Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދުނިޔޭގެ އެންމެ ބޮޑު ޖަވާހިރު

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޖަވާހިރު ބޮޓްސްވާނާއިން ހޯދައިފި

މި ޖަވާހިރަކީ 1905 ވަނަ އަހަރު ދެކުނު އެފްރިކާއިން ފެނުނު 3،106 ކެރެޓް ހުރި ޖަވާހިރަށް ފަހު ދުނިޔޭން ފެނުނު އެންމެ ބޮޑު ޖަވާހިރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާއްޖެ އެމްވީ | 23 އޯގަސްޓު 2024 | ހުކުރު 13:56
ދުނިޔޭގެ އެންމެ ބޮޑު ޖަވާހިރު

ދުނިޔޭގެ އެންމެ ބޮޑު ޖަވާހިރު

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޖަވާހިރު ބޮޓްސްވާނާއިން ހޯދައިފިއެވެ.

2،492 ކެރެޓް ހުރި މި ޖަވާހިރު ހޯދީ ކެނެޑާގެ މައިނިންގ ކުންފުނި "ލުކާރާ ޑައިމަންޑް" އިން އެކްސްރޭ ޑިޓެކްޝަން ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަމަށް އެ ކުންފުނިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި ޖަވާހިރަކީ 1905 ވަނަ އަހަރު ދެކުނު އެފްރިކާއިން ފެނުނު 3،106 ކެރެޓް ހުރި ޖަވާހިރަށް ފަހު ދުނިޔޭން ފެނުނު އެންމެ ބޮޑު ޖަވާހިރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލުކާރާ ބޮޓްސްވާނާގެ މެނޭޖިންގ ޑައިރެކްޓަރ ނަސީމް ލަހްރީ ވަނީ އަތްތިލައިގެ ބޮޑުމިނުގެ މި ޖަވާހިރު ބޮޓްސްވާނާގެ ރައީސް މޮކްވެޓްސީ މަސީސީގެ އޮފީހުގައި ބުރާސްފަތި ދުވަހު ދައްކާލާފައެވެ.

ބުރާސްފަތި ދުވަހު މި ހޯދުން އިޢުލާނުކުރުމުގެ ކުރިން، ބޮޓްސްވާނާއިން ފެނުނު އެންމެ ބޮޑު ޖަވާހިރަކީ 2019 ވަނަ އަހަރު އެ ގައުމުން ހޯދި 1,758 ކެރެޓްގެ ޖަވާހިރެވެ. މި ޖަވާހިރަށް ދީފައިވާ ނަމަކީ ސެވެލޯއެވެ.

މި ކުންފުނިން ބޮޓްސްވާނާ އިން ޖަވާހިރު ހޯދަން ފެށީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް 216 ޖަވާހިރު އެ ގައުމުން ހޯދާފައިވާއިރު އެއިން ކޮންމެ ޖަވާހިރެއް ވިއްކާފައިވަނީ 1 މިލިއަން ޑޮލަރަށްވުރެ ބޮޑު އަގެއްގައެވެ. އަދި އޭގެ ތެރެއިން 11 ޖަވާހިރު ވިއްކާފައިވަނީ ކޮންމެ އެއްޗެއް 10 މިލިއަން ޑޮލަރަށްވުރެ ބޮޑުކޮށް ކަމަށް އެ ކުފުންފުނިން ނެރުނު ބަޔާނުގައި ވެއެވެ.

ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކުރި ގޮތުގައި ލަފާކުރެވޭ ގޮތުގައި ބޮޓްސްވާނާ އިން ބުރާސްފަތި ދުވަހު އިއުލާން ކުރި ޖަވާހިރުގެ އަގު 40 މިލިއަން ޑޮލަރަށްވުރެ މަތިވެދާނެއެވެ.

ބޮޓްސްވާނާއަކީ ދުނިޔޭގައި އެންމެ ގިނައިން ޖަވާހިރު އުފައްދާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖަވާހިރަކީ އެ ޤައުމުގެ މައިގަނޑު އާމްދަނީގެ ވަސީލަތެވެ. އެ ޤައުމުގެ ޖީޑީޕީގެ 30 އިންސައްތަ އަދި އެކްސްޕޯޓުގެ 80 އިންސައްތަ ހިއްސާކުރަނީ ޖަވާހިރެވެ.

2.5 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ބޮޓްސްވާނާ އަކީ، 1966 ގައި އިނގިރޭސިންގެ ކިބައިން މިނިވަންކަން ލިބުނުފަހުން ފަގީރު ގައުމެއްގެ ގޮތުގައި ބެލެވޭ ގައުމެކެވެ.

ބޮޓްސްވާނާ އިން ބޭރުގެ ގައުމުތަކުގެ މައިނިންގ ކުންފުނިތަކުން ހޯދާ ޖަވާހިރުން އެ ގައުމަށް ރޯޔަލްޓީގެ ގޮތުގައި ލިބެނީ އެ އެއްޗެއްގެ އަގުގެ 10 އިން ސައްތަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި

ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި

13 ފެބުރުއަރީ 2017
އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު