Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހާލަންޑުގެ އޭޖެންޓުގެ ބައްދަލުވުންތަކެއް

ހާލަންޑުގެ އޭޖެންޓް ބާސާ އާއި ރެއާލާ ބައްދަލުކޮށްފި

ޓްރާންސްފާގައި ޑޯޓްމުންޑުން ހާލަންޑް ވިއްކާނީ 180 މިލިޔަން ޔޫރޯއަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 އެޕްރީލު 2021 | ހޮނިހިރު 04:43
ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑުގެ އޭޖެންޓް ބާސެލޯނާ އާއި ރެއާލް މެޑްރިޑާއެކު ބައްދަލުވުންތަކެއް ބޭއްވި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދާދި ފަހުން ހާލަންޑުގެ އޭޖެންޓް މިނޯ ރައިއޯލާ އާއި ހާލަންޑުގެ ބައްޕަ ވަނީ ސްޕެއިނަށް ދަތުރެއް ކޮށްފައެވެ. އަދި މި ދަތުރުގައި ބާސާގެ ރައީސް ޖޮއާން ލަޕޯޓާ އާއި ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއެކު އެ ދެ މީހުން ބައްދަލުކޮށް، ހާލަންޑުގެ ޓްރާންސްފާއާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ބައްދަލުވުންތަކަށްފަހު ހާލަންޑުގެ އޭޖެންޓާއި އޭނާގެ ބައްޕަ އިންގްލެންޑަށް ދަތުރުކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކާއެކުވެސް މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ހާލަންޑް ގަތުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތްކުރަމުން އަންނައިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާރްބީ ސާލްޒްބާގް ދޫކޮށް އުމުރުން 20 އަހަރުގެ ހާލަންޑް ޑޯޓްމުންޑަށް ބަދަލުވީ ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުން، 20 މިލިޔަން ޔޫރޯއަށެވެ. އެހެންކަމުން ހާލަންޑުގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ޔޫރަޕުގެ ބޮޑެތި ކުލަބުތަކާއެކު ހާލަންޑުގެ އޭޖެންޓް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުން އަންނައިރު، މީގެ ކުރިން ދިން އިންޓަވިއުއެއްގައި ރައިއޯލާ ބުނީ މުސްތަގުބަލުގައި ހާލަންޑަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން އޭނާއަށް ހުރިހާ ކުލަބަކުންވެސް ފާރަލަމުން އަންނަ ކަމަށެވެ. އެކަމަކު މި ދަނޑިވަޅުގައި ހާލަންޑް ގަތުމުގެ ފެންވަރު ހުރީ 10 ކުލަބެއްގައި ކަމަށާއި، އޭގެ ތެރެއިން ހަތަރު ކުލަބަކީ ޕްރިމިއާ ލީގުގެ ކުލަބުތައް ކަމަށްވެސް ރައިއޯލާ ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހާލަންޑް ވިއްކާލަން ޑޯޓްމުންޑުން ބޭނުމެއް ނުވެއެވެ. އެހެންކަމުން ކުރިއަށް އޮތް ހޫނު މޫސުމުގައި ހާލަންޑް ވިއްކާނަމަ، އޭނާ ވިއްކަން ޑޯޓްމުންޑުން ކަނޑައަޅާފައިވާ އަގަކީ 180 މިލިޔަން ޔޫރޯ ކަމަށް ދާދި ފަހުން "އީއެސްޕީއެން" އިން ވަނީ ރިޕޯޓުކޮށްފައެވެ.

ޑޯޓްމުންޑާއެކު ތަފާތު މޮޅު ކުޅުމެއް ހާލަންޑް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ޑޯޓްމުންޑަށް ކުޅެދިން 49 މެޗުގައި 49 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އިޓަލީގެ ކުޅިވަރު ނޫސް "ތުއްތޮސްޕޯޓް" އިން ހޮވާ ޔޫރަޕިއަން ގޯލްޑަން ބޯއި އެވޯޑް، މިދިޔަ އަހަރު ހޯދާފައެވެ.

އާލިން ބްރައުޓް ހާލަންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ހާލަންޑުގެ ލަނޑުން މޮޅުވެ ސިޓީ އެއް ވަނަ އަށް

ހާލަންޑުގެ ލަނޑުން މޮޅުވެ ސިޓީ އެއް ވަނަ އަށް

27 އޮކްޓޯބަރު 2024
ހާލަންޑްގެ ހެޓްރިކާ އެކު މޮޅުވެ ސިޓީ އެއް ވަނައިގައި

ހާލަންޑްގެ ހެޓްރިކާ އެކު މޮޅުވެ ސިޓީ އެއް ވަނައިގައި

01 ސެޕްޓެމްބަރު 2024
ޕްރެމިއާ ލީގުގެ މޮޅު ކުޅުންތެރިއަކަށްވުން ގާތީ ހާލަންޑް

ޕްރެމިއާ ލީގުގެ މޮޅު ކުޅުންތެރިއަކަށްވުން ގާތީ ހާލަންޑް

09 މެއި 2024
ހާލަންޑުގެ ހަތަރު ލަނޑާއެކު މޮޅުވެ، ސިޓީން ލީގު ރޭހުގައި

ހާލަންޑުގެ ހަތަރު ލަނޑާއެކު މޮޅުވެ، ސިޓީން ލީގު ރޭހުގައި

05 މެއި 2024
އެމްބާޕޭ ނުވަތަ ހާލަންޑް ގެނެވޭކަށް ނެތް: ޒަވީ

އެމްބާޕޭ ނުވަތަ ހާލަންޑް ގެނެވޭކަށް ނެތް: ޒަވީ

04 ޖެނުއަރީ 2024

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު