Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

މިއަހަރުގެ އިންޓަ ސްކޫލްގެ ތިން ތަށި ފ.އަތޮޅަށް ނިސްބަތްވާ ސްކޫލުތަކުން ހޯދާފައިވާއިރު، މިއަހަރުގެ މުބާރާތުގެ އެންމެ ކާމިޔާބު އަތޮޅަކީ ފ.އަތޮޅެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2024 | އާދީއްތަ 04:30
އިންޓަ ސްކޫލްގެ ތިން ތަށި ހޯދި ފ.އަތޮޅަށް ނިސްބަތްވާ ދެ ސްކޫލްގެ ޓީމުތައް

އިންޓަ ސްކޫލްގެ ތިން ތަށި ހޯދި ފ.އަތޮޅަށް ނިސްބަތްވާ ދެ ސްކޫލްގެ ޓީމުތައް

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ، އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރޭގެ ސްކޫލުތަކުން ކާމިޔާބު ކުރިއިރު، ފ.އަތޮޅުގެ ދެ ސްކޫލަކުން މުބާރާތުގެ ތިން ތައްޓެއް ކާމިޔާބު ކޮށްފި އެވެ.

މިއަހަރުގެ އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން، ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން އަތޮޅު ތެރޭގެ ބުރަށްފަހު، ދެން ކުޅެފައި ވަނީ ފައިނަލް ރައުންޑުގެ ބުރެވެ. ފައިނަލް ރައުންޑުގައި ވާދަކޮށްފައި ވަނީ ކޮންމެ އުމުރުފުރާ އަކުން އަތޮޅު ތެރޭގެ ގަދަ ފަސް ޓީމު އަދި ކޮންމެ އުމުރުފުރާ އަކުން މާލޭގެ ސްކޫލުތަކުގެ އެންމެ ގަދަ ތިން ޓީމެވެ.

ފައިނަލް ބުރުގެ 14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދާފައި ވަނީ ފ.އަތޮޅު މަދަރުސާ އިންނެވެ. އެއީ ފައިނަލްގައި ތ.މަޑިފުށީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މީގެ އިތުރުން ފ.އަތޮޅު މަދަރުސާ އިން ވަނީ 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެއީ ފައިނަލްގައި މ.ވޭވަށް ބަލިކޮށްގެންނެވެ. ފ.އަތޮޅު ނިލަންދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ ފައިނަލްގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެއާއެކު މިއަހަރުގެ އިންޓަ ސްކޫލްގެ ތިން ތަށި ފ.އަތޮޅަށް ނިސްބަތްވާ ސްކޫލުތަކުން ހޯދާފައިވާއިރު، މިއަހަރުގެ މުބާރާތުގެ އެންމެ ކާމިޔާބު އަތޮޅަކީ ފ.އަތޮޅެވެ.

މީގެ އިތުރުން މުބާާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މަޑިފުށި ސްކޫލުންނެވެ. އެއީ ފައިނަލްގައި ރ.ކިނޮޅަސް ސްކޫލް ބަލިކޮށްގެންނެވެ. މީގެ އިތުރުން 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ އދ.ކުނބުރުދޫ ސްކޫލް އިންނެވެ. އެއީ ފައިނަލްގައި އދ.އަތޮޅު މަދަރުސާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މީގެ އިތުރުން 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހއ.އިހަވަންދޫ ސްކޫލް އިން ހޯދީ، ފައިނަލްގައި ސެންޓަ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ހުޅުމާލޭގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިއަހަރުގެ މުބާރާތުގައި ވެސް ވަނީ ކޮންމެ އުމުރުފުރާ އަކުން އެންމެ މޮޅު ހަ ކުޅުންތެރިން ހޮވައިފަ އެވެ.

އިންޓަ ސްކޫލްސ ވޮލީ ބޯޅަ މުބާރާތް 2024ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު