Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފައިންގ

ލުކަކޫ އެނބުރި އަތުވެއްޖެ، ސްވިޑުން ބަލިކުރަން ހެދީ ހެޓްރިކް!

މެޗުގައި 41 އަހަރުގެ އިބްރަހޮމްވިޗް ކުޅެން ނިކުތް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 25 މާރިޗު 2023 | ހޮނިހިރު 01:39
ލުކަކޫ ފުރަތަމަ ލަނޑު ޖެހުމަށްފަހު

ލުކަކޫ ފުރަތަމަ ލަނޑު ޖެހުމަށްފަހު

ލުކަކޫގެ ހެޓްރިކުން ބެލްޖިއަމްގެ އާ ކޯޗަށް އުފާވެރި ފެށުމެއް ހޯދައިދީފިއެވެ.

ޔޫރޯ ކޮލިފައިންގ ގްރޫޕް އެފްގައި ސްވިޑުން ބަލިކުރި މެޗުގައި ބެލްޖިއަމްގެ ތިން ލަނޑުވެސް ޖެހީ ފަހަކަށް އައިސް ފޯމް ދަށްވެފައިވާ އިންޓަރ މިލާންގެ ފޯވާޑް ލުކަކޫއެވެ. ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖެހީ ބޮލުންނެވެ. ދެވަނަ ހާފްގައި ލުކަކޫ ދެ ގޯލްވެސް ޖެހީ ވާތުފައިންނެވެ. ލުކަކޫގެ ތިން ގޯލާއެކު އާ ކޯޗު ޑޮމެނިކޯ ޓެޑެސްކޯއަށް ވަނީ އުފާވެރި ފެށުމެއް ލިބިފައެވެ. މިއީ ވަރލްޑްކަޕްގެ ނާކާމިޔާބީއަށްފަހު ކޯޗު ރޮބާޓޯ މާޓީނޭޒް ޓީމް ދޫކޮށްލި ފަހުން އާކޯޗާއެކު ކުޅުނު ފުރަތަމަ މެޗެވެ. ބެލްޖިއަމް ދޫކޮށް ޕޯޗްގަލްއާ ހަވާލުވެ ރޮބާޓޯ މާޓިނޭޒްވެސް ފެށީ މޮޅަކުންނެވެ.

މެޗުގައި ޖެހި ތިން ގޯލާއެކު ލުކަކޫ ވަނީ ޤައުމީ ޓީމަށް ކުޅުނު 105 މެޗުން 71 ގޯލް ޖަހާފައެވެ. ލުކަކޫގެ އިތުރުން މެޗު ޚާއްޞަވީ ސްވިޑުންގެ ފޯވާޑް އިބްރަހޮމްވިޗަށެވެ. 41 އަހަރުގެ ފޯވާޑް ކުޅެން ނިކުތީ 2-0 ން ޓީމް ފަހަތުގައި ވަނިކޮށް 73 ވަނަ މިނިޓްގައެވެ. މިއާއެކު އިބްރަހޮމްވިޗް ވެފައިވަނީ ޔޫރަޕިއަން ކޮލިފިކޭޝަންގައި ކުޅުނު އުމުރުން އެންމެ ދޮށީ ކުޅުންތެރިޔާއަށެވެ. އިބްރަހޮމްވިޗަކީ ލުކަކޫ ކުޅެމުން އަންނަ އިންޓަރ މިލާނާ ވާދަވެރި އޭސީ މިލާންގެ ފޯވާޑެވެ.

ގްރޫޕް އެފްގައި އޮސްޓްރިއާ ވަނީ 4-1 ން އަޒަރުބައިޖާން ބަލިކޮށްފައެވެ.

ރޮމެލޫ ލުކާކޫބެލްޖިއަމްސްވިޑްން

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2025

ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް

04 ސެޕްޓެމްބަރު 2025
ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް
02 ސެޕްޓެމްބަރު 2025

ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި

02 ސެޕްޓެމްބަރު 2025
ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި
04 ފެބުރުއަރީ 2025

ސްވީޑަންގެ ސްކޫލެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާ އެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެ

04 ފެބުރުއަރީ 2025
ސްވީޑަންގެ ސްކޫލެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާ އެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެ
30 ޖެނުއަރީ 2025

ކީރިތި ޤުރުއާން އެންދި މީހާ ސްވިޑްންގައި ބަޑިޖަހާ މަރާލައިފި

30 ޖެނުއަރީ 2025
ކީރިތި ޤުރުއާން އެންދި މީހާ ސްވިޑްންގައި ބަޑިޖަހާ މަރާލައިފި
27 އޯގަސްޓު 2024

ލުކާކޫ ނަޕޯލީ އަށް ބަދަލުވުން ކުރިއަށް ދާނެ، ކުރިއަށް ދަނީ ލިޔެ ކިޔުންތަކުގެ މަސައްކަތް

27 އޯގަސްޓު 2024
ލުކާކޫ ނަޕޯލީ އަށް ބަދަލުވުން ކުރިއަށް ދާނެ، ކުރިއަށް ދަނީ ލިޔެ ކިޔުންތަކުގެ މަސައްކަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު