Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީސީ އާއި ސަސްގެ މެޗު

ޓީސީ މެޗަށް ނުކުންނައިރު ދެ ޓީމަށްވެސް ހަމަހަމަ: މޯހަން

29 މާރިޗު 2021 | ހޯމަ 14:48

ޓީސީ އާއި ސަސް ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ 21:00 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 މާރިޗު 2021 | ހޯމަ 14:48
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން)

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނައިރު، ދެ ޓީމަށްވެސް ހަމަހަމަވާނެ ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ބޮޑު މެދުކެނޑުމަކަށްފަހު ލީގުގެ ކުޅުން މިދިޔަ ހުކުރު ދުވަހު ފެށިއިރު، ސަސްއިން ވަނީ ހުކުރު ދުވަހުގެ ހަވީރު މެޗެއް ކުޅެފައެވެ. އެގޮތުން ކުލަބު އީގަލްސްއާ ސަސް ވާދަކުރިއިރު، އެ މެޗުން ސަސް ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެކަމަކު މެދުކެނޑުމަކަށްފަހު ލީގުގައި ޓީސީން އަދި މެޗެއް ކުޅެފައެއް ނުވެއެވެ.

ލީގުގައި އަންގާރަ ދުވަހުގެރޭ ޓީސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޯހަން ބުނީ މި މެޗަށް ނުކުންނައިރު ސަސްއަށް އޮތް ފައިދާއަކީ ލީގުގައި މެޗެއް ކުޅެ، ކުޅުންތެރިންނަށް މެޗު ފިޓްނަސް ލިބުން ކަމަށެވެ. އެކަމަކު އޭގެ ގެއްލުންވެސް ސަސްއަށް އެބައޮތް ކަމަށާއި، އެގޮތުން ގާތްގާތުގައި މެޗުތަކެއް ކުޅެން ޖެހުމުން، ކުޅުންތެރިންނަށް ވަރިބަލިވުމުގެ އަސަރުކުރާނެ ކަމަށް މޯހަން ވަނީ ބުނެފައެވެ. އެހެންކަމުން މި މެޗުގައި ދެ ޓީމަށްވެސް ހަމަހަމަވާނެ ކަމަށާއި، މި މެޗުން ނަތީޖާ ނެރުމަށް އެންމެ މުހިންމީ ކުޅުންތެރިންގެ ހިތްވަރު ކަމަށްވެސް ވަނީ ބުނެފައެވެ.

މޯހަން އިތުރަށް އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، ނަމަވެސް ކުދިކުދި ގޯސްތަކެއް ފެނިގެންދިޔައިރު، އެކަންކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސަސްގެ ޒިންމާ އޭނާއާ ހަވާލުކުރީވެސް އެ ޓީމުގެ ކުޅުން ބަދަލުކޮށް، ރީތި ފުޓްބޯޅައެއް ކުޅުވަން ކަމަށާއި، އެކަމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް މޯހަން ވަނީ ބުނެފައެވެ. އަދި ނުކުންނަ ނަތީޖާއާ ދޭތެރޭ މި ވަގުތު މާ ބޮޑަށް ނުވިސްނި ކަމުގައިވީ ނަމަވެސް، ގަދަ ހަޔެއްގެ ޖާގައެއް ހޯދުން މުހިންމު ކަމަށްވެސް ވަނީ ބުނެފައެވެ.

ލީގުގައި އަންގާރަ ދުވަހުގެރޭ ޓީސީ އާއި ސަސް ބައްދަލުކުރާއިރު، ލީގު ތާވަލުގެ ހަވަނައިގައި ޓީސީ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުގައެވެ. އަދި ތާވަލުގެ ހަތްވަނައިގައި ސަސް އޮތްއިރު، އެ ޓީމަށް ނުވަ މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ސަސް ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ 21:00 ގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުޓީސީ ސްޕޯޓްސް ކުލަބުސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
08 ނޮވެމްބަރު 2025

އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

08 ނޮވެމްބަރު 2025
އިތުރު ވަގުތުގައި ހަމްޕު ޖެހި ގޯލުން، މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް