Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއާރުއެމް އުވާލުން

5000 ފޯމެއް ހުށަނާޅާ، އެމްއާރުއެމް އުވާލި މައްސަލައާއި މެދު ޗެލެންޖު ކުރައްވަން ބޭނުންނަމަ އެކަން ކުރައްވާ - ހަބީބު

ހުށަހެޅި 140 ފޯމް، އެއަށްވުރެ ގިނަ މީހުން ވަކިވެއްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 މެއި 2023 | ބުރާސްފަތި 02:46
ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވުމުން އެމްއާރުއެމް އުވާލި މައްސަލައިގައި އެ ޕާޓީން އަންނަނީ އިލެކްޝަނަށް ތުހުމަތުތަކެއް ކުރަމުން

ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވުމުން އެމްއާރުއެމް އުވާލި މައްސަލައިގައި އެ ޕާޓީން އަންނަނީ އިލެކްޝަނަށް ތުހުމަތުތަކެއް ކުރަމުން

މޯލްޑިވްސް ރިޕޯމް މޫވްމަންޓުން 5000 ފޯމް ހުށަހެޅިކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި، ޕާޓީ އުވާލި މައްސަލައިގައި ޗެލެންޖު ކުރައްވަން ބޭނުންވާނަމަ އެކަން ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު އެދިވަޑައިގަންނަވައިފިއެވެ.

އެމްއާރުއެމް އުވާލާފައިވަނީ ވަކި ނުފޫޒެއްގެ ދަށުން ކަަމަށާއި، އެއީ ކޮރަޕްޓް ނިންމުމެއްކަމަށް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން، އެފަދައިން ވިދާޅުވާއިރު، ގާނޫގައި އޮންނަނީ 3000 މެންބަރުން ހަމަނުވާކަމުގައިވާނަމަ ޕާޓީ އުވާލާނެކަމާއި، އެއީ އިލެކްޝަންސް ކޮމިޝަނަށް އޮތް ޗޮއިސްއެއް ނޫންކަން ފާރިސް އަށް އެނގިވަޑައިގަންނަވާނެކަމަށެވެ. ހަބީބު ވިދާޅުވީ އެމްއާރުއެމް ޕާޓީއެއްގެ ގޮތުގައި ބާއްވާކަށް ވެސް އަދި ނުބާއްވާކަށް ވެސް، އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ބައެއްގެ ނުފޫޒެއް ނެތް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އަންގާފައިވެސް ނެތް ކަމަށާއި، އެންގި ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަކީ ގާނޫނުގައި އޮންނަ މަތިން ހުވަޔާ އެއްގޮތަށް އަމަލުކުރަމުންދާ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގިނަ ފަހަރު ފުޓްބޯޅަ މެޗުން ބަލިވީމަ ރެފްރީ ގޯސްވާ ކަމަށާއި، އެމްއާރުއެމްގެ މައްސަލައިގައިވެސް ވެގެން އުޅެނީ އެގޮތަށް ކަމަށް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ ކޮމިޝަންގެ މެންބަރުންގެ ކޮރަޕްޝަންގެ މައްސަލައެއް އޮތިއްޔާ ކުރިން އެ މައްސަލަ އޭސީސިއަށް ހުށަނޭޅުއްވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. އަދި މިހާރުވެސް އޭސީސީއާއި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންވީ ކަމަށާއި، އިލެކްޝަނުން ނިންމި ނިންމުމަކީ އެބޭފުޅުން ހިތްހަމަނުޖެހޭ ނިންމުމެއް ނަމަ، ވަގަށް ގޮވުމުގެ ބަދަލުގައި ދާންޖެހޭގޮތަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ހަބީބު ވިދާޅުވީ ލިޔުން ފޮނުއްވި ކަމަށާއި، އަތުގައި ލިޔުން އޮންނަ އިރުވެސް އެފަދަ ވާހަކަތައް ދެކެވިދާނެ ކަމަށެވެ. އެހެންނަމަވެސް އެކަހަލަ އަޑެއް އިވިދާނެތީ، ކޮމިޝަންގެ ޖަލްސާ ނިމުމާއެކީގައި ސިޔާސީ ޕާޓީއަކަށް އެކަން ދިމާވީމަ އޭނާ އަމިއްލައަަށް ގުޅާފައި އެވާހަލަ ދެންނެވި ކަމަށެވެ. އަދި އެހާ ހިސާބުން ވެސް އެބޭފުޅާ [ފާރިސް] ކޯފާވެފައި އެއްޗެހި ވިދާޅުވާން ފެއްޓެވި ކަމަށެވެ.

ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުވާލަންޖެހުމަކީ ކޮމިޝަނުން ހިތާމަކުރާ ކަމެއް ކަމަށެވެ. ޕާޓީ އުވާލަން ނިންމި އިރު ވެސް އަދި އުވާލަން މަސައްކަތް ކުރި އިރުވެސް އެކަން ކުރީ ހިތާމައާއެކުގައި ކަމަށާއި، ހިނގަ ހިނގާ އޮތް ޕާޓީއެއް އުވާލުމަކީ ކޮމިޝަނުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. ނަމަވެސް ކޮމިޝަނަށް އަމަލުކުރަން އޮންނަނި ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެމްއާރުއެމްގެ މެންބަރުންނާއި އިސް ސަފުގައި ތިއްބެވި ފޭޅުން ޕާޓީގައި ތިބެން ބޭނުން ނުގެވެން، މެންބަރުން ވަކިވާން އެދުނީމަ ވަކިކޮށްދެއްވަފައިވާ ކަމަށެވެ. ޕާޓީން ވަކިވާން އެދިއްޖެއްޔާ އެކަން ކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް ލާޒިމުކަމެއް ކަމަށެވެ. އަދި މިފަހުން 5000ށް ވުރެ ގިނަ ފޯމް ހުށަހެޅިކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ހަބީބު ވިދާޅުވީ ކޮމިޝަނުގެ ނިންމުމަށް ޗެލެންޖް ކުރައްވަން ބޭނުންވާނަމަ، ކުރައްވަންވީ ކަމަށެވެ. އެއީ ކޮމިޝަނުން ކަންބޮޑުވާކަމެއް ނޫން ކަމަށާއި ޕާޓީ އުވާލާފައިވަނީ އޮންނަ ހަމަތަކުގެ މަތިން ކަމަށެވެ. ނަމަވެސް އޮޅުވާލުމަށް މަސައްކަތް ކުރެއްވީމަ ހިތާމަވެރި ކަމަށެވެ. ހަބީބު ވިދާޅުވީ އެމްއާރުއެމް އުވާލަން ނިންމުމާއި ގުޅިގެން ސިޔާސި ހަރަކާތް ނުބާއްވަން އަންގާފައިވާނެ ކަމަށާއި، ޕްރެސް ކޮންފަރެންސެއްވެސް އެމްއާރުއެމްގެ ނަމުގައި ނުބޭއްވޭނެ ކަމަށެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިލެކްޝަންސް ކޮމިޝަންސިޔާސީ ޕާޓީފާރިސް މައުމޫންރައީސް މައުމޫން އަބްދުލް ގައްޔޫމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު