Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފައިޒަރ ވެކްސިންގެ އަސަރުކުރާ މިންވަރު

އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން 100 އިންސައްތަ ކާމިޔާބު

1 އެޕްރީލު 2021 | ބުރާސްފަތި 04:05

ޓްރެއަލްގެ ފޭސް ތިނެއްގައި އެމެރިކާގެ 2260 ކުދިންގެ ގަޔަށް ވެކްސިން ޖަހައިގެން ޓެސްޓްކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 އެޕްރީލު 2021 | ބުރާސްފަތި 04:05
ފައިޒަރ ވެކްސިންގެ ސާމްޕަލެއް

ފައިޒަރ ވެކްސިންގެ ސާމްޕަލެއް

އުމުރުން 12 އަހަރާއި 15 އަހަރުގެ ކުދިންނަށް ފައިޒަރ ވެކްސިން ޖަހައިގެން ކުރިޔަށް ގެންދިޔަ ޓެސްޓްތަކުގައި ކޮވިޑް-19 އާ ދެކޮޅަށް އެވެކްސިން 100 އިންސައްތަ އަށް މަސައްކަތްކުރާކަމަށް ފައިޒަރ އިން ބުނެފިއެވެ.

ފައިޒަރ އަދި ޖަރުމަނުގެ ބައޯއެންޓެކުން އުފައްދާފައިވާ ވެކްސިން ކުޑަކުދިންނަށް ޖަހައިގެން މަސައްކަތްކުރާ މިންވަރު ބަލާފައި މިވަނީ އަންނަ އަހަރު ސްކޫލްތައް ހުޅުވެންވާއިރަށް އެ އުމުރުފުރައިގެ ކުދިންނަށް ވެކްސިން ދެވިދާނެތޯ ބެލުމުގެ ގޮތުންނެވެ.

އާންމު ގޮތެއްގައި އުފައްދާފައި ހުރި ވެކްސިންތައް އުފައްދާފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންގެ ގަޔަށް ޖެހުމަށެވެ.

ފައިޒަރ ވެކްސިން ކުޑަކުދިންގެ ގަޔަށް ޖެހުން ރަނގަޅުތޯ ބެލުމަށް ކުރިޔަށް ގެންދިޔަ ޓްރެއަލްގެ ފޭސް ތިނެއްގައި އެމެރިކާގެ 2260 ކުދިންގެ ގަޔަށް ވެކްސިން ޖަހައިގެން ވެކްސިން މަސައްކަތްކުރާ މިންވަރު ވަނީ ބަލާފައެވެ.

މިޓެސްޓުގެ ނަތީޖާ ހާމަކުރަމުން ފައިޒަރ އަދި ބައޯއެންޓެކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ, ފައިޒަރ ވެކްސިން ކޮވިޑާއި ދެކޮޅަށް 100 އިންސައްތަ މަސައްކަތްކުރި ކަމަށާއި ވައިރަސް އާ ދެކޮޅަށް އެންޓިބޮޑީސް އުފައްދައިދިންކަމަށެވެ.

އެހެންކަމުން ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ކުޑަކުދިންގެ ގަޔަށް މިވެކްސިން އެމަރޖެންސީކޮށް ޖެހުމުގެ ހުއްދައަށް އެދި ހުށަހަޅާނެކަމަށް ފައިޒަރގެ ޗީފް އެގްޒެކެޓިވް އަލްބަރޓް ބިއަލޯ ވިދާޅުވިއެވެ. މީގެއިތުރުން އަންނަ އަހަރު ސްކޫލްތައް ހުޅުވެންވާއިރަށް ސްކޫލްތަކުގެ ކުދިންނަށް ވެކްސިން ދިނުމަށް ހުއްދައަށް އެދި އެކި ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށް އަލްބަރޓް ވިދާޅުވިއެވެ.

ޖަރުމަނުގެ ބައޯއެންޓެކްގެ ޗީފް އެގްޒެކެޓިވް އުރް ސަހިން ވިދާޅުވީ ފުރާވަރު އުމުރުފުރައިގެ ކުދިންނަށް ވެކްސިން މަސައްކަތްކުރާ މިންވަރު ރަނގަޅުކަން އެނގިގެންދިޔުމަކީ އުންމީދީ ޚަބަރެއްކަމަށެވެ. ވަކިން ޚާއްސަކޮށް ޔޫކޭ ވޭރިއަންޓްގެ ސަބަބުން ވައިރަސް ފެތުރުން އެތައް ގުނައަކަށް އިތުރުވެފައިވާއިރު މިއީ ލިބުނު ރަނގަޅު ސިގްނަލެއްކަމަށް އުރް ސަހިން ވިދާޅުވިއެވެ.

ފައިޒަރ ވެކްސިނަކީ ހުޅަނގުގެ ގައުމުތަކުން އެންމެ ފުރަތަމަ ބޭނުންކުރުމުގެ ހުއްދަ ދިން ވެކްސިނެވެ. އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންގައި ވަނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ފައިޒަރ ވެކްސިން ދިނުމުގެ ހުއްދަދީފައެވެ. ފައިޒަރ ވެކްސިން ދުނިޔޭގެ 65 ގައުމަށްވުރެ ގިނަ ގައުމުތަކުގެ އެތައް މިލިއަން ބަޔަކަށް އަންނަނީ ޖަހަމުންނެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކަށް އެންމެ އަވަހަށް ފައިޒަރ ވެކްސިން ދީފައިވާ ގައުމުކަމަށްވާ އިސްރާއީލުން ހާމަކޮށްފައިވާ ޑާޓާތަކަށް ބަލާއިރު ފައިޒަރ ވެކްސިން ވައިރަސް އާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ހުރީ 94 އިންސައްތައިގައެވެ. އެގައުމުގެ 1.2 މިލިއަން މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

އަންގާރަ ދުވަހު ފައިޒަރ އިން ބުނެފައިވަނީ މިއަހަރުތެރޭގައި 2.5 ބިލިއަން ޑޯޒް އުފައްދާނެކަމަށެވެ.

އަނެއްކޮޅުން ފައިޒަރ އިން ވަނީ މިދިޔަ ހަފްތާގައި އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދީގެން ޓެސްޓްކުރަން ފަށާފައެވެ. މިދިރާސާގައި އުމުރުން ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިންގެ އިތުރުން އުމުރުން ހަ މަހުގެ ކުދިންވެސް ބޭނުންކުރާނެކަމަށް އެކުންފުނިން ބުނެއެވެ.

ކޮވިޑް-19 ވެކްސިންފައިޒަރ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
17 އޯގަސްޓު 2022

އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު

17 އޯގަސްޓު 2022
އެންމެ ރަނގަޅަށް ކޮވިޑް19 މެނޭޖުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ: މިނިސްޓަރު
17 އޯގަސްޓު 2022

ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި

17 އޯގަސްޓު 2022
ރާއްޖޭގައި 166,271 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަކޮށްފި
16 އޯގަސްޓު 2022

ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ

16 އޯގަސްޓު 2022
ޑުއަލް ވެކްސިންއެއް ހުއްދަކުރި ފުރަތަމަ ގައުމަކަށް ޔޫކޭ
15 އޯގަސްޓު 2022

ފައިޒަރ ގެ ސީއީއޯ ކޮވިޑް-19 އަށް ޕޮޒިޓިވް

15 އޯގަސްޓު 2022
ފައިޒަރ ގެ ސީއީއޯ ކޮވިޑް-19 އަށް ޕޮޒިޓިވް
15 އޯގަސްޓު 2022

ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް

15 އޯގަސްޓު 2022
ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް
01 އޯގަސްޓު 2022

ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒު ޖެހީ 96 މީހުން

01 އޯގަސްޓު 2022
ފާއިތުވި ހަފުތާގައި ބޫސްޓަރ ދެވަނަ ޑޯޒު ޖެހީ 96 މީހުން
07 ޖުލައި 2022

އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ

07 ޖުލައި 2022
އީދު ބަންދާ ގުޅިގެން ވެކްސިން ސެންޓަރުތައް ބަންދުވާނެ: އެޗްޕީއޭ
13 ޖޫން 2022

ފައިޒަރ ވެކްސިން ކުޑަކުދިންނަށްވެސް ރައްކާތެރި: އެފްޑީއޭ

13 ޖޫން 2022
ފައިޒަރ ވެކްސިން ކުޑަކުދިންނަށްވެސް ރައްކާތެރި: އެފްޑީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް