Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ ހޯދަން މަސައްކަތްކުރުން

ހާލަންޑާއެކު މެސީ ގެންނަންވެސް ސިޓީ ބޭނުންވޭ

1 އެޕްރީލު 2021 | ބުރާސްފަތި 17:51

ޑޯޓްމުންޑުން ހާލަންޑް ވިއްކާނީ 180 މިލިޔަން ޔޫރޯއަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 އެޕްރީލު 2021 | ބުރާސްފަތި 17:51
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ

ކުރިއަށް އޮތް ސީޒަނަށް ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑާއެކު ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ގެންނަންވެސް މެންޗެސްޓާ ސިޓީން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ބާސާ ދޫކޮށްލަން މެސީ ނިންމުމާއެކު، އެ ފަހަރު ސިޓީން ވަނީ މެސީ ހޯދަން މަސައްކަތް ފަށާފައެވެ. އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެ ފަހަރު އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކޮށްފައެވެ. އެކަމަކު މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ބަދަލުކުރުމުގެ ފުރުޞަތު މެސީއަށް ލިބެއެވެ.

ސިޓީން ހާލަންޑް ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފައިވަނީ މި ސީޒަނަށްފަހު މެންޗެސްޓާ ސިޓީ ދޫކޮށްލަން އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ނިންމުމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން އަންނަ ސީޒަނަށް ބޮޑު ޚަރަދެއް ކުރަން ސިޓީން ތައްޔާރުވަމުން އަންނައިރު، ހާލަންޑާއެކު މެސީ ހޯދަން ސިޓީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު އަގުބޮޑު ދެ ކުޅުންތެރިއަކު ހޯދައިފިނަމަ، ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ސިޓީ ޚިލާފުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީއަށް ސިޓީއާ ގުޅުމުގެ ފުރުޞަތު އޮތް ނަމަވެސް، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި ޑޯޓްމުންޑުން ހާލަންޑް ވިއްކާނީ 180 މިލިޔަން ޔޫރޯއަށް ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

މެސީ ހޯދަން ސިޓީން އަދިވެސް މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން މެސީގެ ވިސްނުން މިހާރު ހުރީ 2023 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މަޑުކުރުމަށްފަހު، އޭގެ ފަހުން އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) އަށް ބަދަލުވުމަށެވެ. އަދި އަގުއޭރޯ ހޯދުމަށް ބާސާއިން މަސައްކަތް ކުރަމުން އަންނައިރު، އަންނަ ސީޒަނުގައި ގާތް ދެ އެކުވެރިން ކަމަށްވާ އަގުއޭރޯ އާއި މެސީ، އެއް ކުލަބަކުން ފެނިގެންދިޔުން ގާތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލިއޮނެލް މެސީމެންޗެސްޓަރ ސިޓީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް