Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗް

އޭސީ މިލާންގެ ފޯވާޑް އިބްރަހިމޮވިޗް ފިލްމަކަށް!

އިބްރަހިމޮވިޗް ފެންނަ ފިލްމަކީ ފްރާންސްގެ ކޮމިކް ފިލްމެއް ކަމަށްވާ، އެސްޓެރިކްސް އަދި އޯބެލިކްސް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ސެޕްޓެމްބަރު 2022 | ހޯމަ 03:03
އިބްރަހިމޮވިޗް ފެންނަ ފިލްމުގެ ތެރެއިން

އިބްރަހިމޮވިޗް ފެންނަ ފިލްމުގެ ތެރެއިން

ސްވެޑެން އަދި އޭސީ މިލާންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ފިލްމެއް ކުޅެން ފަށައިފިއެވެ.

އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗް ވަނީ އެ ފިލްމުގައި އޭނާ ފެންނަ މަންޒަރެއް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައެވެ. މިވަގުތު އިބްރަހިމޮވިޗް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ. އަނިޔާ އިން ރަނގަޅުވެ އޭނާ ދެން ކުޅުމަށް އެނބުރި އަންނަނީ އަންނަ އަހަރު ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އިބްރަހިމޮވިޗް ފެންނަ ފިލްމަކީ ފްރާންސްގެ ކޮމިކް ފިލްމެއް ކަމަށްވާ، އެސްޓެރިކްސް އަދި އޯބެލިކްސްއެވެ. މި ފިލްމު ރިލީސް ކުރުމަށް މިހާރު ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުވަރީ މަހުއެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އިބްރަހިމޮވިޗް ހުންނަނީ ހަނގުރާމައެއްގެ މައިދާނުގައި މީހަކަށް ހަމަލާ ދިނުމަށެވެ.

އަނިޔާގައި ހުރި ނަމަވެސް ދާދި ފަހުން އިބްރަހިމޮވިޗް ވަނީ އޭސީ މިލާނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، އައު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭނާ އެއްބަސްވުން އައުކޮށްފައިވަނީ އިތުރު އެއް އަހަރު ދުވަހަށެވެ. މީގެ އިތުރުން އިބްރަހިމޮވިޗް އެއްބަސްވުން އައުކުރީ ކުރިން އޭނާ އަށް ލިބޭ މުސާރަ ކުޑަ ކުރުމަށް އެއްބަސްވެގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އޭސީ މިލާނަށް ބަދަލުވުމަށްފަހު އިބްރަހިމޮވިޗް ވަނީ އެ ކުލަބާއެކު މޮޅު ކުޅުމެއް ދައްކާފައެވެ. އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗް ވަނީ އޭގެ ފަހުން އޭސީ މިލާނަށް ކުޅެދިން 74 މެޗުން 36 ލަނޑު ޖަހާފައެވެ. އޭނާ އެންމެ ފުރަތަަމަ އޭސީ މިލާނަށް ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން 2011 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބާއެކު ދާއިމީ އެއްބަސްވުމެއް ހަދާފައެވެ.

ޒްލަޓާން އިބްރަހިމޮވިޗް

އިތުރަށް ކިޔާލަން

04 ޖޫން 2023

އޭސީ މިލާނާއެކު އިބްރަހިމޮވިޗްގެ ވަދާއީ މެޗު މިރޭ

04 ޖޫން 2023
އޭސީ މިލާނާއެކު އިބްރަހިމޮވިޗްގެ ވަދާއީ މެޗު މިރޭ
16 މާރިޗު 2023

41 އަހަރުގައި އިބްރަހިމޮވިޗް ސްވިޑްންގެ ގައުމީ ޓީމަށް

16 މާރިޗު 2023
41 އަހަރުގައި އިބްރަހިމޮވިޗް ސްވިޑްންގެ ގައުމީ ޓީމަށް
06 ޖުލައި 2022

އިތުރު އެއް އަހަރު އޭސީ މިލާންގައި މަޑުކުރުމަށް އިބްރަހިމޮވިޗް ނިންމައިފި

06 ޖުލައި 2022
އިތުރު އެއް އަހަރު އޭސީ މިލާންގައި މަޑުކުރުމަށް އިބްރަހިމޮވިޗް ނިންމައިފި
15 ސެޕްޓެމްބަރު 2021

އިބްރަހިމޮވިޗަށް ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ

15 ސެޕްޓެމްބަރު 2021
އިބްރަހިމޮވިޗަށް ލިވަޕޫލާ ދެކޮޅަށް ނުކުޅެވޭނެ
26 މެއި 2021

މައްސަލަ ބަލައި ޔުއެފާއިން އިބްރަހިމޮވިޗް ޖޫރިމަނާކޮށްފި

26 މެއި 2021
މައްސަލަ ބަލައި ޔުއެފާއިން އިބްރަހިމޮވިޗް ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު