Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗާއި ލުކާކޫ ޖޫރިމަނާކުރުން

އިބްރަހިމޮވިޗާއި ލުކާކޫގެ ޖޫރިމަނާ ޗެރިޓީއަށް

ޖޫރިމަނާގެ އަދަދު އަދި މިހާތަނަށް ކަނޑައަޅާފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 އެޕްރީލު 2021 | ހުކުރު 10:07
އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލް މެޗުގެ ތެރެއިން އިބްރަހިމޮވިޗާއި ލުކާކޫ

އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލް މެޗުގެ ތެރެއިން އިބްރަހިމޮވިޗާއި ލުކާކޫ

އޭސީ މިލާނުގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗާއި އިންޓަގެ ފޯވާޑް ރޮމެލޫ ލުކާކޫގެ ޖޫރިމަނާ ޗެރިޓީއަށް ދިނުމަށް އެ ދެ ކުލަބުން ނިންމައިފިއެވެ.

މި ދެ ކުޅުންތެރިން ޖޫރިމަނާކުރަން ނިންމީ އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުގައި ޖެނުއަރީ މަހު މިލާން އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އިންޓަ މޮޅުވި މެޗުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

އެގޮތުން އެ މެޗުގައި އިބްރަހިމޮވިޗާއި ލުކާކޫއާ ދެމެދު ދަނޑުމަތީގައި ތަކުރާރުކޮށް ބަހުގެ ހަމަލާތަކެއް ބަދަލުކުރިއިރު، ފުރަތަމަ ހާފުގައި އެ ދެ ކުޅުންތެރިންނަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. އަދި ފަހުން އިންޓަގެ އަލެކްސަންޑަ ކޮލަރޯވަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ހާފުގައި އިބްރަހިމޮވިޗަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

އެއާއެކު އެ މެޗުގައި ހިނގި ހަމަނުޖެހުންތަކުގެ މައްސަލަ އިޓާލިއަން ފުޓްބޯލް ފެޑެރޭޝަނުން ބެލިއިރު، އިބްރަހިމޮވިޗާއި ލުކާކޫ ފެއާޕްލޭ ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ވަނީ ނިންމާފައެވެ. އެހެންކަމުން އެ ދެ ކުޅުންތެރިން ޖޫރިމަނާކުރަން ނިންމާފައިވީ ނަމަވެސް، ޖޫރިމަނާކުރާނެ އަދަދެއް އަދި މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް މިލާނާއި އިންޓަ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އިބްރަހިމޮވިޗާއި ލުކާކޫ ދައްކާ ޖޫރިމަނާ ޗެރިޓީއަށް ދިނުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

މި މައްސަލައިގައި އިބްރަހިމޮވިޗާއި ލުކާކޫގެ ޖޫރިމަނާކުރާއިރު، ގަވާއިދުގެ ދަށުން މީގެ ކުރިން މި ދެ ކުޅުންތެރިންނަށް ވަނީ އެއް މެޗުގެ ސަސްޕެންޝަނެއްވެސް ކުރިމަތިވެފައެވެ. މީގެ އިތުރުން އެ މެޗުގައި ލުކާކޫއާ ނަސްލީ ގޮތުން އިބްރަހިމޮވިޗް ދިމާކުރި ކަމަށް ތުހުމަތުކުރެވުނު ނަމަވެސް، މީގެ ކުރިން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި އިބްރަހިމޮވިޗް ވަނީ ލުކާކޫއާ ނަސްލީ ގޮތުން ދިމާނުކުރާ ކަމަށް ބުނެފައެވެ.

ޒްލަޓާން އިބްރަހިމޮވިޗްރޮމެލޫ ލުކާކޫ

އިތުރަށް ކިޔާލަން

27 އޯގަސްޓު 2024

ލުކާކޫ ނަޕޯލީ އަށް ބަދަލުވުން ކުރިއަށް ދާނެ، ކުރިއަށް ދަނީ ލިޔެ ކިޔުންތަކުގެ މަސައްކަތް

27 އޯގަސްޓު 2024
ލުކާކޫ ނަޕޯލީ އަށް ބަދަލުވުން ކުރިއަށް ދާނެ، ކުރިއަށް ދަނީ ލިޔެ ކިޔުންތަކުގެ މަސައްކަތް
20 ނޮވެމްބަރު 2023

އެއް މެޗެއްގެ، އެއް ހާފްގައި ލުކަކޫ ގައުމީ ޓީމަށް ހަތަރު ލަނޑު!

20 ނޮވެމްބަރު 2023
އެއް މެޗެއްގެ، އެއް ހާފްގައި ލުކަކޫ ގައުމީ ޓީމަށް ހަތަރު ލަނޑު!
27 އޮކްޓޯބަރު 2023

ޔޫރޮޕާ ލީގުގައި ލުކަކޫ އަށް ހުއްޓުމެއް ނެތް، ރޯމާ މޮޅު

27 އޮކްޓޯބަރު 2023
ޔޫރޮޕާ ލީގުގައި ލުކަކޫ އަށް ހުއްޓުމެއް ނެތް، ރޯމާ މޮޅު
09 އޮކްޓޯބަރު 2023

ރޯމާ އިން ކަލިއާރީ ބަލި ކުރި މެޗުގައި ވެސް ލުކާކޫ ދެ ލަނޑު ޖަހައިފި

09 އޮކްޓޯބަރު 2023
ރޯމާ އިން ކަލިއާރީ ބަލި ކުރި މެޗުގައި ވެސް ލުކާކޫ ދެ ލަނޑު ޖަހައިފި
01 ސެޕްޓެމްބަރު 2023

ލޯނު އެއްބަސްވުމެއްގެ ދަށުން ލުކާކޫ ރޯމާ އަށް

01 ސެޕްޓެމްބަރު 2023
ލޯނު އެއްބަސްވުމެއްގެ ދަށުން ލުކާކޫ ރޯމާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު