Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ލޯކަލް ކައުންސިލް އިންތިޚާބު

ކައުންސިލަށް އެމްޑީޕީ ހޮވައިގެން ކަންކަން ވާނެ: ނަޝީދު

ލާމަރުކަޒީ ނިޒާމުގެ ސަބަބުން މިނިސްޓްރީތަކުގެ މަސައްކަތް މަދުވާނެ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2021 | ހޯމަ 19:08
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

ލޯކަލް ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ ތަފާތު ފެންނާނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އެ ޕާޓީގެ އިސްވެރިން ވަނީ މާލެ ގަލޮޅުގެ ރައްޔިތުންނާ ހޯމަ ދުވަހު ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މިހާރު ކުރަމުން އަންނަނީ ކެމްޕޭންގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން މިހާރު ގޮވަމުން އަންނަނީ ވީހާވެސް ގިނަ ރައްޔިތުން މި މަހުގެ 10 ވަނަ ދުވަހު ނިކުމެ ވޯޓުލުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަމުން އަންނަނީ ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމަށް ކަމަށާއި އޭގެ ސަބަބުން މިނިސްޓްރީތަކުގެ ބާރު ކުޑަވެ މަސައްކަތްތައްވެސް މަދުވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ކައުންސިލެއް މެދުވެރިކޮށް މަސައްކަތްތައް ކުރަން ސަރުކާރަކުން އެކަން ކުރުމަށްވުރެ މާ ފަސޭހަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމެއް ފުރިހަމައަށް ގާއިމްކޮށް ރާއްޖޭގެ އަދި ވަކިން ޚާއްސަކޮށް މާލޭގެ ކަންކަން ލާމަރުކަޒުކޮށް ރަނގަޅުކުރަން، އެމްޑީޕީގެ މޭޔަރކަމަށް ކުރިމަތިލާ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ވޯޓުލުމަކީ ލާޒިމް ކަމެއް ކަމަށެވެ.

މި މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓުލާން ތައްޔާރުވަމުން އަންނައިރު އެމްޑީޕީންވެސް އަންނަނީ ޕާޓީގެ އެންމެ ފަހުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މާލެ އާއި އަތޮޅުތެރޭގައިވެސް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާއިރު، ކެމްޕޭން ނިންމާލުމަށް ބޮޑު ހަރަކާތެއްރާވާފައިވާކަމަށްވެސް އެ ޕާޓީން ބުނެއެވެ.

އެ ޕާޓީން ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ގަލޮޅު ދެ ދާއިރާގެ މަޖިލިސް މެމްބަރާއި، އެ ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުގެ އިތުރަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި މޭޔަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް އަނަސްގެ އިތުރަށް ޕާޓީގެ ބައެއް އެހެން އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު