Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޖަޕާން ވިސާ ފީބޮޑުކުރުން

ޖަޕާނުން ވިސާ ފީ 50 އަހަރަށްފަހު ފަސްގުނައަށް ބޮޑުކޮށްފި

ޖުލައި 1 އިން ފެށިގެން ޖަޕާނުގެ ވިސާ ފީތައް ފަސް ގުނައަށް ބޮޑުކުރަން ނިންމާފައިވަނީ ދުނިޔޭގެ ބާޒާރުގައި ޔެންގެ އަގު ދަށްވުމާއި އިންފްލޭޝަނާ ގުޅިގެން. މި ބަދަލާއެކު ސިންގަލް އެންޓްރީ ވިސާ 15,000 ޔެން އަށް އުފުލިފައިވާއިރު، ދާއިމީ ރެސިޑެންސީ ފީތައް ވެސް ވަނީ ޖީ7 ގެ ގައުމުތަކުގެ މިންގަނޑަށް ފެއްތުމަށްޓަކައި ބޮޑުކޮށްފަ. ޖަޕާނުގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ބަދަލުގެ ސަބަބުން އެ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ނޭދެވޭ އަސަރެއް ނުކުރާނެ.

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 23 ޖޫން 2026 | އަންގާރަ 06:34
ދުނިޔޭގެ އެންމެ ބޮޑެތި އަދި އެންމެ ފާހަގަކޮށްލެވޭ ރީތި ސިޓީތަކުގެ ތެރޭގައި ޖަޕާނުގެ ސިޓީތައް ހިމެނެއެވެ.

ދުނިޔޭގެ އެންމެ ބޮޑެތި އަދި އެންމެ ފާހަގަކޮށްލެވޭ ރީތި ސިޓީތަކުގެ ތެރޭގައި ޖަޕާނުގެ ސިޓީތައް ހިމެނެއެވެ. | ޖޭޕާސް

1978 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް، ޖަޕާނުން ބޭރުގެ ފަރާތްތަކަށް ދޫކުރާ ވިސާގެ ފީ ފަސް ގުނައަށް ބޮޑުކޮށްފިއެވެ. މިއީ ފާއިތުވި ގާތްގަނޑަކަށް 50 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުން ވިސާގެ އަގަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.

ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލާއެކު، އެއް ފަހަރު އެތެރެވުމަށް ދޫކުރާ "ސިންގަލް އެންޓްރީ" ވިސާގެ ފީ ކުރިން ހުރި 3،000 ޔެން (18.69 ޑޮލަރު) އިން 15,000 ޔެން އަށް ވަނީ ބޮޑުވެފައެވެ. އަދި ގިނަ ފަހަރު އެތެރެވުމަށް ދޫކުރާ "މަލްޓި-އެންޓްރީ" ވިސާގެ ފީ 6،000 ޔެން އިން 30,000 ޔެން އަށް ވަނީ އުފުލިފައެވެ.

1978 ވަނަ އަހަރަށްފަހު ވިސާގެ ފީއަށް ގެނައި މި ބަދަލަކީ ތަކެތީގެ އަގު އުފުލުމާއި (އިންފްލޭޝަން) އަދި ބޭރު ފައިސާގެ ބާޒާރުގައި ޔެންގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ގެނައި ބަދަލެއް ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓަރު ތޮޝިމިޓްސޫ މޮޓޭގީ ހުކުރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ވިސާގެ އަގަށް މި ގެނައި ބަދަލުގެ ސަބަބުން ޖަޕާނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ވަގުތުން ވަގުތަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.

2021 ވަނަ އަހަރުން ފެށިގެން ޖަޕާނުގެ ފައިސާ ކަމަށްވާ ޔެންގެ އަގު މެދުނުކެނޑި ދަށަށް ދަމުންދާއިރު، މިހާރު ޔެންގެ އަގު ހުރީ ފާއިތުވި 40 އަހަރު ތެރޭގައިވެސް ނުވެއްޓޭހާ ދަށް މިންވަރެއްގައެވެ.

ޔެންގެ އަގު ދަށްވުމާއި، ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ދަތުރުފަތުރު ކުރުން އިތުރުވުމާ ގުޅިގެން ޖަޕާނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ރެކޯޑް އަދަދަކަށް، އެބަހީ 42.7 މިލިއަން ބައިނަލްއަގުވާމީ ފަތުރުވެރިން ޖަޕާނަށް ޒިޔާރަތްކޮށްފައިވެއެވެ.

މިދިޔަ މޭ މަހުގެ ތެރޭގައި ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެއިން ވަނީ ބޭރުގެ ފަރާތްތަކާ ގުޅުންހުރި އެހެނިހެން ފީތައް ބޮޑުކުރުމުގެ ބިލެއްވެސް ފާސްކޮށްފައެވެ.

މި އިސްލާހުގެ ދަށުން، ދާއިމީ ރެސިޑެންސީއަށް އެދި ހުށަހަޅާ ފީގެ އެންމެ މަތީ މިންގަނޑު މިހާރު ހުރި 10,000 ޔެން އިން 300,000 ޔެން އަށް ވަނީ ބޮޑުކޮށްފައެވެ. މިއީ ކުރީގެ އަގަށްވުރެ 30 ގުނަ ބޮޑު އަދަދެކެވެ. މީގެ އިތުރުން، ރެސިޑެންސީ ސްޓޭޓަސް ބަދަލުކުރުމަށް ނުވަތަ ރެސިޑެންސީގެ މުއްދަތު އިތުރުކުރުމަށް މިހާރު ނަގާ 10,000 ޔެންގެ ބަދަލުގައި، ދެން 100,000 ޔެންއާ ހަމައަށް ފީ ނެގޭނެއެވެ.

މި ފީތައް ބޮޑުކުރުމަށް ބާރުއަޅާ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ޖަޕާނުގެ ވިސާ އަދި ރެސިޑެންސީއާ ގުޅުންހުރި ފީތައް ހުންނަންޖެހޭނީ ދުނިޔޭގެ ކުރިއަރާފައިވާ ޖީ7 ގެ ގައުމުތަކުގެ ފީތަކާ އެއްވަރުގެ މިންގަނޑެއްގައެވެ.

މިސާލަކަށް ބަލާނަމަ، އެމެރިކާގައި އިމިގްރަންޓް ނޫން ވިސާ އެޕްލިކޭޝަން ފީ ހުންނަނީ 185 ޑޮލަރާއި 315 ޑޮލަރާ ދެމެދުގައެވެ. އަދި އިނގިރޭސިވިލާތަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދޫކުރާ ހަ މަސް ދުވަހުގެ އާންމު ކުރު މުއްދަތުގެ ވިސާއަކަށް 135 ޕައުންޑް ޚަރަދުވެއެވެ.

މަސްދަރު: BBC NEWS

ޖަޕާންކޮވިޑް-19

އިތުރަށް ކިޔާލަން

16 ޖޫން 2026

ސްވިޑަން އަތުން ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން ޓިއުނީޝިއާގެ ކޯޗު މަގާމުން ވަކިކޮށްފި

16 ޖޫން 2026
ސްވިޑަން އަތުން ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން ޓިއުނީޝިއާގެ ކޯޗު މަގާމުން ވަކިކޮށްފި
16 ޖޫން 2026

ޖަޕާނުގެ އިންޓްރެސްޓް ރޭޓް 31 އަހަރަށްފަހު އެންމެ މަތީ މިންވަރަށް އުފުލައިފި

16 ޖޫން 2026
ޖަޕާނުގެ އިންޓްރެސްޓް ރޭޓް 31 އަހަރަށްފަހު އެންމެ މަތީ މިންވަރަށް އުފުލައިފި
14 ޖޫން 2026

ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!

14 ޖޫން 2026
ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!
28 އެޕްރީލު 2026

ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"

28 އެޕްރީލު 2026
ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"
22 މާރިޗު 2026

ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ

22 މާރިޗު 2026
ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ
16 މާރިޗު 2026

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި

16 މާރިޗު 2026
އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޖަޕާން އާއި އޮސްޓްރޭލިއާ އިން، ޓްރަމްޕްގެ ގޮވާލުމާ ދެކޮޅު ހަދައިފި
08 މާރިޗު 2026

މެދުއިރުމަތީގެ ހާލަތާ ގުޅިގެން ޖަޕާނުގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެއަށް އަތުވެއްޖެ

08 މާރިޗު 2026
މެދުއިރުމަތީގެ ހާލަތާ ގުޅިގެން ޖަޕާނުގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެއަށް އަތުވެއްޖެ
20 ފެބުރުއަރީ 2026

ރައީސް މުއިއްޒު ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

20 ފެބުރުއަރީ 2026
ރައީސް މުއިއްޒު ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި
09 ފެބުރުއަރީ 2026

ޖަޕާނުގެ އިންތިޚާބުގައި ބޮޑު ވަޒީރު ޓަކައިޗީގެ ޕާޓީ އިން ސުޕަ މެޖޯރިޓީ ހޯދައިފި

09 ފެބުރުއަރީ 2026
ޖަޕާނުގެ އިންތިޚާބުގައި ބޮޑު ވަޒީރު ޓަކައިޗީގެ ޕާޓީ އިން ސުޕަ މެޖޯރިޓީ ހޯދައިފި
23 ޖެނުއަރީ 2026

ޖަޕާނުގެ ބޮޑުވަޒީރު އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައިފި

23 ޖެނުއަރީ 2026
ޖަޕާނުގެ ބޮޑުވަޒީރު އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު