Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޮވިޑް ވެކްސިން 217 ފަހަރު ޖެހުން

ޖަރުމަނު މީހަކު 217 ފަހަރު ކޮވިޑް ވެކްސިން ޖަހައިފި

6 މާރިޗު 2024 | ބުދަ 15:59

މިގޮތަށް ގިނަ ފަހަރު ވެކްސިން ޖެހުމަކީ އެފަރާތްތަކުން ތާއީދު ކުރާކަމެއް ނޫން ކަމަށް ޑޮކްޓަރުން ބުނެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 6 މާރިޗު 2024 | ބުދަ 15:59
ވެކްސިން ޖަހަން ތައްޔާރުކުރަނީ

ވެކްސިން ޖަހަން ތައްޔާރުކުރަނީ

އުމުރުން 62 އަހަރުގެ ޖަރުމަނު މީހަކު 217 ފަހަރު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް ޑޮކްޓަރުން ރިޕޯޓް ކޮށްފިއެވެ. ލާންސެޓް އިންފެކްޝަސް ޑިޒީޒް ޖަރނަލްގައި ރިޕޯޓްކޮށްފައި ވާގޮތުން އެމީހާ އެކަން ކުރީ އެގޮތަށް އެކަން ނުކުރުމަށް ސިއްހީ ލަފާވެސް ދީފައި ވަނިކޮށެވެ. އޭނާ ވެކްސިން ޝޮޓްތައް ގަނެފައިވަނީ އަމިއްލައަށް ކަމަށާއި، އަދި ވެކްސިންތައް ޖަހާފައިވަނީ 29 މަސްދުވަހުގެ މުއްދަތެއްގެތެރޭގައި ކަމަށް، ޖަރނަލްއާ ހަވާލާ ދީ ޚަބަރު ލިބެއެވެ. ރިސަރޗަރުން ރިޕޯޓް ކޮށްފައި ވާގޮތުގައި އެހާ ގިނަ ފަހަރު ކޮވިޑް ވެކްސިން ޖެހިނަމަވެސް އޭނާގެ ކިބައިން އެކަމުގެ ނޭދެވޭ އަސަރެއް ނުފެނެއެވެ.

ޔުނިވަރސިޓީ އޮފް އާލަންގަންގެ ޑޮކްޓަރ ކީލިއަން ސްކޯބަރ ބުނެފައިވާގޮތުގައި މި މީހާގެ ޚަބަރު ފުރަތަމަ ދުށީ ނޫހަކުންނެވެ. އެއަށްފަހު އޭނާއާ ގުޅައި، އާލަންގަންގެ މައިކްރޯ ބަޔޮލޮޖީ ޑިޕާޓްމަންޓްގައި ޓެސްޓްތައް ހެދުމުގެ ދައުވަތު ދިނެވެ. އަދި އޭނާވެސް އެކަމަށް ޝައުގުވެރިވި ކަމަށް ޑޮކްޓަރު ބުނެފައި ވެއެވެ.

މި ޓެސްޓްތައް ހެދުމުގައި ވަގުތުން ލެޔާއި ކުޅުގެ ސާމްޕަލްތައް ނެގުމުގެ އިތުރުން، ކުރިން ނަގައި ރައްކާކޮށްފައި ހުރި އޭނަގެ ލޭގެ ސާމްޕަލްތަކެއް ހޯދައި ޓެސްޓްކޮށްފައި ވެއެވެ.

ޑޮކްޓަރ ސްކޯބަރ ބުނެފައިވާގޮތުގައި، ޑޮކްޓަރުން ކަންބޮޑުވީ އިމިއުން ސިސްޓަމަށް އެހާވަރަށް "ސްޓިމިއުލޭޝަން" ދިނުމުން ބައެއް ސެލްތައް ވަރުބަލިވެ، އޭގެ މަސައްކަތް ހުއްޓާލަފާނެތީއެވެ. ނަމަވެސް މިފަދަ ކަމެއް އެމީހާގެ ކިބައިން ނުފެނުނު ކަމަށް ޑޮކްޓަރ ސްކޯބަރ ބުނެފައި ވެއެވެ. އަދި އޭނާއަށް އެއްފަހަރުވެސް ކޮވިޑް ޖެހުނު ކަމުގެ ނިޝާނެއްވެސް ފެންނަން ނެތް ކަމަށް ޑޮކްޓަރު ބުނެފައި ވެއެވެ.

ރިސަރޗަރުން ބުނެފައިވާ ގޮތުގައި މި ކޭހުން ދޭން ބޭނުން މުހިންމު އެއް މެސެޖަކީ މިގޮތަށް ގިނަ ފަހަރު ވެކްސިން ޖެހުމަކީ އެފަރާތްތަކުން ތާއީދު ކުރާކަމެއް ނޫންކަމެވެ. އަދި އެފިރިހެންމީހާގެ ޓެސްޓްތަކުން އެކަނި، އެފަދަ ނިންމުމެއް ނިންމާވަރަށް މައުލޫމާތު ލިބިފައި ނުވާކަމަށް ރިސަރޗަރުން ބުނެފައި ވެއެވެ.

ފަހުގެ ރިސަރޗްތައް ދައްކާގޮތުން ވެކްސިން ދޭންޖެހޭ ގޮތަކީ ތިން ޑޯޒް ކަމަށާއި، ވަލްނަރަބަލް ގްރޫޕްތަކަށް ގަވާއިދުން ޓޮޕްއަޕް ކުރުން ކަމަށާއި، މިއަށްވުރެ އިތުރަށް ވެކްސިން ދޭންޖެހޭ ކަމުގެ އިޝާރާތެއް ލިބިފައިނުވާކަމަށް ރިސަރޗަރުން ބުނެފައި ވެއެވެ.

މައުލޫމާތު: ބީބީސީ  

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2017

އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ

14 ޖުލައި 2017
އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ
07 ޖޫން 2017

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

07 ޖޫން 2017
ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ
18 މެއި 2017

ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

18 މެއި 2017
ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި
12 މެއި 2017

ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

12 މެއި 2017
ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ
28 އެޕްރީލު 2017

ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި

28 އެޕްރީލު 2017
ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި
10 އެޕްރީލު 2017

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟
16 މާރިޗު 2017

ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ

16 މާރިޗު 2017
ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ
06 މާރިޗު 2017

ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

06 މާރިޗު 2017
 ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!
05 މާރިޗު 2017

ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

05 މާރިޗު 2017
ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި
08 ޖެނުއަރީ 2017

"ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ

08 ޖެނުއަރީ 2017
 "ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް