Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19 އަސްލު ދެނެގަތުމަށް ކުރަމުންދާ މަސައްކަތ

ކޮވިޑް-19: ވައިރަސްގެ އަސްލު ދުވަހަކުވެސް ދެނެގަނެވިދާނެތަ؟ ޑަބްލިޔުއެޗްއޯގެ ރިޕޯޓުގައި ޖަވާބު ނުލިބޭ ސުވާލުތަކެއް

ޑަބްލިޔުއެޗްއޯއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުން ވައިރަސްގެ އަސްލަކީ ޖަނަވާރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 އެޕްރީލު 2021 | އާދީއްތަ 04:25
ކޮވިޑް-19 ވައިރަސް

ކޮވިޑް-19 ވައިރަސް

ކޮވިޑް-19 ޕެންޑަމިކަށް އަހަރެއް ވެފައިވާއިރު މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. 131 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަން މަޖުބޫރުވެގެންދިޔަ ފިޔަވަޅުތަކާއެކު ދުނިޔެ މިވަނީ އެތައް އަހަރެއް ފަހަތަށް ސޮއްސާލާފައެވެ.

އިގްތިސާދީ ގޮތުން ދުނިޔެ ނުދެކޭ މިންވަރަށް އަޑިއަޅާލާފައިވާއިރު އިންސާނުން ދުވަހަކުވެސް އުޅެންޖެހިދާނެ ކަމަށް ހިތަށްވެސް ނުގެނެވޭ ގޮތަށް ދިރިއުޅުން ބައްޓަންކުރަން ވަނީ މަޖުބޫރުވެފައެވެ.

މިހުރިހާ ކަމަކާއެކު ހުރިހާ އިންސާނުން ކަހަލަ ގޮތަކަށް އުފައްދަމުން އަންނަ އާންމު ސުވާލެއް އޮވެއެވެ. ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަސްލު އުފެދިގެން އައީ ކިހިނެއްހެއްޔެވެ؟ އިންސާނީ ނަސްލަށް މިވަރުގެ ބޮޑު މުސީބާތެއް ކުރިމަތިކުރުވި ގޮތްނޭނގޭ މިވައިރަސް އިންސާނުންނާ ހިސާބަށް މިއައީ ކިހިނެއްހެއްޔެވެ؟

ވައިރަސްގެ އަސްލު ދެނެގަތުމަށާއި އިންސާނުންނާ ހަމައަށް ވައިރަސް އައި ގޮތް ހޯދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ތަހުގީގެއް ކުރިޔަށް ގެންގޮސްފައެވެ. ޑަބްލިޔުއެޗްއޯގެ ތަހުގީގު ޓީމު ވަނީ ވައިރަސް ޖެހިގެން އެންމެ ފުރަތަމަ ރިޕޯޓްކުރި ޗައިނާއަށް ގޮސް ތަހުގީގު ކުރިޔަށް ގެންގޮސްފައެވެ. އަދި އެއަށްފަހު ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ.

މިރިޕޯޓުންވެސް އަދި އެންމެ ބޮޑު ސުވާލަށް ޖަވާބެއް ނުލިބެއެވެ. ވައިރަސްގެ އަސްލު ކޮބައިހެއްޔެވެ؟ ވައިރަސް އައީ ކޮންތާކުން ހެއްޔެވެ؟ވައިރަސް ފެތުރިގެން އިންސާނުންނާ ހަމައަށް އައީ ކިހިނެއްހެއްޔެވެ؟

މިކަމާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުން ވައިރަސްގެ އަސްލަކީ ވާލެވެ. ވާލުގެ ޒަރީޢާއިން އެހެން ޖަނަވާރުންނަށް ވައިރަސް ފެތުރި އިންސާނުންނާ ހަމައަށް ވައިރަސް ފޯރީއެވެ. ކޮވިޑް-19 އާއި އެންމެ ގާތްކުރާ ވައިރަސް ފެނިފައިވަނީ ޗައިނާގެ ހުޅަނގު ސަރަހައްދުގައި އުޅޭ ވާލުންނެވެ.

ވާލުގެ ޒަރީއާއިން ވައިރަސް ފެތުރިގެންދިޔަ ޖަނަވާރު ތަކުގެ ތެރޭގައި މުސަޅާއި ކުއްތާ އަދި އޮޅުކޮށްގެން ގެންގުޅޭ ބުޅާފަދަ ޖަނަވާރު ހިމެނޭކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ މިކަން ޗައިނާ އާއި އެހެން ގައުމުތަކުގައިވެސް އިތުރަށް ތަހުގީގުކުރުމަށް އެދިފައެވެ.

ވައިރަސްގެ އަސްލު ހޯދުމަށް އެންމެ ފުރަތަމަ ވައިރަސް ފެނުނު ޗައިނާގެ ވުހާންގެ އިންސްޓިޓިއުޓް އޮފް ވިރޮލޮޖީއަށް ޑަބްލިޔުއެޗްއޯގެ ޓީމު ޒިޔާރަތްކުރިއެވެ. މިއީ ކޮރޯނާވައިރަސް އާ ގުޅިގެން އެކިކަހަލަ ދިރާސާތައް ކޮށް ޓެސްޓްތައް ކުރިޔަށް ގެންދާ އިންސްޓިޓިއުޓެކެވެ. ޑަބްލިޔުއެޗްއޯގެ ޓީމުގެ ރިޕޯޓްގައި ބުނެފައިވަނީ މިއިންސްޓިޓިއުޓުގެ ލެބުން ކޮވިޑް ލީކުވެފައި ވުމަކީ ވަރަށް ނާދިރު ކަމެއްކަމަށެވެ.

އެހެންނަމަވެސް މިއީ އަދި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޑރ ޓެޑްރޯސް އެހާ ބޮޑަށް ގަބޫލުކުރައްވަން ބޭނުންފުޅުވާ ކަމެއް ނޫނެވެ. ޓެޑްރޯސް ވިދާޅުވީ ވައިރަސް ލެބަކުން ލީކުވެފައި ނުވާކަމަށް ނިންމޭވަރަށް އެކަން ބެލިފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އެކަން ކުރުމަށް އަދި އިތުރު ޑާޓާ އާއި ދިރާސާތައް ކުރަންޖެހޭނެކަމަށް ޓެޑްރޯސް ވިދަޅުވިއެވެ.

އެކަން ކުރުމަށް ކަމާބެހޭ މާހިރުންގެ ޓީމެއް ބޭނުންވާނެކަމަށް ޓެޑްރޯސް ވިދާޅުވިއެވެ. އެހެންނަމަވެސް ޗައިނާއިން ދެން އެފަދަ ޓީމެއް އެގައުމަށް އެތެރެވުމުގެ ހުއްދަދޭނެތޯ އެއީ އުފެދޭ ސުވާލެކެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ މުޅި ތަހުގީގުގައިވެސް ޗައިނާއިން އަމަލުކޮށްފައިވާނީ ހުޅުވާލެވިފައިވާ ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ.

ނަމަވެސް ޑރ ޓެޑްރޯސް ވަނީ އަސްލު ޑާޓާތަކާ ހަމައަށް ޑަބްލިޔުއެޗްއޯގެ ޓީމަށް ވާސިލްވުމަށް ދަތިތަކާ ކުރިމަތިވިކަމަށް ވިދާޅުވެ ޗައިނާއަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ. ޓެޑްރޯސް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި މިހާރަށްވުރެ ބޮޑަށް ގުޅިގެން ގިނަ ވަގުތު ނަގައިގެން މިއަށްވުރެ ބޮޑަށް ޑާޓާތައް ބަދަލުކުރެވިގެން ދިރާސާކުރެވިގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް 14 ގައުމަކުން ސޮއިކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޑަބްލިޔުއެޗްއޯގެ ތަހުގީގުވަނީ ވަރަށް ބޮޑަށް ލަސްކޮށްފައެވެ. އަދި އަސްލު ޑާޓާތަކާއި ސާމްޕަލްތައް ޓީމަށް އެއްކޮށް ނުލިބޭކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

ގަބޫލުކުރެވޭ ގޮތުގައި ކޮވިޑް-19 އަސްލު އުފެދިގެން އައީ ވުހާންގެ މާރުކޭޓުންނެވެ.

އެންމެ ފުރަތަމަ ފެނުނު ބޮޑެތި ކުލަސްޓަރތައް އުފެދިގެން އައީ މިމާރުކޭޓުން ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް ރިޕޯޓްތަކުން އެނގޭގޮތުގައި ހަމަ އެދުވަސްވަރު ވުހާންގެ އެހެން ސަރަހައްދެއްގައިވެސް ދިޔައީ ހަލުވިކަމާއެކު ވައިރަސް ފެތުރެމުންނެވެ.

"އެހެންކަމުން ވުހާންގެ މާރުކޭޓަކީ ވައިރަސް އަސްލު ފެތުރުނު ތަން ނޫންކަމަށް ގަބޫލުކުރުމުގެ ޖާގަ އެބައޮތް." ރިޕޯޓްގައި ބުނެފައިވެއެވެ.

އެހެންކަމުން ވައިރަސް ފެތުރިގެން ދިޔުމުގައި މާރުކޭޓު އަދާކޮށްފައިވާ ދައުރާމެދު ވަކި ގޮތެއް ނިންމެންނެތް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި އެމާރުކޭޓަށް ވައިރަހުގެ އަސްލު އައި ގޮތެއް ދެނެނުގަނެވޭކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެމާރުކޭޓްގައި އެކިކަހަލަ ޖަނަވާރު ވިއްކަން ހުރިކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އެހެންކަމުން މާރުކޭޓަށް ޖަނަވާރު ގެނައި އެހެން ފާމުތައް ބަލާ ދިރާސާކުރުމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އެއްވެސް ބައްޔެއްގެ އަސްލު ދެނެގަތުމަކީ ހަގީގަތުގައި ފަސޭހަ ކަމެއް ނޫނެވެ. އެހެން ބަލިތައް ކަމުގައިވާ ސާރސް އާއި އެބޯލާ ފަދަ ބަލިތަކުގެ އަސްލު ހޯދުނުގޮތަށް ކޮވިޑް-19ގެ އަސްލު ހޯދުމަށް އުނދަގޫވަނީ މިވައިރަސް ހަށިގަނޑުގައި ހުރިކަމުގެ އެއްވެސް ނިޝާނެއްވެސް ނެތި ވައިރަސް ފެތުރެމުންދާތީއެވެ.

އެހެންނަމަވެސް އޭގެ މާނައަކީ ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން މިއަށްވުރެ ރަނގަޅަށް ނުބެލޭނެއެކޭ ނޫނެވެ.

ވުހާން އަށް ދިޔަ ޑަބްލިޔުއެޗްއޯގެ ޓީމުގައި ހިމެނޭ އިނގިރޭސިވިލާތުގެ ޕްރޮފެސަރެއް ކަމުގައިވާ ޖޯން ވަޓްސަން ވިދަޅުވީ ހޮހަޅައިން މިވެނި ވައްތަރެއްގެ ވާލެއް އުދުއްސައިގެން ގޮސް ޖެއްސީ މިވެނި މީހެއްގެ ގައިގައި މިވެނި ތާރީޚެއްގައޭ ބުނުމަކީ ނުވާނެ ކަމެއްކަމަށެވެ. އެއީ އެއްވެސް ގޮތަކުން ކުރެވޭނެ ކަމެއް ނޫންކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ.

ޕްރޮފެސަރ އިތުރަށް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އެމަގު ދެނެގަނެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު