Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލީ ހާލަތާ ދަރަނީގެ ބަހުސް

މާލީ ހާލަތާ ދަރަނީގެ ބަހުސަކަށް ވަޑައިގަތުމަށް ފައްޔާޒުގެ ދައުވަތު ސައިދާއި ޒަމީރަށް

މި ސަރުކާރުގެ މައިގަނޑު މެނިފެސްޓޯ އަކީ ކުރީ ސަރުކާރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 އޯގަސްޓު 2025 | ބުރާސްފަތި 05:00
މިނިސްޓަރ ސައިދާއި ޒަމީރަށް ބަހުސަކަށް ވަަޑައިގަތުމަށް ފައްޔާޒު ވަނީ ދައުވަތު ދެއްވާނެ ކަމަށް ވިދާޅުވެފައި

މިނިސްޓަރ ސައިދާއި ޒަމީރަށް ބަހުސަކަށް ވަަޑައިގަތުމަށް ފައްޔާޒު ވަނީ ދައުވަތު ދެއްވާނެ ކަމަށް ވިދާޅުވެފައި

މާލީ ހާލަތާއި ދަރަންޏާއި ކޮރަޕްޝަންގެ ވާހަކަތައް ދައްކަން ބަހުސްއަކަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދަށާއި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރުއަށް ބަހުސްއަކަށް ވަޑައިގަތުމަށް ދައުވަތު ދެއްވާނެ ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މި ސަރުކާރުގެ މައިގަނޑު މެނިފެސްޓޯ އަކީ ކުރީ ސަރުކާރު ކަމަށެވެ. ކޮންމެ ކަމެއްގައި ވެސް ކުރީ ސަރުކާރު ކުރީ ސަރުކާރު ނޫން ވާހަކައެއް ނުދައްކާ ކަމަށާއި، މި ސަރުކާރު ވެރިކަމަށް އައީވެސް ކުރީ ސަރުކާރަށް ނުވެގެން މި ބޭފުޅުންނަށް ވާނޭ ކިޔާފައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ތިމަންނަ މެންނަށް ވާނޭ ކިޔާފައި އައީ. އިކޮނަމިކް މިނިސްޓަރު މި ދޭތެރެއަކުން ވެސް ދައްކައިފި ދަރަނީގެ ވާހަކަ. މި ވާހަކަ ކޮންމެ ފަހަރަކު ދޮގު ހައްދަވައިގެން އެ ދައްކަވަނީ. މި ބޭފުޅުންނަށް ރައްޔިތުންގެ ޕްރެޝަރު އަންނަ ކޮންމެ ފަހަރަކު ކުރީ ސަރުކާރުގެ ބޮލަށް ޖެހުމުގެ ގޮތުން މި ވާހަކަތައް ދައްކަމުން މިދަނީ. ކޮރަޕްޝަންގެ ވާހަކަވެސް އެހެން. އަޅުގަނޑުމެން އެތައް ފަހަރަކު މި ވާހަކަތައް ސާފު އެބަ ކޮށްދެން. އެހެންނަނަމެވެސް ދެމަހެއްހާ ފަހުން މި ބޭފުޅުން އަނެއްކާވެސް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަނީ. އެހެންވީމަ މި ކަންކަން މިހެން ހުރުމުން އަޅުގަނޑު މި ގަސްދުކުރީ، އަދި މިއަދުގެ އިކޮނަމިކް މިނިސްޓަރު އަދި މާލީ ވަޒީރަށް މި ގޮވާލަނީ ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން އަޅުގަނޑާއި އަޅުގަނޑުމެންގެ ކުރީގެ މާލީ ވަޒީރު ކުރިމައްޗަށް ވަޑައިގެން ދަރަނީގެ ވާހަކަ ދައްކަން ވަޑައިގަންނަވާށޭ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ފައްޔާޒް ވިދާޅުވީ އިކޮނަމިކް މިނިސްޓަރު ސައިދަށާއި، ފިނޭންސް މިިނިސްޓަރު މުސާ ޒަމީރަށް ދައުވަތު ދެއްވާނެ ކަމަށެވެ. އެބޭފުޅުން ބޭނުންތަނެގައި ބޭނުން ވަގުތެއްގައި ބޭނުން އެޑްވައިޒަރުންނާ އެކު ދަރަނީގެ ކަންތައްތަކާއި، ކޮރަޕްޝަންގެ ވާހަކަ އަދި ހައުސިންގެ ވާހަކައާއެކު އެމްޑީޕީގެ ސަރުކާރުގެ ކަމާއި ގުޅުންހުރި ބޭފުޅުން އެބޭފުޅުންނާއި ބަހުސްކުރަން ތައްޔާރަށް ތިބިކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ދައުވަތު ދެއްވާނެކަމަށް ވިދާޅުވެފައިވަނީ، ތަކެތީގެ އަގުބޮޑުވެ އިންފްލޭޝަން މައްޗަށްގޮސް އަސާސީ ހިދުމަތްތަކާއި ތަކެތީގެ އަގު ބޮޑުވެގެން ރައްޔިތުންގެ އެތައްހާސް ޝަކުވާއެއް ކުރަމުން ދަނިކޮށް އިގްތިސާދު ރަނގަޅުކަމަށް ސައީދު ތަކުރާރުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް މުއިއްޒުމުހައްމަދު ސައީދު މޫސާ ޒަމީރުފައްޔާޒް އިސްމާއިލްއެމްޑީޕީކޮރަޕްޝަން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު