Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެލިވަރު މޮނިޓަރިންގ

މޮނިޓަރިން ހާލަތުގައި އޮތްނަމަވެސް މިފްކޯގެ އުފެއްދުންތައް މެދުނުކެނޑި ލިބޭނެ - މިފްކޯ

މަސްވެރިންނަށް މަސްކިރުމުގެ އިންތިޒާމްވެސް ހަމަކެހިފައި، މޮނިޓަރިން ހާލަތުގައި އޮތުމުން މި އޮޕަރޭޝަނަށް ބަދަލެއް ނާދޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 މާރިޗު 2021 | އާދީއްތަ 13:43
ފެލިވަރު

ފެލިވަރު

މޮނިޓަރިން ހާލަތުގައި އޮތްނަމަވެސް މިފްކޯގެ އުފެއްދުންތައް މެދުނުކެނޑި ލިބޭނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނީ، ފެކްޓަރީގެ މަސައްކަތް މިވަގުތު މަޑުޖައްސާލާފައިވާ ކަމަށާއި، އެޗްޕީއޭގެ ޓީމަކުން މިވަގުތު ފެލިވަރުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެޓީމުގެ އެސެސްމެންޓް ނިމުމުން ފްކްޓަރީގެ މަސައްކަތް އަލުން ފެށޭނެ ކަމަށެވެ. ފެކްޓަރީގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލާފައި އޮތް ނަމަވެސް ކުރިއަށް އޮތް 3 މަހު ޑިމާންޑާ އެއްވަރަށް މަސްދަޅު ސަޕްލައި ކުރެވޭވަރަށް ސްޓޮކް އެބަހުރިކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

މިފްކޯއިން ބުނީ ފެލިވަރުން ކޮވިޑް-19އަށް 66 މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށް މޮނިޓަރިން ހާލަތުގައި އޮތްނަމަވެސް މަސްވެރިންނަށް މަސްކިރުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށާއި، މޮނިޓަރިން ހާލަތުގައި އޮތުމުން މި އޮޕަރޭޝަނަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި ފެލިވަރަށް މަސް ގަންނަމުންދަނީ ބަނދަރުގައި ބޯޓު ބާއްވައިގެން ކަމުން މިކަންކަން ހަމަ ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެ ކަމަށާއި، ފެލިވަރު ބަނދަރުން ދޯނިތަކަށް ތެލާއި އައިސް ލިބޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށެވެ.

މާރިޗް 24ވަނަ ދުވަހުން ފެށިގެން ފެލިވަރު މޮނިޓަރިން ހާލަތަށް ގެނެސްފައިވާއިރު، ޕޮޒިޓިވްވި މީހުންނަށް ފެލިވަރު އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ދެމުން އަންނަ ކަމަށާއި، ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ ހުރިހާ ސައިޓްތަކެއްގައިވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަމުން އަންނަ ކަމަށެވެ.

ފެލިވަރު

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2025

މިފްކޯ މަސްފިހާރައިން 180 ގުރާމުގެ ތެޔޮމަސްދަޅު ހުސްވެއްޖެ

04 ފެބުރުއަރީ 2025
މިފްކޯ މަސްފިހާރައިން 180 ގުރާމުގެ ތެޔޮމަސްދަޅު ހުސްވެއްޖެ
21 ޑިސެމްބަރު 2024

ފެލިވަރުން ގަތް މަސްދަޅު ކޭހަކުން ހުސް ކަށި

21 ޑިސެމްބަރު 2024
ފެލިވަރުން ގަތް މަސްދަޅު ކޭހަކުން ހުސް ކަށި
26 މާރިޗު 2022

މިފްކޯއިން މުޅިން އައު 2 ޕްރޮޑަކްޓެއް ބާޒާރަށް ނެރެފި

26 މާރިޗު 2022
މިފްކޯއިން މުޅިން އައު 2 ޕްރޮޑަކްޓެއް ބާޒާރަށް ނެރެފި
10 ސެޕްޓެމްބަރު 2021

ފެލިވަރު ފިޝަރީސް ކޮމްޕްލެކްސްގެ އަޕްގްރޭޑިން މަސައްކަތުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ފަށައިފި

10 ސެޕްޓެމްބަރު 2021
ފެލިވަރު ފިޝަރީސް ކޮމްޕްލެކްސްގެ އަޕްގްރޭޑިން މަސައްކަތުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ފަށައިފި
22 ޖުލައި 2021

މިފްކޯގެ އައު ސްޓޯރޭޖް ރީފަރ ކެރިއަރ ރާއްޖެ ގެނެސްފި

22 ޖުލައި 2021
މިފްކޯގެ އައު ސްޓޯރޭޖް ރީފަރ ކެރިއަރ ރާއްޖެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު