Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ފެލިވަރުގައި އެކަނި 345 ޕޮޒިޓިވް ކޭސް

5 އެޕްރީލު 2021 | ހޯމަ 01:57

ޅ. ފެލިވަރުން ކަމަށާއި އެ ރަށުން މިހާތަނަށް 345 ކޭސް ރިޕޯޓުކޮށްފައިވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 5 އެޕްރީލު 2021 | ހޯމަ 01:57
ޅ. ފެލިވަރު މަސް ކާރުޚާނާ

ޅ. ފެލިވަރު މަސް ކާރުޚާނާ | ރާއްޖެއެމްވީ

އަތޮޅުތެރޭގެ ކޮވިޑް-19 ކްލަސްޓަރ ތަކުގެ ތެރެއިން ޅ. ފެލިވަރުން އެކަނި 345 ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަތޮޅު ކްލާސްޓަރ ގެ ހެޑެއްގެ ގޮތުގައި މަސައްކަތްކުރައްވާ އަބްދުﷲ މައުރޫފް ވިދާޅުވީ އަތޮޅުތެރެއިން މިހާރު ވަރަށް ގިނަ ކޭސްތައް ފެންނަމުން އަންނަ އިރު މިހާރު ވެސް 17 ރަށެއް މޮނިޓަރިންގައި އެބައޮތް ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ ކޭސްތައް ރިޕޯޓުކޮށްފައި ވަނީ ޅ. ފެލިވަރުންނާއި، ޅ. ނައިފަރު އަދި ކ. ހުރާގެ އިތުރަށް ޅ. ހިންނަވަރާއި ކ. ދިއްފުށިން ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން އެންމެ ގިނަ ކޭސްތައް ރިޕޯޓުކޮށްފައި ވަނީ ޅ. ފެލިވަރުން ކަމަށާއި އެ ރަށުން މިހާތަނަށް 345 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ކޭސްތަކުގެ 550 ކޮންޓެކްޓުން މިހާތަނަށް ހޯދިފައިވާ ކަމަށާއި އެ ކޭސްތަކާ ގުޅިގެން 750 ސާމްޕަލް ވެސް އެ ރަށުން ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޅ. ނައިފަރުގައި 179 އެކްޓިވް ކޭސް މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭގެ ކޮންޓެކްޓުންގެ ގޮތުގައި 245 މީހުން ފެނިފައިވާ ކަމަށެވެ. އަދި އެ ކޭސް އާ ގުޅިގެން 1260 ސާމްޕަލް ނަގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ކ. ހުރާއިން ކަމަށާއި އެ ރަށުން މިހާތަނަށް 138 ކޭސް ފެނިފައިވާ ކަމަށާއި، ކޮންޓެކްޓުންގެ ގޮތުގައި 250 މީހެއް ފެނިފައިވާއިރު 572 ސާމްޕަލް ނަގާފައިވަ ކަމަށް ވެސް ވިދާޅުވިއެވެ.

ޅ. ފެލިވަރުން އެންމެ ފުރަތަމަ ކޭސްއެއް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އޭރުން ފެށިގެން އެ ރަށް މޮނިޓަރިންގައި އޮންނަ އިރު އެރަށުން ލިބެން ޖެހޭ ހިދުމަތްތަކަށް ބުރު ނާރުވާ ކުރިއަށްގެންދެވޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ. ޅ. އަތޮޅުން ކޮވިޑް-19ގެ ބޮޑު ކްލަސްޓަރ އެއް ފެނިފައިވާއިރު، އޭގެ ކޭސްތައް ހދ. އަތޮޅާއި ރ. އަތޮޅުން ވެސް ފެނިފައިވެއެވެ.

ރާއްޖެއަށް ކޮވިޑް-19ގެ ތިން ވަނަ ރާޅެއް ބިންދާލާފައިވާއިރު މާލެ ސަރަހައްދުން ވެސް ކޭސްތަކުގެ އަދަދު އިތުރުވެ ހަރުކަށި ފިޔަވަޅުތަކެއް އަޅައި އެކަން ކޮންޓްރޯލްވުމުން މިހާރު ވަނީ ފިޔަވަޅުތަކަށް ލުއި ދީފައެވެ. އެކަމަކު ފާއިތުވެދިޔަ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި އަތޮޅުތެރެއިން ފެންނަ ކޮވިޑް-19 ކޭސްތަކުގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކޭސްތަކުގެ ޖުމްލަ އަދަދަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

ކޮވިޑް-19ހެލްތު ޕްރޮޓެކްޝަން އެޖެންސީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

21 ޖުލައި 2026

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 160 އަށްވުރެ މައްޗަށް: މިދިޔަ ހަފުތާގައި އެކަނިވެސް 22 ކޭސް

21 ޖުލައި 2026
ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 160 އަށްވުރެ މައްޗަށް: މިދިޔަ ހަފުތާގައި އެކަނިވެސް 22 ކޭސް
13 ޖުލައި 2026

ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނަކު ނިޔާވެއްޖެ

13 ޖުލައި 2026
ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނަކު ނިޔާވެއްޖެ
30 ޖޫން 2026

އޭއީއެޗްގައި އެމްއާރް ވެކްސިން ދޭން ފަށަައިފި

30 ޖޫން 2026
އޭއީއެޗްގައި އެމްއާރް ވެކްސިން ދޭން ފަށަައިފި
29 ޖޫން 2026

ވައުދާ ހުވާ ކުރާނެއޭ، އެ ހަނދާން ނެތޭނެޔޭ.. ނޫނީ އެހެން ގޮތެއްގާ، މަޖުބޫރުވާނެޔޭ...

29 ޖޫން 2026
ވައުދާ ހުވާ ކުރާނެއޭ، އެ ހަނދާން ނެތޭނެޔޭ.. ނޫނީ އެހެން ގޮތެއްގާ، މަޖުބޫރުވާނެޔޭ...
23 ޖޫން 2026

ޖަޕާނުން ވިސާ ފީ 50 އަހަރަށްފަހު ފަސްގުނައަށް ބޮޑުކޮށްފި

23 ޖޫން 2026
ޖަޕާނުން ވިސާ ފީ 50 އަހަރަށްފަހު ފަސްގުނައަށް ބޮޑުކޮށްފި
14 ޖޫން 2026

ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!

14 ޖޫން 2026
ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!
28 އެޕްރީލު 2026

ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"

28 އެޕްރީލު 2026
ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"
20 ޖެނުއަރީ 2026

ޕީސީއާރް ޓެސްޓިންގެ ހިދުމަތް ދިނުމަށްފަހު، ޓެކުހަށް މަކަރުު ހެދިކަމަށް ތުހުމަތުކޮށް ދެ ކުންފުންޏަކަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި

20 ޖެނުއަރީ 2026
ޕީސީއާރް ޓެސްޓިންގެ ހިދުމަތް ދިނުމަށްފަހު، ޓެކުހަށް މަކަރުު ހެދިކަމަށް ތުހުމަތުކޮށް ދެ ކުންފުންޏަކަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި
18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
03 ޑިސެމްބަރު 2025

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް