Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ކަޕް

އިންޓަ ސަލާމަތްކޮށްދިން ނަމަވެސް ލުކާކޫ އަށް ރަތެއް

ލަނޑު ޖެހުމަށް އުފާ ފާޅު ކުރުމުގެ ތެރޭގައި ލުކާކޫ ޔުވެންޓަސްގެ ސަޕޯޓަރުންނާ ދިމާކުރި ކަމަށް ބަލައި، ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އެޕްރީލު 2023 | ބުދަ 06:38
އިންޓަ މިލާނާއި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން

އިންޓަ މިލާނާއި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިލާން ސަލާމަތްކޮށްދިން ނަމަވެސް ރޮމެލޫ ލުކާކޫ އަށް ރަތް ކާޑެއް ދައްކައިފި އެވެ.

ޔުވެންޓަސްގެ ދަޏޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އެހެންކަމުން ފައިނަލްގެ ޖާގަ ލިބޭނީ އިންޓަގެ ދަނޑުގައި މި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޔުވެންޓަސް އިންނެވެ. މެޗުގެ 83 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ ހުއާން ކުއަޑްރާޑޯ އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި އިންޓަ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެއީ ޔުވެންޓަސްގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމުނ ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް އިންޓަ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލުކާކޫ އެވެ. ލަނޑު ޖެހުމަށް އުފާ ފާޅު ކުރުމުގެ ތެރޭގައި ލުކާކޫ ޔުވެންޓަސްގެ ސަޕޯޓަރުންނާ ދިމާކުރި ކަމަށް ބަލައި، ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

މުބާރާތުގެ ދެ ވަނަ ލެގުގެ ކުޅުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

އިޓާލިއަން ކަޕްއިންޓަރ މިލާންޔުވެންޓަސްރޮމެލޫ ލުކާކޫ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
02 ޖުލައި 2025

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު