Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލަ

ޖޯޖް ފްލޮއިޑް މަރާލި ފުލުސް މީހާ އަށް 22 އަހަރާއި ބައިގެ ޖަލުގެ ހުކުމެއް

ޑެރެކްގެ މައްޗަށް ސާބިތުވެފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 ޖޫން 2021 | ހޮނިހިރު 02:18
ފްލޮއިޑް މަރާލިކަމުގުގެ ކުށް ސާބިތުވެފައިވާ ފުލުސް އޮފިސަރު ޑެރެކް ޝޯވިން

ފްލޮއިޑް މަރާލިކަމުގުގެ ކުށް ސާބިތުވެފައިވާ ފުލުސް އޮފިސަރު ޑެރެކް ޝޯވިން

އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ފުލުސް އޮފިސަރު ޑެރެކް ޝޯވިން އަށް 22 އަހަރާއި ބައިގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މިދިޔަ އަހަރު މިނިއާޕޮލިސް ހިނގާދިޔަ މިހާދިސާއާ ގުޅިގެން ޖޯޖް ފްލޮއިޑް މަރާލިކަމުގެ ކުށް ޑެރެކްގެ މައްޗަށް ސާބިތުވެފައިވަނީ މިއަހަރުގެ އޭޕްރީލް މަހުއެވެ. އެއަށްފަހު ހުކުމް އިއްވުމަށް ޖޫން މަހުގެ 25 ވަނަ ދުވަހު ކުރިޔަށްގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވުމުގެކުރިން ޑެރެކް ވަނީ ވާހަކަދައްކާފައެވެ. އެގޮތުން ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ޑެރެކް ވަނީ ފްލޮއިޑްގެ އާއިލާއަށް ތައުޒިޔާކިޔާފައެވެ.

އުމުރުން 45 އަހަރުގެ ޑެރެކްގެ މައްޗަށް ސާބިތުވެފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މިނިއާޕޮލިސްގެ މަގުމަތީގައި ހިނގާދިޔަ މިހާދިސާގެ މަންޒަރު ބަލަން ހުރި މީހަކު ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯއަކުން ދޮން ނަސްލުގެ ފުލުހަކު ފްލޮއިޑްގެ ކަނދުރާއަށް ކަކުލުން އަރާފައިވާ މަންޒަރު ފެނެއެވެ. އޭނާ ބިންމަތީގައި އޮވެގެން ނޭވާ ނުލެވިގެން އަހަަންނަކަށް ނޭވާވެސް ނުލެވެޔޭ ބުނާ އަޑު ދެތިން ފަހަރަކު އިިވެއެވެ. ފްލޮއިޑް މަރުވެފައިވަނީ ފުލުސް މީހާގެ މި އަމަލުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.

މަންޒަރު ބަލަން ތިބި މީހުން ފްލޮއިޑަށް ނޭވާ ނުލެވޭ ކަމަށް ބުނުމުންވެސް ފުލުސް މީހާ އަޅާ ނުލައެވެ. ނޭވާ ހާސްވެގެން އާދޭސް ކުރިއިރު އޭނާ އޮތީ އަނގަވަތަށް ވައްޓާލައި ފަހަތަށް ބިޑިވެސް އަޅުވައިފައެވެ. އެތަނުން އެމްބިއުލާންސެއްގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ފްލޮއިޑް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ފްލޮއިޑްގެ މަރުގައި އެންމެ އިސްރޯލެއް އަދާކުރި ފުލުސް މީހާއަށް ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ފްލޮއިޑްގެ ދައްތަ ބްރިގެޓް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިހުކުމާއެކު އެނގިގެންދިޔަ ކަމަކީ ފުލުހުން ކުރާ އަނިޔާ މިހާރު އާދައިގެ ކަމެއްގެ ގޮތުގައި ނުނަގާކަމެވެ. ކިތަންމެ ކުޑަމިންވަރަކަށް ފުލުހުން އަނިޔާ ކުރިނަމަވެސް އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ނެގިގެންދާކަމަށް އޭނާގެ ދައްތަ ވަނީ ބުނެފައެވެ.

އެހެންނަމަވެސް އަދިވެސް ކަޅު މީހުންނާއި ދޮން މީހުންގެ މެދުގައި އަމަލުކުރަމުން އަންނަ ތަފާތުކުރުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.

ފްލޮއިޑްގެ އާއިލާގެ ވަކީލު ބެން ކްރަމްޕް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިތާރީޚީ ހުކުމާއެކު މީހުން ޖަވާބުދާރީ ކުރުވާ އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ލިބުން އެއްފިޔަވަޅު ކުރިޔަށް ޖެހިލައިފިކަމަށެވެ. އަދި މީގެކުޑަ ދުވަސްކޮޅެއް ކުރިން ނުވެސްވާނެ ކަމަށް ހީވިފަދަ މުހިންމު ފިޔަވަޅެއް މިހުކުމާއެކު އަޅައިފިކަމަށް ވަނީ ބުނެފައެވެ.

މިނިސޮޓާގެ ގާނޫނު ބުނާގޮތުން ޑެރެކް އަށް އިއްވާފައިވާ 22 އަހަރާއި ބައިގެ ޖަލު ހުކުމުގެ ތެރެއިން 15 އަހަރު އޭނާ ޖަލުގައި ހުންނަންޖެހޭނެއެވެ. އަދި ބަކީ އޮތް 7 އަހަރާއި ބައި އޭނާ ހޭދަކުރާނީ ކޮންގޮތަކަށްތޯ ކަނޑައެޅޭނީ އޭގެފަހުންނެވެ.

ޝަރީއަތުގެ މަޖިލީހުގައި ޕްރޮސެކިޔުޓަރ ވަނީ ޑެރެކް އަށް 30 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެދިފައެވެ.

ޑެރެކްގެ މައްޗަށް އަންނަނީ 2017 ވަނަ އަހަރު އުމުރުން 14 އަހަރުގެ ކުއްޖަކަށްވެސް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ މައްސަލައެއްގެ ޝަރީއަތް ކުރިޔަށް ގެންދަމުންނެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
18 މާރިޗު 2017

ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި

18 މާރިޗު 2017
ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި
10 މާރިޗު 2017

ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި

10 މާރިޗު 2017
ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި
05 މާރިޗު 2017

ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި

05 މާރިޗު 2017
ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު