Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއާރްއެމް ބަޔާން

ކުރީގެ މިނިސްޓަރ އާތިފާއާ ގުޅިގެން ރައީސް ނަޝީދު ދެއްކެވި ވާހަކައަށް އެމްއާރްއެމުން ރައްދު ދީފި

2018 ގެ ރިޔާސީ އިންތިޚާބަށް ކޯލިޝަން ޕާޓީތައް ގުޅިގެން އެކުލަވާލި މެނިފެސްޓޯ ހެދުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 1 އެޕްރީލު 2021 | ބުރާސްފަތި 10:53
ކުރީގެ ރައީސް މައުމޫން. ކުރީގެ ހައުސިން މިނިސްޓަރ އާތިފަ

ކުރީގެ ރައީސް މައުމޫން. ކުރީގެ ހައުސިން މިނިސްޓަރ އާތިފަ

ކުރީގެ ހައުސިންގ މިނިސްޓަރ އާތިފާ ޝުކޫރު ކުރެއްވި ޚިދުމަތްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް އެމްއާރުއެމުން ރައްދު ދީފިއެވެ.

އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުރީގެ ހައުސިން މިނިސްޓަރ ޢާޠިފާ އަކީ 2018 ގެ ރިޔާސީ އިންތިޚާބަށް ކޯލިޝަން ޕާޓީތައް ގުޅިގެން އެކުލަވާލި މެނިފެސްޓޯ ހެދުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށެވެ. ޢާތިފާ އަކީ ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރި ކަމާއެކު، ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވަމުން ގެންދެވި ތަޖުރިބާހުރި، ހީވާގި ބޭފުޅެއްކަމަށް ބުނެފައިވެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރަކަށް އެކަމަނާ ޢައްޔަން ކުރެއްވުމުން، މިނިސްޓަރުކަމުގެ މަގާމުގެ ޒިންމާތައް، ނުފޫޒުން އެއްކިބާވެ ހުންނަވައިގެން، ވަރަށް ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރެއްވި ބޭފުޅެއްކަމަށް ބަޔާނުގައިވެއެވެ.

މީގެއިތުރުން، ކިޔޫ ހަދައިގެން ތޮއްޖެހިގެން ނުތިބެ ރައްޔިތުންނަށް ފްލެޓު ތަކަށް އެދެވޭނެ އޮންލައިން އިންތިޒާމު ހަމަޖައްސަވައި ދެއްވުމާއި، ރައްރަށުގައި ހުރި ގެދޮރުވެރި ކަމުގެ މައްސަލަތައް ހައްލު ކުރުމަށް ކުރެއްވި މަސައްކަތުގައި ރައްޔިތުންގެ ގާތަށް ވަޑައިގެން އެމީހުންގެ ޙިޔާލު ހޯއްދެވިކަންވެސް އެމްއާރުއެމްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ރައްޔިތުންނަށް ފްލެޓް ދިނުމުށް އެކުލަވާލި ކޮމިޓީއަކީ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން އެކުލަވާލި ކޮމިޓީއަކަށްވާއިރު، ކޮމިޓީގެ މަސައްކަތް ތަކުގައި ވެސް އެކަމަނާ އިޙުލާސްތެރިކަމާއެކު މަސައްކަތް ކުރެއްވިކަމީ މިސަރުކާރުގެ އެންމެ އިސް ބޭފުޅުން ދަންނާނެ ހަޤީޤަތެއްކަމަށް ބުނެފައިވެއެވެ.

މިނިސްޓަރު ޢާޠިފާ ގެ މިޖާޒުފުޅުގައި ހުންނަ އޯގާތެރިކަމާއި މީހުންނާ ބަހައްޓަވައި ގާތްކަން އެކަމަނާ ވަޒީރުކަމުގައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވި އިރު ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން ދިޔައިރު، ގެދޮރުގެ ދަތިކަން ތަޙައްމަލު ކުރަމުން ގެންދާ ވަކިވަކި ފަރުދުންނާއި ރައްރަށުގެ ކައުންސިލް ތަކުން އެކަމަނާގެ އަރިހަށް ހުށަހެޅުމުންދިޔަ ކަންބޮޑުވުންތައް ސީދާ އަޑުއައްސަވައި، ކަންކަން އޮޅުންފިލުއްވައި ދެއްވަމުން ގެންދެވިކަމަށްވެސް އެމްއސާރުއެމް އިން ބުނެފައިވެއެވެ.

އެމްއާރުއެމްއިން ބުނެފައިވަނީ ސިޔާސީ ބޭނުމަށް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ސިޔާސީ އިސްބޭފުޅުން އިތުރުފުޅު ހައްދަވައިގެން ވާހަކަފުޅުދެއްކެވުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އެމްއާރުއެމްއިން ވަނީ ގޮވާލާފައެވެ. އަދި ހަމަ އެހެންމެ، އެމްއާރުއެމްގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރައީސުލް ޖުމްހޫރިއްޔާގެ އިރުޝާދާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ މެނިފެސްޓޯގައި ވާ ކަންކަން އިޙްލާޞްތެރި ކަމާއެކު ތަންފީޒު ކުރުމަށް ކަމަށާއި، އަދި ދިވެހި އެއްވެސް ރައްޔިތަކަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން، އެމް.އާރް.އެމް އިން ވަނީ ރައްޔިތުންނަށް ޔަގީންކަން ދެއްވާފައެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2023

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

20 ސެޕްޓެމްބަރު 2023
ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް
06 އޯގަސްޓު 2023

ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން

06 އޯގަސްޓު 2023
ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން
19 ޖުލައި 2023

އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި

19 ޖުލައި 2023
އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި
25 ޖޫން 2023

އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

25 ޖޫން 2023
އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި
24 ޖޫން 2023

ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް

24 ޖޫން 2023
ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް
23 ޖޫން 2023

އެމްއާރުއެމް އުވާލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓައިފި

23 ޖޫން 2023
އެމްއާރުއެމް އުވާލުން ފަސްކުރަން ނެރުނު އަމުރު ދަމަހައްޓައިފި
25 މެއި 2023

އެމްއާރްއެމްގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެޕާޓީން އެދިއްޖެ

25 މެއި 2023
އެމްއާރްއެމްގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެޕާޓީން އެދިއްޖެ
25 މެއި 2023

5000 ފޯމެއް ހުށަނާޅާ، އެމްއާރުއެމް އުވާލި މައްސަލައާއި މެދު ޗެލެންޖު ކުރައްވަން ބޭނުންނަމަ އެކަން ކުރައްވާ - ހަބީބު

25 މެއި 2023
5000 ފޯމެއް ހުށަނާޅާ، އެމްއާރުއެމް އުވާލި މައްސަލައާއި މެދު ޗެލެންޖު ކުރައްވަން ބޭނުންނަމަ އެކަން ކުރައްވާ - ހަބީބު
24 މެއި 2023

އެމްއާރްއެމް އުވާލާފައިވަނީ ސިޔާސީ ނުފޫޒުން، އެނިންމުން ބަލައި ނުގަންނަން: ފާރިސް

24 މެއި 2023
އެމްއާރްއެމް އުވާލާފައިވަނީ ސިޔާސީ ނުފޫޒުން، އެނިންމުން ބަލައި ނުގަންނަން: ފާރިސް
24 މެއި 2023

3000 މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލައިފި

24 މެއި 2023
3000 މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް