Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޝިއަލުގެ ކަކުލަށް އަނިޔާވުން

މާޝިއަލަށް ސީޒަން ނިމުމުގެ ބިރު އެބައޮތް

ޔޫރޯގައިވެސް މާޝިއަލަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 އެޕްރީލު 2021 | ހޯމަ 14:31
ކަޒަކްސްތާން އަތުން ފްރާންސް މޮޅުވި މެޗުގެ ތެރެއިން އެންތަނީ މާޝިއަލް

ކަޒަކްސްތާން އަތުން ފްރާންސް މޮޅުވި މެޗުގެ ތެރެއިން އެންތަނީ މާޝިއަލް

ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލަށް މި ސީޒަނުގެ ބާކީ ބައިގައި ނުކުޅެވުމުގެ ބިރު އެބައޮތް ކަމަށް ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.

އުމުރުން 25 އަހަރުގެ މާޝިއަލުގެ ކަކުލަށް އަނިޔާވީ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު ކަޒަކްސްތާން އަތުން 2-0 ގެ ނަތީޖާއަކުން ފްރާންސް މޮޅުވި މެޗުގައެވެ. އެގޮތުން އެ މެޗުގެ 59 ވަނަ މިނެޓުގައި އަނިޔާއާ ގުޅިގެން މާޝިއަލް ވަނީ ބަދަލުކޮށްފައެވެ. އަދި މެޗަށްފަހު ހެދި ޓެސްޓުތަކުން މާޝިއަލުގެ ކަކުލަށް ލިބުނު އަނިޔާ ސީރިއަސްކަން ވަނީ އެނގިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ބްރައިޓަން އަތުން ޔުނައިޓެޑް މޮޅުވި މެޗަށްފަހު ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ވަނީ މާޝިއަލަށް މި ސީޒަނުގެ ބާކީ ބައިގައި ނުކުޅެވުމުގެ ބިރު އެބައޮތް ކަމަށް ބުނެފައެވެ. އަދި އެއީ އެ ޓީމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އަނިޔާގެ ސަބަބުން މާޝިއަލަށް ސީޒަން ނިމުމުގެ ބިރު އޮތްއިރު، ރިޕޯޓުތައް ބުނާ ގޮތުން މި އަހަރުގެ ހޫނު މޫސުމަށް ތާވަލުކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައިވެސް މާޝިއަލަށް ނުކުޅެވޭނެއެވެ.

އަނިޔާގެ އިތުރު މައްސަލައެއް މާޝިއަލަށް ކުރިމަތިވިއިރު، މި ސީޒަނުގެ ކުރީކޮޅުގައިވެސް އަނިޔާގެ ސަބަބުން އޭނާއަށް ބައެއް މެޗުތަކެއް ގެއްލުނެވެ. އެގޮތުން މި ސީޒަނުގައި މާޝިއަލަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުގައި އޭނާއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ހަތަރު ލަނޑެވެ.

އިތުރަށް ކިޔާލަން

03 ޖޫން 2017

އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި

03 ޖޫން 2017
އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި
27 މެއި 2017

"ޕީއެފްއޭ ފޭންސް ޕްރެމިއާ ލީގު ޕްލެއާ އޮފް ދަ ސީޒަން" އެވޯޑް ހެރީ ކޭން ހާސިލްކޮށްފި

27 މެއި 2017
"ޕީއެފްއޭ ފޭންސް ޕްރެމިއާ ލީގު ޕްލެއާ އޮފް ދަ ސީޒަން" އެވޯޑް ހެރީ ކޭން ހާސިލްކޮށްފި
15 މެއި 2017

މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ

15 މެއި 2017
މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ
12 މެއި 2017

ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ

12 މެއި 2017
ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ
29 އެޕްރީލު 2017

ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ

29 އެޕްރީލު 2017
ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ
22 އެޕްރީލު 2017

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ
20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު