Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމުގެ އިންތިޚާބު

ވީއޭއެމުގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

28 މާރިޗު 2021 | އާދީއްތަ 16:53

މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޤާމުތަކަށް ކުރިމަތިލެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 މާރިޗު 2021 | އާދީއްތަ 16:53
ވީއޭއޭއެމުގެ ކުރީގެ ރައީސް ލަތީފާއި ޖެނެރަލް ސެކްރެޓަރީ ޝާފީ

ވީއޭއޭއެމުގެ ކުރީގެ ރައީސް ލަތީފާއި ޖެނެރަލް ސެކްރެޓަރީ ޝާފީ

ކުރިއަށް އޮތް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ދާދި ފަހުން ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުޢިއްޔާ (އެފްއައިވީބީ) އާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިސްވެ އޮވެ އުފައްދާފައިވާ "އެޑްހޮކް ކޮމިޝަން" އިން ވަނީ ވީއޭއެމުގެ މައްސަލަ ނިންމައި، އައު އިންތިޚާބަކަށް ދިޔުމަށް ގައިޑްލައިނެއް އެކުލަވާލާފައެވެ. އެގޮތުން އެފްއައިވީބީގެ ނިންމުމާއެކު ވީއޭއެމުގެ އިންތިޚާބީ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބުދަ ދުވަހު ބޭއްވިއިރު، އިންތިޚާބީ ކޮންގްރެސް އަންނަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް އެފްއައިވީބީން ވަނީ އެދިފައެވެ. އެހެންކަމުން ބުދަ ދުވަހުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ކުލަބުތަކުން ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އިންތިޚާބު ބާއްވަން ނިންމާފައެވެ.

އާދީއްތަ ދުވަހު ވީއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވީއޭއެމުގެ ކުރިއަށް އޮތް ދައުރަށް އިންތިޚާބުކުރެވޭ ހިންގާ ކޮމިޓީ މެމްބަރުންނާއި އިންތިޚާބު ކުރެވޭ ކޮމިޝަން މެންބަރުން ހޮވުމައްޓަކައި ބާއްވާ ޖެނެރަލް އިލެކްޓޯރަލް އެސެމްބްލީ އޭޕްރީލް މަހުގެ އެކެއްވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގައި ބޭއްވުމަށްހަމަޖެހިފައިވާ ކަމަށެވެ. އަދި އެ އެސެމްބްލީ ބޭއްވުމަށް ހަމަޖެހިފައިވަނީ ވާޗުއަލްކޮށް ކަމަށާއި، އެހެންނަމަވެސް އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާ އެއްގޮތަށް ވޯޓުލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި، އެކަން ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި، އިލެކްޓޯރިއަލް ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށްވެސް ވަނީ ބުނެފައެވެ.

ވީއޭއެމުގެ އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމުތަކަކީ ރައީސާއި، ނައިބު ރައީސާއި،ޚަޒާންދާރާއި، ޓެކްނިކަލް އެންޑް ޑިވެލޮޕިމެންޓް ކޮމިޝަނުގެ ތިން މެންބަރުންނާއި، ރޫލްސް ކޮމިޝަނުގެ ތިން މެންބަރުންގެ އިތުރުން ބީޗްވޮލީ ކޮމިޝަނުގެ ހަ މެންބަރުންނެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިއިރު، މި އިންތިޚާބުގައި ބައިވެރިވުމަށް ވީއޭއެމުގެ "ޖެނެރަލް އިލެކްޓޯރިއަލް އެސެމްބްލީ - ކެންޑިޑެސީ ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ވީއޭއެމުގް އެލެކްޓޯރަލްޚާއްޞައީމެއިލް vam.generalelectoralassemby2021@gmail.com އަށް މެއިލްކުރުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

ވީއޭއެމުގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލިއިރު، މީގެ ކުރިން އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ އިލްޔާސް ވަހީދު (އިއްލަ) އާއި މުޙައްމަދު ރަނޭޝް (ރަނޭ) އެވެ.

ވީއޭއެމުގެ އައު އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ކުރިއަށް އޮތް އިންތިޚާބުގައި ވާދަނުކުރައްވަން އެ އެސޯސިއޭޝަނުގެ އެންމެ ފަހުގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް މީގެ ކުރިން ވަނީ ނިންމަވާފައެވެ. "ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން ލަތީފް ވިދާޅުވީ ވީއޭއެމުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތްކުރަމުންދާއިރު، އުންމީދަކީ އޮމާންކަމާއެކު އިންތިޚާބުގެ ކަންކަން ނިމިގެންދިޔުން ކަމަށެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ވީއޭއެމުގެ އިންތިޚާބު ބާއްވާއިރު، އިންތިޚާބުގެ ކަންތައްތައް ކުރިއަށްގެންދާނީ 2015 ވަނަ އަހަރުގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ކަމަށް ކުލަބުތަކުން ވަނީ ފާސްކޮށްފައެވެ. ވީއޭއެމުގެ އިންތިޚާބު ބާއްވަން އެފްއައިވީބީން ގައިޑްލައިނެއް އެކުލަވާލިއިރު، މި އިންތިޚާބުގައި ވޯޓުލެވޭނީ ނުވަ ކުލބަކަށް ކަމަށްވެސް އެ އިދާރާއިން ވަނީ ނިންމާފައެވެ. އެ ކުލަބުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބު، ޕޮލިސް ކުލަބު، އައްޑޫ ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ހޯކްސް، ގުޑީސް ސްޕޯޓްސް ކުލަބު، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޔޫތު ނިއު ޖަނަރޭޝަން އަދި ކުލަބު ހާފް ލައިން ލިންކޭޖެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް