Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވީއޭއެމް

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

ވީއޭއެމްގެ ރައީސް މުޙައްމަދު ލަޠީފް ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާގައި ވަނީ 2020، 2021، 2022 އަދި 2023 ވަނަ އަހަރުގެ މާލީ އަހަރުތަކުގެ އޮޑިޓް ރިޕޯޓު ފައިނަލް ކުރުމަށްފަހު، ފާސްކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2024 | ބުދަ 06:07
މީގެ ކުރިން ބޭއްވި ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން

މީގެ ކުރިން ބޭއްވި ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓުތައް ފާސްކޮށްފި އެވެ.

އެ ރިޕޯޓުތައް ފާސްކޮށްފައި ވަނީ ހޯމަ ދުވަހު ރޭ ބޭއްވި ވީއޭއެމްގެ ޚާއްސަ ގޮތުން ބޭއްވި އަހަރީ އާންމު ޖަލްސާގަ އެވެ. ހެންވޭރު ބޯޅަ ގޭގައި ބޭއްވި އެ ޖަލްސާގައި ވީއޭއެމްގެ މެމްބަރު ކުލަބުތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ކުލަބެއްގެ މަންދޫބުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ޕޮލިސް ކުލަބު، އަލްމާ ސްޕޯޓްސް ކުލަބު، އައްޑޫ ސްޕޯޓްސް ކުލަބު، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ކުލަބު ވޮލީބޯލް، ޔޫތު ނިއު ޖެނެރޭޝަން، ކުލަބު ހާފް ލައިން ލިންކޭޖު، އެސްޕިރޭޝަން ފޯ އޯލް އިނިޝިއޭޓިވްސް ސްޕޯޓްސް ކުލަބު، ދިވެހި ސިފައިންގެ ކުލަބު އަދި ގުޑީސް ސްޕޯޓްސް ކުލަބުން ވަނީ ބައިވެރިވެފަ އެވެ.

އެ ޖަލްސާގައި ވީއޭއެމްގެ ހިންގާ ކޮމެޓީގައި ހިމެނޭ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރަކު ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން އެ ޖަލްސާގައި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގެ އޮބްޒާވަރުންގެ އިތުރުން، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ އޮބްޒާވަރުން އަދި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ އޮބްޒާވަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ވީއޭއެމްގެ ރައީސް މުޙައްމަދު ލަޠީފް ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާގައި ވަނީ 2020، 2021، 2022 އަދި 2023 ވަނަ އަހަރުގެ މާލީ އަހަރުތަކުގެ އޮޑިޓް ރިޕޯޓު ފައިނަލް ކުރުމަށްފަހު، ފާސްކޮށްފަ އެވެ. ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފައި ވަނީ ޖަލްސާ އަށް ޙާޟިރުވި ހުރިހާ ކުލަބެެއްގެ ފުރިހަމަ ވޯޓާ އެކު އެވެ.

ވީއޭއެމްގެ އޮޑިޓް ރިޕޯޓު ފާސްކޮށްފައިވާއިރު، އެ އެސޯސިއޭޝަނުން އެކަން ކޮށްފައި ވަނީ އެކަން ކުރުމަށް މީގެ ކުރިން ދީފައިވާ ތާރީޚު ފަހަނައަޅާ ދިޔަ ފަހުންނެވެ. ވީއޭއެމްގެ މިހާރު ހިނގަމުންދާ ދައުރުގެ ބާކީ އޮތް މުއްދަތަށް، އެ އެސޯސިއޭޝަންގެ ރައީސަކަށް ލަޠީފް އިންތިޚާބު ކޮށްފައި ވަނީ މިއަހަރުގެ ކުރީ ކޮޅު އެވެ. އެއީ ކުރިން އެ މަޤާމުގައި ހުރި މުޙައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު