވެކްސިން ގެ ދެވަނަ ޑޯޒު ޖެހުމަށް، ފުރަތަމަ ޑޯޒު ޖަހާފައިވާ ތާރީހު އެނގޭނެހެން ވެކްސިން ޖެހި ލިޔުމާއި، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް އަދި ފޯނު ނަމްބަރު vaccine@health.gov.mv ފޮނުވުމުން އެކަމަށް އެޕޮއިންޓްމަންޓް ހަމަޖައްސާނެ ކަމަށެވެ.

ރާއްޖޭގައި ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭން މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފެށި އިރު، އެކަން ފަަށާފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންނަށް ވެސް އެއްވެސް ތަފާތުކުރުމެއް ނެތިއެވެ. އެގޮތުން ބިދޭސީންނަށް ވެސް ހިލޭ ވެކްސިން ޖަހައިދޭއިރު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 255،000ށް އަރާފައެވެ.

ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާއިރު ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު ވެސް ވަނީ 7،000ން މައްޗަށް ގޮސްފައެވެ. ރާއްޖޭގައި މިވަގުތު އާންމު ހާލަތުގައި ބޭނުންކުރަމުން އަންނަނީ ކޮވިޝީލްޑް ވެކްސިން އާއި، ޗައިނާގެ ސިނޮފާމް ވެކްސިންއެވެ. އޭގެ ތެރެއިން މިހާރު ފުރަތަމަ ޑޯޒު ޖަހަނީ ހަމައެކަނި ސިނޮފާމް ވެކްސިންގެއެވެ. އަދި ދެ ލައްކަ އަށް ވުރެ ގިނަ މީހުން ކޮވިޝީލްޑް ގެ ފުރަތަމަ ޑޯޒު ޖެހިފަހުން އެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ހުއްޓާލީ މިދިޔަ މަހު 15ގައެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ބޭނުންކުރުމަށް ވެސް ހުއްދަ ދީފައިވާއިރު އެ ވެކްސިން ޖަހަނީ ހަމައެކަނި ވަކި ހާއްސަ ހާލަތްތަކެއްގައެވެ. އެގޮތުން ވަކި ބަލިތަކެއް ހުންނަ އަދި ވަކި ކަހަލަ ބަލިތަކަކަށް ބޭސްކޮށްފައިވާ މީހުންނާއި އުމުރުން 17 އަހަރާއި 16 އަހަރުގެ ކުދިންނަށް ވެސް ފައިޒާ ވެކްސިން ޖަހަން ވަނީ ފަށާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
14 ޖެނުއަރީ 2017

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

14 ޖެނުއަރީ 2017
ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް