Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ހާލަންޑުގެ ލަނޑުން މޮޅުވެ ސިޓީ އެއް ވަނަ އަށް

27 އޮކްޓޯބަރު 2024 | އާދީއްތަ 03:16

މޮޅާއެކު ސިޓީ އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޮކްޓޯބަރު 2024 | އާދީއްތަ 03:16
މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ހާާލަންޑު އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ހާާލަންޑު އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްްޓަރ ސިޓީ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މަތެއުސް ނޫނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސިޓީ އަށް އެ ލަނޑު ޖަހައިދިނީ ނޯވޭގެ ފޯވާޑު އާލިން ހާލަންޑު އެވެ. މެޗުގައި ސިޓީން ވަނީ އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ. އެގޮތުން ދެ ވަނަ ލަނޑެއް ޖަހާނެ ފުރުސަތު ހާލަންޑަށް ވެސް ވަނީ ލިބިފަ އެވެ. މީގެ އިތުރުން ސިޓީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފިލް ފޮޑެން އަށް ވެސް ވަނީ މެޗުގައި ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ.

މޮޅާއެކު ސިޓީ އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު ނުވަ މެޗުން 23 ޕޮއިންޓު ހޯދައިގެންނެވެ. ހަތް މެޗުން ސިޓީ މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ސިޓީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބެނީ 21 ޕޮއިންޓެވެ. ލީގުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އަލުން އެއް ވަނަ މަގާމަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލަށް އޮންނާނެ އެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީއާލިން ބްރައުޓް ހާލަންޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް