Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން

ޕޯޗުގަލް، ބެލްޖިއަމް އަދި ނެދަލެންޑްސަށް މޮޅެއް

30 މާރިޗު 2021 | އަންގާރަ 22:33

ނެދަލެންޑްސް މޮޅުވީ ޖިބްރަލްޓާ އަތުން 7-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 މާރިޗު 2021 | އަންގާރަ 22:33
ލަގްޒަމްބާގާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕޯޗުގަލް މޮޅުވީ 3-1 ން

ލަގްޒަމްބާގާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕޯޗުގަލް މޮޅުވީ 3-1 ން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އަންގާރަ ދުވަހުހެރޭ ކުޅުނު މެޗުތަކުން ޕޮޗުގަލާއި، ބެލްޖިއަމް އަދި ނެދަލެންޑްސް މޮޅުވެއްޖެއެވެ.

ގްރޫޕް އޭގައި ހިމެނޭ ޕޯޗުގަލް މޮޅުވީ ލަގްޒަމްބާގް އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.

ލަގްޒަމްބާގުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެ ޤައުމުންނެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ލަގްޒަމްބާގަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ޖާސަން ރޮޑްރިގޭސެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޑިއޯގޯ ޖޮޓާ ވަނީ ޕޯޗުގަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުގައި ޕޯޗުގަލުން ފަހަތުން އަރައި ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައެވެ. މި ލަނޑު އެ ޤައުމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ޖޮއާއޯ ޕަލީނިއާ ޕޯޗުގަލަށް ލީޑު ފުޅާކޮށްދީފައެވެ.

މި ޕޯޗުގަލް މޮޅުވިއިރު، ގްރޫޕް އޭގެ އެއްވަނައިގައި އެ ޤައުމު އޮތީ ކުޅުނު ތިން މެޗުން ލިބު ހަތް ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތް ސާބިއާއަށްވެސް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، އަންގާރަ ދުވަހުހެރޭ ކުޅުނު މެޗުން ސާބިއާ ވަނީ ރަށުން ބޭރުގައި އަޒަރުބައިޖާން އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މީގެ އިތުރުން ގްރޫޕް އީގައި ހިމެނޭ ބެލްޖިއަމް މޮޅުވީ ބެލަރޫސް އަތުން 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އަމިއްލަ ޤައުމުގައި ކުޅުނު މެޗުގައި ބެލްޖިއަމުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި ބެލްޖިއަމުގައި ހާންސް ވަނަކެންނާއި ލެއަންޑްރޯ ޓްރޮސާޑް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ބެލްޖިއަމުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ މިޝީ ބަޓްޝުއާއީ އާއި، ޖެރެމީ ޑޯކޫ އާއި، ޑެނިސް ޕްރައެޓް އަދި ކްރިސްޓިއަން ބެންޓެކޭއެވެ.

މި މެޗުން ފަސޭހަކަމާއެކު ބެލްޖިއަމް މޮޅުވިއިރު، ގްރޫޕް އީގެ އެއްވަނައިގައި އެ ޤައުމު އޮތީ ކުޅުނު ތިން މެޗުން ލިބު ހަތް ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ދެވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުގައި ދެން އޮތް ވޭލްސް އާއި ބެލަރޫސަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މީގެ އިތުރުން ގްރޫޕް ޖީއަށް ބަލާލާއިރު، މި ގްރޫޕުގައި ހިމެނޭ ނެދަލެންޑްސް މޮޅުވީ ޖިބްރަލްޓާ އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ނެދަލެންޑްސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި ނެދަލެންޑްސްގެ މެމްފިސް ޑިޕާއި ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ނެދަލެންޑްސްއިން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ ސްޓީވެން ބެއާހަސް އާއި، ލޫކް ޑި ޔޮންނާއި، ޖިއޮޖީނިއޯ ވައިނަލްޑަމާއި، ޑޮންޔެލް މަލެން އަދި ޑޮނީ ވެން ޑަ ބީކެވެ.

މި މެޗުން ނެދަލެންޑްސް މޮޅުވި ނަމަވެސް، ގްރޫޕް ޖީގެ އެއްވަނައިގައި އޮތީ އަންގާރަ ދުވަހުހެރޭ ލަޓްވިއާއާ 3-3 ގެ ނަތީޖާއަކުން އެއްވަރުވި ތުރުކީއެވެ. އެގޮތުން ތުރުކީއަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ނެދަލެންޑްސްއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ތާވަލުގެ ތިންވަނައިގައި އޮތް މޮންޓެނީގްރޯ އާއި ހަތަރުވަނައިގައި އޮތް ނޯވޭއަށްވެސް ތިން މެޗުން ވަނީ ހަ ޕޮއިންޓް ލިބިފައެވެ.

ވޯލްޑް ކަޕް ކޮލިފައިން

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
22 ނޮވެމްބަރު 2023

އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް

22 ނޮވެމްބަރު 2023
އިސްރާއީލުން ހަމަލާދޭން ފެށިފަހުން ފަލަސްތީން ކުޅުނު ދެވަނަ މެޗު، ބަލިވިޔަސް ފެނުނީ ސަޕޯރޓް
21 ނޮވެމްބަރު 2023

ސޮންގެ ދެ ލަނޑާއެކު، ޗައިނާ އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ

21 ނޮވެމްބަރު 2023
ސޮންގެ ދެ ލަނޑާއެކު، ޗައިނާ އަތުން ސައުތު ކޮރެއާ މޮޅުވެއްޖެ
13 އޮކްޓޯބަރު 2023

ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި

13 އޮކްޓޯބަރު 2023
ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި
13 އޮކްޓޯބަރު 2023

ގަޔަށް ކުޅު ޖެހީ ކާކު ކަމެއް ނޭނގެ، އެކަން ބޮޑު ކަމަކަށް ނުހަދާނަން: މެސީ

13 އޮކްޓޯބަރު 2023
ގަޔަށް ކުޅު ޖެހީ ކާކު ކަމެއް ނޭނގެ، އެކަން ބޮޑު ކަމަކަށް ނުހަދާނަން: މެސީ
13 އޮކްޓޯބަރު 2023

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި
11 އޮކްޓޯބަރު 2023

ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

11 އޮކްޓޯބަރު 2023
ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް