Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމް

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

އެ ފަރާތްތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގެ އެކި އެކި މަންސަތަކުގައި ދައުރުކުރާ ފަރާތްތަކަށް ރާއްޖޭގައި ރާވާ ހިންގާ ވޮލީގެ އެއްވެސް ޙަރަކާތެއްގައި މަދުވެގެން ދެ އަހަރު ދުވަހަށް ބައިވެރި ނުވެވޭ ގޮތަށް، ސަސްޕެންޑު ކުރުމަށް ވަނީ ނިންމައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2024 | ބުދަ 06:08
ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް

ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރު ދުވަހުގެ މުއްދަތަކަށް ސަސްޕެންޑު ކުރަން ނިންމައިފި އެވެ.

ވީއޭއެމް އިން އެހެން ނިންމީ ހޯމަ ދުވަހުގެ ރޭ ބޭއްވި އެ އެސޯސިއޭޝަންގެ ޚާއްސަ ގޮތުން ބާއްވާ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ޖަލްސާގައި އެ ހުށަހެޅުމަށް ތާއީދު ކޮށްފައި ވަނީ އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވްސް ސްޕޯޓްސް ކްލަބުންނެވެ. އެ ނިންމުން ފާސްކޮށްފައި ވަނީ އެ ޖަލްސާގައި ބައިވެރިވި ވީއޭއެމްގެ ހުރިހާ މެމްބަރު ކްލަބުތަކުގެ އިއްތިފާގުންނެވެ.

އެ ނިންމުމުގައި ބުނެފައި ވަނީ ވީއޭއެމްގެ ހިންގާ ކޮމެޓީގައި ތިއްބެވި މެމްބަރުންނަށް އަމާޒުކޮށްގެން ހަޤީގަތާ ޚިލާފު، ބޭއަދަބީ، އަދި މުޖުތަމައު ބަލައި ނުގަންނަ ބަހުރުވަ ބޭނުންކޮށްގެން ތަފާތު ވާހަކަތައް ދައްކައި، އެކި އެކި އިލްޒާމުތައް އަޅުވަމުން ގެންދާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގެ އެކި އެކި މަންސަތަކުގައި ދައުރުކުރާ ފަރާތްތަކަށް ރާއްޖޭގައި ރާވާ ހިންގާ ވޮލީގެ އެއްވެސް ޙަރަކާތެއްގައި މަދުވެގެން ދެ އަހަރު ދުވަހަށް ބައިވެރި ނުވެވޭ ގޮތަށް، ސަސްޕެންޑު ކުރުމަށް ވަނީ ނިންމައިފަ އެވެ.

ވީއޭއެމްގެ މި ދައުރުގެ އިންތިޚާބީ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ދައުރުގެ ބާކީ އޮތް މުއްދަތަށް ވަނީ ރައީސްގެ މަޤާމަށް މުޙައްމަދު ލަޠީފް އިންތިޚާބު ކޮށްފަ އެވެ. ވީއޭއެމްގެ ރައީސަކަށް ލަތީފް އިންތިޚާބު ކުރި ފަހުން، ލަޠީފް އާއި އޭނާގެ ހިންގާ ކޮމެޓީގައި ހިމެނޭ މެމްބަރުންނަށް ވޮލީގައި ޙަރަކާތްތެރިވަމުން އަންނަ އެކި ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. ޚާއްސަކޮށް ވީއޭއެމްގެ ތެރޭގައި މިހާރު ވެސް ޤަވާއިދާއި، އުސޫލުން ކަންކަން ކުރަމުން އަންނަ ކަމުގެ ތުހުމަތު ވެސް އެ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު