Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ހޮނިހިރު ދުވަހު ކޮވިޑް ނަމްބަރު ދަށަށް

އަތޮޅުތަކުން 24 މީހުން ޕޮޒިޓިވްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 އެޕްރީލު 2021 | ހޮނިހިރު 18:01
މާމެންދޫން ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ މީހުން ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދަނީ

މާމެންދޫން ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ މީހުން ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދަނީ

ރާއްޖޭގައި ފާއިތުވި 24 ގަޑިއިރު ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު އޭގެކުރީ 24 ގަޑިއިރާ އަޅާބަލާއިރު ދަށަށް ހިނގައްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 103 މީހުންނެވެ. އޭގެކުރީ 24 ގަޑިއިރު ކޮވިޑަށް ޕޮޒިޓިވްވީ 169 މީހުންނެވެ. ނަންބަރުތައް ޖެހިޖެހިގެން ދެ ދުވަހު ދަށަށްގޮސްފައި ވަނީ ރިކޯޑް މިންވަރަކަށް ރިޕޯޓް ކުރުމަށްފަހުއެވެ. އޭޕްރީލް މަހުގެ 1 ވަނަ ދުވަހު 300 މީހުންނެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ހުކުރު ދުވަހުގެ ހަވީރު 06:00ން ފެށިގެން ހޮނިހިރު ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން ކޮވިޑަށް 3570 މީހުންގެ ޓެސްޓު ކޮށްފައިވެއެވެ. އޭގެތެރެއިން 103 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު މީގެތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 58 މީހުންނެވެ. އަތޮޅުތަކުން 24 މީހުން ޕޮޒިޓިވްވިއިރު ހިނގަމުންދާ ރިސޯޓްތަކުން 21 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި މިވަގުތު 3063 މީހަކަށް މިބަލީގައި ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 94 މީހުންނަށެވެ.

ރާއްޖޭގައި މުޅި ޖުމްލަ 24،651 މީހުންނަށް ވަނީ މިހާތަނަށް ކޮވިޑް ޖެހިފައެވެ. އަދި 67 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މި ދެދުވަހު ދަށަށް ގޮސްފައިވާއިރު މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް އެޗްޕީއޭއިން އަންނަނީ ލުއި ދެމުންނެވެ. އެގޮތުން މީގެ ދެމަހެއްހާ ކުރިން ހިންގަމުން އައި ކާފިއު އުވާލައި ގިނަ ފިޔަވަޅުތަކަށް ލުއި ދީފައިވާކަން އެޗްޕީއޭއިން ވަނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ހާމަކޮށްފައެވެ.

އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް، ޖިމްތަކާއި ކަސްރަތު ކްލާސްތަކުގެ އިތުރަށް ދުވާ ޓްރެކްތައް ވެސް ހުޅުވާލަން ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ސްކޫލްތަކާއި ޔުނިވަރސިޓީ ކޮލެޖުތަކުގައި ވެސް ކަމާ ބެހޭ މިނިސްޓްރީތަކުން ކަނޑައަޅާފައިވާ ވަކި އުސޫލެއްގެ ދަށުން ދަރިވަރުން ކްލާހަށް ހާޒިރުކޮށް ކިޔަވައިދެވޭ ގޮތަށް ހުޅުވާލާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ވެސް ކަމާ ބެހޭ އިދާރާއަކުން ކަނޑައަޅާ އުސޫލުގެ މަތިން ޚިދުމަތް ދެވޭ ގޮތަށް ހުޅުވޭނެ ކަމަށާއި ޑޭކެއާ ސެންޓަރުތައް ވެސް ހުޅުވާނެ ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން ޖަމާއަތުގައި ނަމާދުކުރާއިރު ގައިދުރުކަން ގެންގުޅުމަށް ކުރިން އެންގި އެންގުންވެސް މިހާރު ވަނީ އުވާލާފައެވެ.

ފާއިތުވި ހަތް ދުވަހު ކޮވިޑް ކޭސްތައް ރާއްޖޭގައި ރިޕޯޓްކުރަމުން އައި ގޮތަށް ބަލާއިރު މިދިޔަ ހަފުތާގެ ހޮނިހިރު ދުވަސްކަމުގައިވާ މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ޖެހިގެން ރިޕޯޓްކުރީ 166 މީހުންނެވެ. އޭގެތެރެއިން މާލެއިން ޕޮޒިޓިވްވެފައިވަނީ 91 މީހުންނެވެ. އަތޮޅުތަކުން 52 މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރިއެވެ.

މާޗް މަހުގެ 28 ވީ އާދިއްތަ ދުވަހު 121 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އޭގެތެރެއިން 49 މީހުން މާލެއިން ޕޮޒިޓިވްވިއިރު 46 މީހުންނަކީ އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންނެވެ. މާޗް މަހުގެ 29 ވަނަ ދުވަހު 147 މީހަކު ޕޮޒިޓިވްވިއިރު 65 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އެދުވަހު އަތޮޅުތެރެއިން ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވަނީ 69 މީހުންނެވެ. މާޗް މަހުގެ 30 ވަނަ ދުވަހު 167 މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކުރިއެވެ. އޭގެތެރެއިން 86 މީހުން މާލެއިން ޕޮޒިޓިވްވިއިރު އަތޮޅުތަކުން ޕޮޒިޓިވްވީ 59 މީހުންނެވެ.

މާޗް މަހުގެ 31 ވަނަ ދުވަހު 241 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު އެދުވަހު މާލެއިން ޕޮޒިޓިވްވީ 73 މީހުންނެވެ. އަތޮޅުތެރެއިން 74 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭޕްރީލް މަހުގެ 1 ވަނަ ދުވަހު 300 މީހުން ޕޮޒިޓިވްވިއިރު މާލެއިން ޕޮޒިޓިވްވެފައިވަނީ 94 މީހުންނެވެ. އަތޮޅު ތެރެއިން 96 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭޕްރީލް މަހުގެ 2 ވަނަ ދުވަހު 169 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު މީގެތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 67 މީހުންނެވެ. އަދި އަތޮޅުތަކުން 65 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު